އެލް އެސްޓްރޭނޯ އިން ވިއްކާ ބައެއް ބްރޭންޑްތަކުގެ ސެންޓުތައް -- ފޮޓޯ: އެލް އެސްޓްރޭނޯ
30 އޮކްޓޯބަރ 2023 - 12:59
ސެންޓު ވިއްކުމުގެ ވިޔަފާރީގައި ކުރިއަރަމުން އަންނަ އެލް އެސްޓްރޭނޯއިން ވިޔަފާރިކޮށްގެން ކާރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޔޫމާން ސައީދު ވިދާޅުވީ، އެ ފިހާރައިން 3،000ރ. އިން މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ވެސް ކާރު ލިބޭ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އެ ފިހާރައިން ކުރާ 500ރ. ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މާޗް މަހުގެ 30 ވަނަ ދުވަހުގެ ނިޔަަލަށެވެ. އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ލިބޭނީ ނިސާން ޑޭޒް ކާރެކެވެ.
އެލް އެސްޓްރޭނޯ އިން ސެންޓު ގަނެގެން ކާރެއް ހޯދޭނެ -- ފޮޓޯ: މިހާރު
މި ޕްރޮމޯޝަންގެ އިތުރުން ކޮންމެ ދުވަހަކު ވެސް އިނާމެއް ލިބޭ ޕްރޮމޯޝަނާއި ކޮންމެ މަހަކު ވެސް އިނާމެއް ލިބޭ ޕޮރޮމޯޝަން ތަކެއް އެފިހާރައިން ކުރިއަށްގެންދެ އެވެ.
އެލް އެސްޓްރޭނޯ ފިހާރައިން ސެންޓުގެ އިތުރުން މޭކަޕް ބްރޭންޑެއް ވެސް ވަރަށް އަވަހަށް ލޯންޗު ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މަޖީދީމަގުގައި ހުންނަ އެލް އެސްޓްރޭނޯ ފިހާރައިން ލަގްޒަރީ ގިނަ ބްރޭންޑްތަކެއްގެ ސެންޓު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯޑައުން
01 November 2023
ވަރަށް ތަފާތު.. އަދި މި ފިހާރައިން ގަނެގެން ޖަހާ ސެންޓު ހަވީރު އޮފީސް ނިންމާ ގެއަށް އަންނައިރުވެސް ސެންޓުގް ވަހަށް އެއްވެސް ބަދަލެއް ނާދެ. އެހެންވީމާ އޮރިޖިނަލްކަން ހަމަ ޔަގީން. ސާބަސް ސަޢީދު
އެސްޓްރޭނޯއިން
01 November 2023
މަޖީދީ މަގުގަ ކޮންހިސާބެއްގަ ހުންނަ ފިހާރައެއް؟