ޚަބަރު / ހެލްތު މިނިސްޓްރީ

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި؛ ގުޅާނީ 100 އަށް

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު: އެ ހިދުމަތް މާލެ ސަރަހައްދުގައި 24 ގަޑިއިރު ދޭން ވަނީ ނިންމާފައި.-- ފޮޓޯ: ހެލްތް މިނިސްޓްރީ

ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ގައުމީ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ މިއީ ސިއްހީ ނިޒާމު ފުރިހަމަ ކުރުމަށް މުހިންމު ހިދުމަތެއް ކަމާށެވެ. އަދި މިއީ މާޒީގައި ހިނގާފައިވާ ހާދިސާތައް ތަކުރާރުވިޔަނުދީ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ލިބެންޖެހޭ ހިދުމަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ހޮސްޕިޓަލް ތަކަށް ލުއިވެގެންދާނެ ކަމަށެވެ.

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހެލްތް މިނިސްޓްރީ

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ވަނީ 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ގާއިމުކޮށްފަ އެވެ. މި ހިދުމަތް މިއަދު ފެށީ މާލެ ސަރަހައްދުގަ އެވެ. ހިދުމަތް ހޯދުމަށް ގުޅަންޖެހޭނީ 100 އަށެވެ.

މިފަދަ ހިދުމަތެއް ގާއިމް ކުރުމުގެ އެންމެ މުހިންމު މަގްސަދަކީ މެޑިކަލް އިމަޖެންސީތަކާއި އެކްސިޑެންޓްތަކުގައި އަވަހަށް އެޓެންޑްވެ ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއާގެ ހިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން .-- ފޮޓޯ: ހެލްތް މިނިސްޓްރީ

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ގައުމީ އެމްބިއުލާންސް ހިދުމަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކާއި ކަމާ ގުޅުންހުރި މުއައްސަސާތަކުން މިހިދުމަތް ފޯރުކޮށްދިނުމުގައި ބައިވެރިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިވަގުތު އެ ހިދުމަތް ފެށީ މާލެ ސަރަހައްދުގައި އެކި ނަމަވެސް މުސްތަގުބަލްގައި އެކި ސަރަހައްދުތަކަށް ބަހާލައިގެން މުޅިރާއްޖެއަށް އެ ހިދުމަތް ފުޅާކުރަން ވަނީ ނިންމައިފި އެވެ.

21 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖެތެރޭ ބޭފުޅާ

26 October 2023

ތިޔަށް ކިޔާ މާލޭ ، އެމްބިއުލާސް ... އޮޅުވާލަން ކޮން ގައުމީ އޭ ކިޔާކަށް.

The name is already taken The name is available. Register?

ދޯޕައްޓާ

26 October 2023

ގައުމީއޭ ނުކިޔާ ކެރަފާ އެންބިއުލާންސޭ ކިޔަންވީނު.

The name is already taken The name is available. Register?

ދަގަތްފާނު

26 October 2023

"ގައުމީ" ކިޔާފަ ނަންހެދުމާއިބެހޭ ގާނޫނެއް ހަދަންނުވޭތަ އަދިވެސް. ކ.މާލެތެރޭ ބިލިޔާޑުކުޅޭތަނެއް ހަދާލަންވެސް "ގައުމީ" ބިލިޔާޑު މޭޒޭކިޔާފަ ހަޒާނާއިން އެބަހެދޭ. ރަށުތެރޭ ބޯކޮށާތަނެއް ހަދަންވީމަ 25 ބުރިއަށް ނަގާފަ "ނޭސަނަލް" ބޯކޮށާ ސެންޓަރޭ ކިޔާލަނިކޮށް އެނިމުނީ، އެހިސާބުން ރާއްޖޭ އެންމެނަށް ބަލަދުއެރީ.

The name is already taken The name is available. Register?

މުޑަހަންޖާ

26 October 2023

މައުމޫނު ޒަމާނުގަ ބައިތުލްމާލުން އޭނަގެ ރަށަށް "ގައުމީ" ޓީވީ ދެއްކިގޮތާއި، އޭނަގެ ރަށުތެރެއާއި ގޭދޮށުގައި ތަންތަންހަދަން "ގައުމީ"، "ނޭސަނަލް" މިކަހަލަ ނަންތައް ކިޔައިގެން އުޅުނު ސަގާފަތުގެތެރެއިން އައިސްތިބި މީހުން ކެބިނެޓަށް ލައިގެން އުޅުމުގެ ސަބަބުން ރައްޔިތުން ސަރުކާރުނަގާ ގުޅައަކަށްޖެހީ. ބޭރުގެ ސަފީރުކަން ވަކި ގަބީލާއަކަށް ހާއްސަކުރެވިފަނެތް މައުމޫނުޒަމާނުގަވެސް.

The name is already taken The name is available. Register?

މާލެ ރާއްޖެ

26 October 2023

އެމްބިއުލަންސައް ގުޅަންޖެހެނީ ހަމައެކަނި މާލެއަކު ނޫން، ރާއްޖޭގެ ކޮންމެރަށަކުންވެސް އެއްނަންބަރަކަށް ގުޅައިގެން މިޚިދްމަތް ލިބޭގޮތް ހެދުމަކީ މިހާރުގެ ކޮމިއުނިކޭޝަން ޓެކްނޮލޮޖީއަށް ބަލާއިރު ވަރަށް ސިމްޕަލްކަމެއް. މިސާލަކަށް އައްޑޫ ރީޖަނުން އެމްބިއުލަންސް ހަމަ އެނަމްބަރަށް ގުޅީމަ އައްޑޫ ސިޓީގެ އެ ޚިދްމަތްދޭތަނަކަށް އެކޯލު ދާގޮތަށް ސެޓަޕް ހެދުމަކީ ސިމްޕަލްކަމެއް.

The name is already taken The name is available. Register?

LaamuonlineDOTcom

26 October 2023

މިނިސްޓަރުކަމުގައި އަހްމަދުނަސީމް ކަހަލަ ކޮހުން ތިބެންޏާ މިކަހަލަ ތާކުންތާކުނުޖެހޭ ކަންކަންވެސް ކުރާނެތާ! ގެޔަށްދާންޖެހޭދުވަސް ގާތްވާތީ އޭގެކުރިން ބަޔަކަށް ފައިސާތަކެއްދޭން ކުރިކަމެއްކަމަށްވެސް ވެދާނެ، ސަރުކާރުންހިންގާ ހޮސްޕިޓަލުގެ އެމްބިއުލައިންސް ހިދުމަތް ތަރަށްގީކުރަން ކަމެއްކުރިނަމަ ބަލައިގަނެވިދާނެ! އައިޖީއެމްއެޗްގެ އިތުރުން އޭޑީކޭގައާއި ޓުރީޓޮޕުގަވެސް އެންބިއުލައިންސް ހިދުމަތްދޭ! ދެންކޮން ގައުމީއެމްބިއުލައިންސެއް؟ ތީބޮޑުވައްކަމެއް!

The name is already taken The name is available. Register?

ކެރަފާ

26 October 2023

ތި އެންބިއުލަންސް އެތެރޭގައި ހުރީ ކޯޗެއް. ހުސް ވޭން ގަނޑެއްތަ؟

The name is already taken The name is available. Register?

ސުން

26 October 2023

ވެރިކަން ިމޭތީ ކަމަކަށް ކަމެއްކޮށްލީ.ރުފިޔާ ކޮޅެއް ޕަކަޅޯ ކޮށްލީ.މިހާރު ތަހުގީގު ކުރިޔަސް ބޮޑު ޖަރީމާއެއް.

The name is already taken The name is available. Register?

ކޮރަލް

26 October 2023

24 ގަޑި އިރު ބްރިޖް ކައިރީގަ އެމްބިއުލެންސް އެއް އޮތުން ވ މުހިއްމު އެވެ. ބޮޑެތި އެކްސިޑެންޓް ހިނގާ އަތެއް ފައެއް ބިނދި ނޫނީ ބޯފފަޅައިގެން ގޮސް ލޭ މަނާ ނުވެ ލޭ އަންނަ އިރު ހޮސްޕިޓަލް އަކުން އެބިއުލެންސް އަންނަ އިރު އޮންނަނީ ވ ލަސް ވެފަ އެވެ. އޭގެ ސަބަބުން ބައެއް ފަހަރު ފުރާނަ އަށް އެބަ ނުރައްކާ ވެ އެވެ.

The name is already taken The name is available. Register?

ރާއްޖެތެރޭސޮރު

26 October 2023

އާން މާލެ އެކަންޔަށް ހުރިހާ ހަރަދެއް ކޮށްލާ. ދެން ބުނޭ ކަލޭމެން ރާއްޖެތެރޭ މީހުން ރަށަށް ދާށޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454