އިންތިހާބީ ރައީސްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ބިންތަކާ ގުޅޭ ވިޔަފާރި މުއާމަލާތްތަކެއް ނިންމުމަށް އެކަމާ ގުޅޭ 40 އައިޓަމެއް އާބަންކޯ އިން ދެން އެންމެ އަވަހަށް ބާއްވާ ބޯޑް ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
29 އޮކްޓޯބަރ 2023 - 20:26
އާބަންކޯ އިން ހުޅުމާލެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ބިންތަކާ ގުޅޭ ވިޔަފާރި މުއާމަލާތްތަކެއް ނިންމުމަށް އެކަމާ ގުޅޭ 40 އައިޓަމެއް އާބަންކޯ އިން ދެން އެންމެ އަވަހަށް ބާއްވާ ބޯޑް ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ހުޅުމާލެ ބިންތަކަކީ ދިވެހި ދައުލަތުގައި ހިމެނޭ އެންމެ ބޮޑު އެއް އެސެޓުތައް ކަމަށާއި ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ހިނގާ މި ދަނޑިވަޅުގައި އަވަސް އަރުވާލައިގެން އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ ކަންބޮޑުވުމެއް ކަމަށް އެ އޮފީހުން ބުންޏެވެ.
"...ވަކީން ހާއްސަކޮށް މި މުއާމަލާތްތަކުގެ ތެރޭގައި ބޭރު ފަރާތްތަކަށް ބިން ލީޒް ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭ ކަމާ މެދު އިތުރަށް ކަންބޮޑުވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެފަދަ ނިންމުންތަކުގެ ސަބަބުން އަލަށް ފަށާ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްތަކެއް އެޅޭނެ ކަމަށާއި މުޅި ދައުލަތަށް ވެސް ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމަށް އެ އޮފީހުން ބުންޏެވެ.
މި މަރުހަލާގައި އެފަދަ ހުރިހާ މުއާމަލާތްތަކެއް މަޑުޖައްސާލުމަށާއި ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ވެސް އިންތިގާލީ މަރުހަލާގެ ރޫހާ އެއްގޮތަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.
އާބަންކޯ އިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހުޅުމާލެއިން 60 ބިމެއް ވިއްކަން ނިންމާފަ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހުޅުވައިލީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިން ބީލަމުގެ އުސޫލުން ވިއްކުމަށެވެ. ބިމުގެ އަގު ފެށޭ އަގަކީ އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން އަކަފޫޓަކަށް 3500ރ. އެވެ. އެހެންވެ ކޮންމެ ބިމަކަށް އެންމެ މަދުވެގެން ވެސް 5.6 މިލިއަން ރުފިޔާ އަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
31 October 2023
ސޯލިޙް އާއި އެބޭޅާގެ ވަޒީރުންގެ ރުންކުރުކަންކަމަށް ޖަދަލުކޮށް ޒުވާބު ނުދެއްވާ ޑރ މުއިއްޒު ހައްދަވަން ވިގޮތަކީ 17 ނޮވެމްބަރު ގައި ވެެރިކަމާއި ޙަވާލުވެ ވަޑައިގަތުމަށްފަހު އުސޫލުތަކުގެ ބޭރުން ސޯލިޙްގެ ސަރުކާރުން ނަގާފައިވާ އާބަންކޯގެ ބިންތައް އަބުރާ އެކުންފުންޏާއި ޙަވާލު ކޮށްލުން. # ހުޅުމާލޭގެ ބިންތައް އެގޮތަށް ހިލޭ ބެހުމަކީ އާބަންކޯގެ އިތުރުން ހުޅުމާލެ އާއި ރާއްޖޭގެ ބީހިޔާވަހިކަމަށްޓަކައި ދައުލަތަށް ލޯނު ހޯދަންވެސް އުދަގޫ ވާނެ ކަމެއް.
ލިއަމްޖޯން
30 October 2023
ހިލޭ ބެހީމާ މައްސަލައަކަށް ނުވޭ؟
ބަޑިތަކުރު
30 October 2023
ތިޔައީ އަމިއްލަ ފައިދާއާއި އަމިއްލަ އެދުމަށް މިހާރު ހިންގާ ތަނެކެވެ. ދައުލަތަށް ލިބުނު އެހީން ހޭދަކޮށްގެން ހެދި ރަށު މާރުކޭޓާއި އާބަން ފާމިންގެ ދެބުރުގެ ގޮޅިތައް ދިނުމަށް ނެގި ގުރުއަތުން ތިޔަތަން ފަސާދަވެފައިވާ މިންވަރު ވަޒަންކޮށްލެވެއެވެ. ފުރަތަމަ ދެފަހަރު ނުދާމީހުންގެ ނަމުގައި އެތައް ލިޔުމެއް އަޅާފައި އަމިއްލައަށް އޭގެ ތެރެއިން ނެގީއެވެ. ފަހުފަހަރު ހީރަސްޖަން ޓްރޭންކޮށްފައި ކުއްޖަކު ބަހައްޓައިގެން މީހުންގެ ލޮލުގައި އަނދުން އެޅުވީމެވެ.
ޙުވާ
30 October 2023
“ ހުޅުމާލެ ބިންތަކަކީ ދިވެހި ދައުލަތުގައި ހިމެނޭ އެންމެ ބޮޑު އެއް އެސެޓުތައް”.. އަހަރުމެންވެސް މިހެންކިޔަ ކިޔާ ތިއްބާ މާލޭމީހުންނަށް ހިލޭދީ މަހުޖަނުކޮއްލަދިނީ… އިރާދަކުރެއްވީތީ 2 ވަނަ ދައުރެއްވެސް ނުލިބުނު….
އޮނަރަބްލް އަފީފު ދީދީ
29 October 2023
ބޯ ނެތް ކަކުނިތަކެއްފަދަ ބަޔަކު ކުރާންމިއުޅޭކަންތައް ނުހުއްޓުވައިފިނަމަ ދިވެހިންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައްހިންގުމަށް ބޭރުގެ މާލީއިދާރާތަކުން ފައިސާހޯދުމަށާއި (ލޯނު އަދި ހިލޭއެހީވެސް) ރާއްޖޭގައި މިހާރުވެސް އިންވެސްޓްކޮށްގެންތިބި ރިއަލްއެސްޓޭޓް ކުންފުނިތަކާއި، ގޯތިގެދޮރު އިމާރާތްކުރާންލޯނުދިން ދިވެހިރާއްޖޭގެ ބެންކްތައް އަދި ދިގުމުއްދަތަކަށް އިމާރާތްކޮށްފައިވާ އެތައްބަޔަކު ބަޤުރޫޓްވެދާނެ. މިކަންކަން ހުއްޓުވަންވީ މިފަދަ އެތައްސަބަބެއް އޮތީމަ.
އޮނަރަބްލް އަފީފު ދީދީ
29 October 2023
ސިޔާސީބޭނުމެއް ޙާސިލްކުރުމަށްޓަކާ "މާލޭމީހުންނަށް ގޯތިދިނުމުގެ ނަމުގައި" މާލޭގެ ޤާނޫނީރަށްވެހިންގެ ތެރެއިން އެތައްހާސް މީހުން (ދަފުތަރުގައި ތިބި މާލޭމީހުން) ބާކީކޮށް ސޯލިޙްގެ އަރިސްބަޔަކަށް ކޮންމެމީހަކަށް 18މ ރުދިޔާގެ އަގުހުރިބިމެއް "ހިލޭ" ދީފައި ވެރިކަމުން ފައިބައިގެންނުދެވޭނެ. # މަޖިލީހުގެ ގޮނޑި ނުލިބިދާނެތީ މިކަންހުއްޓުވަން ޑރ މުއިއްޒު ފަސްޖެހިގެން ނުވާނެ. ގޯތިދިންމީހުންގެ ވޯޓަށްވުރެން ގިނަވޯޓް އޮތީ ތިކަންކުރަން ނޭދޭ ރައްޔިތުންގެ އަތުގައި.
ފދދފދ
29 October 2023
މޑޕ އިން މުޅި ގައުމު އެކީ ކައްވާލައިފި. މިފަހަރު މަޖްލިހުގެ އެންމެ ގޮނޑިއެއްވެސް މޑޕ އަށް ދިވެހިން ނުދޭތި. ރައްޔިތުންގެ މުދާ ރޯމާ ދުވާލު ފޭރޭ ބައެއް ވެރިކަމުގައި މިތިބީ. ފައްޔާޒު އިސްވެ ހުންނަތަނެއް އާބަންކޯއަކިވެސް. އޭނަ ހުރިހާ ނުބައިކަމެއް ހިންގާ މީހަކީ.
ފފފފފ
29 October 2023
ތި ހުރިހާ ކަމެއް ކުރާނެ. އަވަހަށް ތިކަން ހުއްޓުވަން އޭސީސީން އެތަނަށް އަންގާ! އިންތިހާ ދަރަޖައިގެ ކޮރަޕްޓް ބައެއްތިބިތަނެއް ތި އާބަންކޯއަކީ.
ސީޒަން ޖެކްޝަން
29 October 2023
މައްސަލައަކީ މުއިއްޒަށް ކަޓެއް ނުލިބުން. ކަޓެއް ލިބޭނަމަ ވަރަށް ބަސްއަހައިގެން ހުރީސް.
އޮނަރަބްލް އަފީފު ދީދީ
29 October 2023
ދައުލަތްޒިންކޮށް މާލީއިދާރާތަކުން އެތައްބިލިޔަންޑޮލަރުގެ ލޯނުނަގައިގެން "ދައުލަތުގެކުންފުންޏަކުން ތަރައްޤީކޮށްފައިވާ ހުޅުމާލޭގެބިންތައް" އެކުންފުނީގެބައެއްނެތި ޤާނޫނީހަމަތަކުގެބޭރުން ކުންފުނީގެ މިލްކުވެރި އެތައްބިލިޔަން ރުފިޔާގެބިންތައް "ޤަބީލާވަންތަ ސިޔާސަތެއްގެދަށުން" ސޯލިޙް ސަރުކާރުގެ ވަޒީރުންނަށާއި، އެބޭޅާގެ ފަހަތުގައިތިބި މަޖިލިސް މެންބަރުންނާއި ޕާޓީކުދިންނަށް ހިލޭ ބަހާލަންނުދެވޭނެ. ތިކަންހުއްޓުވަން އާބަންކޯގެ ފަރާތުން ކޯޓަށް ދާންޖެހޭނެ.