ވިޔަފާރި / ޖައްވީ ދަތުރުތައް

ޖައްވީ ދާއިރާއާ ގުޅޭ "ކާމަން ވީކް" އަންނަ ހަފްތާގައި

އަންނަ ހަފްތާގައި އޮންނަ މި އިވެންޓުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެ --

ދުނިޔޭގެ ޖައްވީ ދާއިރާގެ އެކި ގައުމުތަކުގެ ލީޑަރުން ހިމެނޭ ބައިނަލްއަގުވާމީ ކާމަން ޕްރޮޖެކްޓްގެ ފްލެގްޝިޕް އިވެންޓް "ކާމަން ވީކް"ގައި ބައިވެރިވުމަށް އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އާއި ސިކްސް ސެންސަސް ލާމު ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ އަންނަ މަހުގެ 1-5 އަށެވެ. މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ޕާޓްނަރުންގެ ތެރޭގައި ސިކްސް ސެންސަސް ލާމު އާއި މޯލްޑިވްސް އަންޑަވޯޓަ އިނިޝިއޭޓިވް އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް އަދި އިންޓުއާ މޯލްޑިވްސް ހިމެނެވެ.

ކާމަން ފެލޯޝިޕް ވީކް 2023 ގެ އެންމެ މުހިންމު އިވެންޓަކީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޖައްވީ ދާއިރާގެ ވަޒީފާތަކާ ބެހޭގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބާއްވާ ޕަބްލިކް ޕެނަލް ޑިސްކަޝަން އެވެ. މިއީ އެންމެންނަށް ހުޅުވާލައިގެން ބާއްވާ އިވެންޓެކެވެ.

ކޮންމެ އަހަރަކު ދުނިޔޭގެ ޖައްވީ ދާއިރާގައި އިސް މާހިރުން ބައިވެރިވާ ކާމަން ފެލޯޝިޕް ވީކް މި އަހަރު ބާއްވަނީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ސަސްޓެއިނަބަލް ރިސޯޓް ސިކްސް ސެންސަސް ލާމުގަ އެވެ. މި ހަރަކާތުގެ އަމާޒަކީ، ސެޓެލައިޓް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި ބައިނަލްއަގްވާމީ އެއްބާރުލުން ދައްކުވައި ދިނުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުރެވޭ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ހަރުދަނާ ކުރުމެވެ.

"ކާމަން ޕްރޮޖެކްޓާއި މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން ގުޅިގެން ޖައްވީ ޓެކްނޮލޮޖީ ކުރިއެރުވުމަށް މަސައްކަތް މި ކުރަނީ،" ކާމަން ޕްރޮޖެކްޓްގެ މެނޭޖިން ޑިރެކްޓަރު ހަނާ އަޝްފޯޑް ވިދާޅުވި އެވެ.

"ކާމަން ވީކް މެދުވެރިކޮށް އަޅުގަނޑުމެންގެ އަމާޒަކީ ދެމެހެއްޓެނިވި އަދި ރެސިލިއަންޓް ނޭޝަނަލް ސްޕޭސް ޕްރޮގްރާމެއް ބިނާ ކުރުމުގައި ރާއްޖެ ބާރުވެރިކޮށް، އަޅުގަނޑުމެންގެ ތަޖުރިބާ އާއި ވަސީލަތްތައް އެއްކޮށް، އަޅުގަނޑުމެންގެ މާހިރުންގެ ލީޑަރޝިޕްގެ ތަޖުރިބާއިން ރާއްޖެއަށް މަންފާ ހޯދައިދިނުން."

ކާމަން ފެލޯސްގެ 2023 ވަނަ އަހަރުގެ މާހިރުން ހޮވާފައި ވަނީ ޖައްވުގައި ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް ޕްރޮފެޝަނަލް ކާމިޔާބީތަކަށް ބަލައި ކަމަށާއި އޭގެ ތެރޭގައި އެސްޓްރޮނޯޓުންނާއި ސްޕޭސް އެޖެންސީގެ ޑިރެކްޓަރުންނާއި ކޯޕަރޭޓް ޑިރެކްޓަރުންނާއި ލީޑިން ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއި ރިސާޗަރުންނާއި އަދި 12 ގައުމެއްގެ އާޓިސްޓުން ހިމެނެ އެވެ.

ކާމަން ވީކްގައި ފުޅާ ދާއިރާއެއްގައި ވޯކްޝޮޕްތަކާއި، ބައިވެރިވެނިވި ހިޔާލު ބަދަލުކުރާ ސެޝަންތަކާއި، ފީލްޑް ޓްރިޕްތަކާއި ލޯކަލް އައުޓްރީޗް އެންގޭޖްމަންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އިނޮވޭޓިވް ހިޔާލުތަކާއި ކްރޮސް ކަލްޗަރަލް ނޮލެޖް އެކްސްޗޭންޖްގެ މާހައުލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ކްލައިމެޓް މޮނިޓަރިން ސިސްޓަމްތަކާއި، ކެޕޭސިޓީ ބިލްޑިން، ސްޕޭސް ޕޮލިސީ ޑިޒައިން އަދި ސްޕޭސް އެކްސްޕްލޮރޭޝަންގެ މިހާރުގެ ހާލަތު ފަދަ މައުސޫއުތަކަށް ބައިވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން، ކާމަން ޕްރޮޖެކްޓް، ސިކްސް ސެންސަސް ލާމު އަދި މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް ގުޅިގެން މި އިވެންޓުން ބޭރުން ވެސް މަސައްކަތް ކުރަމުން ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ރާއްޖޭގެ މޫސުމީ މޮނިޓަރިންގެ ހަރުދަނާ ނިޒާމެއްގެ ގޮތުގައި "ޑިޖިޓަލް އާތު މޯލްޑިވްސް" ތަރައްގީ ކުރުމަށް ދިގު މުއްދަތުގެ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޮލް ކުމާރު

30 October 2023

މިދާރޭޓުން މާގިނަ ދުވަހެއްނުވެ ދިވެހިންވެސް ހަނދަށްދާނެ. އެކަމަށް ލަވައެއް ހެދިތާވެސް ކޮންދުވަހެއް. "ހަނދާ ތިޔަ ހަނދުގެ އަރިހުގައޭ ހުރުން އަބަދުމެ މިހިތް އެދެނީ" ބައި މުޚުތާރު.

The name is already taken The name is available. Register?

ބަބުރުއްސާދާ

30 October 2023

ތިކަން ރަގަޅުވެއްޖެއްޔާ ކިތަންމެހާވެސް ރަގަޅު މިހާރުވެސް މެޓުން ކުރާފޯކާސްޓް ބޮޑުތަނުން ދިމަލެއް ނުވޭ. ހޫނުވާ ދުވަސްދުވަހު ހޫނުގަދަކަމުން ރޮށިފިހޭއިރުވެސް އެމީހުން ބުނަނީ 32 ޑިގްރީއޭ. ސަރުކާރުން އޮންނަނީ ތަ އެއްޗެކޭ ބުނެފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454