އދ. ގެ މައި މަރުކަޒުގައި ކުރިއަށް ގެންދިޔަ އެ ޖަމިއްޔާގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި އ.ދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ތަގުރީރުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
02 ނޮވެމްބަރ 2023 - 10:35
ފަލަސްތީނު ރައްޔިތުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާ ހުއްޓުވައި، އިޒުރޭލަށް ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖެއިން އދ. ގެ ސަލާމަތީ މަޖިލީހުގައި އިއްޔެ އެދިއްޖެ އެވެ.
ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް އިޒުރޭލުގެ އަސްކަރިއްޔާ އިން ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް އެ މައްސަލަ އަށް ހައްލު ހޯދުމަށް އދ. ގެ މައި މަރުކަޒުގައި ކުރިއަށް ގެންދިޔަ އެ ޖަމިއްޔާގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި އ.ދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ވަނީ އިއްޔެ ތަގުރީރުކުރައްވައިފި އެވެ.
ތިލްމީޒާގެ ތަގުރީރުގައި ވަނީ ގާޒާގެ އާންމުން މިހާރު ތަހައްމަލުކުރަމުންދާ އަނިޔާތަކަކީ އިޒުރޭލުން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ފަލަސްތީނަށް ކުރިމަތިކުރަން ފެށި ލޭއޮހޮރުވުމާއި ފިއްތުންތަކުގެ ނަތީޖާ ކަމަށް ވިދާޅުވެފަ އެވެ.
އެ ހަމަނުޖެހުމުގެ ޝިކާރައަކަށްވެފައިވާ ގާޒާގެ ދެ މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.
ފަލަސްތީނުގެ ހައްގުގައި އިޒުރޭލާ ދެކޮޅަށް އަޑުއުފުލުމަށް މާލޭގައި ބޭއްވި ބޮޑު އެއްވުމެއްގައި ގިނަ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒުރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގެއްލެމުންދާ މައުސޫމު ފުރާނަތަކަކީ ހަމައެކަނި ހަނގުރާމައެއްގެ ސަބަބުން ލިބެމުންދާ ގެއްލުމެއް ކަމުގައި ދެކި، އެކަން ހުއްޓުމަކަށް ގެނައުމަށް ނުކުޅެދޭ ކޮންމެ މުޖުތަމައުއެއްގެ ތެދުވެރިކަމާއި ނަޒާހާތްތެރިކަމާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
"[އިޒުރޭލުގެ] މި އަމަލުތައް ބަލައިގަތުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހަމަތަކާއި އުސޫލުތަކާ މުޅިން ހިލާފު ކަމެއް،" ތިލްމީޒާ ވިދާޅުވި އެވެ.
ތިލްމީޒާ ވަނީ ގައްޒާގައި ސިއްހީ ފަރުވާދޭ އެކި މަރުކަޒުތަކަށާއި ޖަބަލިއާ ރެފިއުޖީ ކޭމްޕް ފަދަ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި އަޅުކަންކުރާ ތަންތަނުގެ އިތުރުން އިންސާނިއްޔަތަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިޒުރޭލުން ދޭ ހަމަލާތައް ދިވެހި ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.
ހަލަބޮލި ސިޔާސީ މަޝްރަހެއްގެ ތެރޭގައި ހަމަޖެހުމާއި އިންސާފު ގާއިމުކުރުމަށް އދ. ގެ އާންމު މަޖިލީހުން ހިތްވަރާ އެކު މަސައްކަތްކުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ. އަދި ހަމައެއާ އެކު، ގާޒާގެ މީހުންނަށް ލިބެމުން ދާ އަނިޔާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ރާއްޖެއިން ވަނީ އިޒުރޭލުގެ ހަމަލާތައް ހުއްޓުމަކަށް ގެނެސް، ގައްޒާ އަށް އިންސާނީ އެހީ މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ގޮވާލާ އދ. ގެ އާންމު މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކުރި ގަރާރަށް ތާއީދުކޮށް، އެ ގަރާރު ކޯ-ސްޕޮންސާ ވެސް ކޮށްފަ އެވެ.
މި މަހު ހަތެއްގައި ހަމާސް ޖަމާއަތުން އިޒުރޭލަށް ދިން ހަމަލާގެ ބަދަލުގައި އިޒުރޭލުން އަންނަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިޒުރޭލުގެ ލާއިންސާނީ އަނިޔާގައި ފަލަސްތީނުގެ 8،000 ވުރެ ގިނަ މީހުން މަރުވެ، އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
03 November 2023
ބާރުގަދަ ގައުމުތަކުން ނޭދޭހަރުކަށި ކަމެއް ދޮންވެލީގެ ޖަޒީރާ އަކުން އެދުނީމާ ކަޑައެވެ. އެމީހުންނާ ދުނިޔޭގެ ގާނޫނާވެސް ނުބައްދަލުވާއިރު މައިތިރި ކަމާއެކު ބަހެއްބުނެލުން ގޯހެއްނޫނެވެ. އެކަމަކު ދޯއެވެ!
ކަންޖޫސީ
02 November 2023
ތިވަަރުވެސް ކައިރީތިބި އަރަބި ރަސްކަލުންތަކަށް ކޮށްލަން ނުކެރޭ. އެމީހުންނަށް ގޯސްވަނީ ފަލަސްތީނުމީހުން އަދިވެސް. ސީޒް ފަޔަރ ސީޒް ފަޔަރ ކިޔާލަ ކިޔާލަ އެތިބެނީ. ތެޔޮކޮޅެއްވެސް ދިނީކީނޫން. އަރަބިން ކައިގެން ތިބިއްޔާ ފަލަސްތީނުމީހުން ނުކައި.
ފަހުދު.
02 November 2023
ރާއްޖެއައް ޖޫސްޕެޓީ އެތެރެވުން ހުއްޓުވާބަލަ
މާހިރު
02 November 2023
ރާއްޖޭން ފިޔަވަޅެއް ނާޅާތިބެ، އެހެންބަޔަކަށް ފިޔަވަޅު އަޅަން ގޮވާލުމަކީ ލަދުގަންނަންޖެހޭ ކަމެކެވެ. އިޒްރާއީލް މީހުން ރާއްޖެ އެތެރެވުން ހުއްޓުވުމަކީ މިހާރުވެސް ކުރުން ލަސްވެފައިވާ ކަމެކެވެ. ޢާއްމު ރައްޔިތުން އެއަރޕޯޓަށްގޮސް އިޒްރާއީލް މީހުން ހޯދާ އެބައިމީހުން ހުއްޓުވުމުގެ ކުރިން ސަރުކާރުން އެކަން ކުރުމަށް ގޮވާލަމެވެ. އިޒްރާއީލްގެ އަނިޔާވެރިކަމާހެދި މިހާރުވެސް ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާހިސާބަށް ވަނީ ގޮސްފައެވެ.
ރަޔާން
02 November 2023
މި ކުޑަ ކުޑަ ރާއްޖެ އަށް ކުރެވޭ ވަރުވެސް ނުވޭ ތިޔަބުނާ ބާރުގަދަ ކަމަށް ދައުވާކުރާ އަރަބި ބޮޑެތި ގައުމުތަކަށް. އެމީހުންނަށް ހީވަނީ އެމެރިކާ އެއީ ހެން އެމީހުންނަށް ރިޒުގު ދެއްވާ ފަރާތަކީ ވެސް. އެންމެން ކުޅިބަލަން މޮޅެތި ވާހަކަތައް ދައްކަ ދައްކާ ތިއްބާ އިންސާނީ ނަސްލެއް އެއޮތް ނިމިދަނީ. އިންސާނުންނޭ ކިޔާއިރު އިންސާނިއަޔްތުގެ ކަންފުޅެއްވެސް ނެތް. ވަލު ޖަނަވާރުންވެސް މާ ރަނގަޅު. ٱللَّٰه އެ ނިކަމެތި އަޚުންނާއި އުޚްތުން ރައްކާތެރި ކުރައްވާނދޭ.
ސަސި.
02 November 2023
ނުކުރާނެ ކަންކަމަށް ގޮވާލުމުގެ ބަދަލުގަ ކުރެވެން ހުރި ކަންކަން ކުރީމަ ރަގަޅުވާނެ.
ޙިނި
02 November 2023
ކުރެވޭނޭ ކަންކަމައް ވިސަންވީ، އިޒުރޭލުގެ ބާރުވެރިންނަކީ އެމެރިކާ. ރައްރިތުންނައް ކުރެވިދާނެ ކަމެއް، ވިޔަފާރި ކުރުމުގައި ނުނީ ބޭރައްދާއިރު އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލަންވީ، ބަދަލުގައި ސުވިސް ފުރޭންކް ނޫނީ ޔޫރޯ ބޭނުން ކުރަންވީ، އަދި ޔުވާންވެސް ބޭނުން ކުރެވިދާނެ، އެމެރިކާގެޒަޔަނިސްޓު ބުރޭންޑުތައް ބޯއިކޮޓް ކުރަންވީ އަދި ބެނުންކުރަންވީ ނިއުޓްރަލް ގައުމުތަކުގެ ކަރަންސީ. ބިއެމްއެލް ޑޮލަރު އެކަންއުންޓް ބަދަލުގައި ޔޫރޯ އެކައުންޓު ވެސް ހުޅުވިދާނެ
ތުނިޔަ
02 November 2023
ކޮބައިތޯ ރާއްޖޭގެ ރައީސް؟ ފަލަސްތީނުގެ ވަށައިގެންތިބި އަރަބި ވެރިންނަށް ގުޅައިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވޭނެ މަސަތްކަތް baivaru ހުންނާނެ ނޫންތޯ؟
اساسهر
02 November 2023
ރަގަޅު ވާހަކައެއް.
ކޮބައި
02 November 2023
ކޮބައި "ޢިލްމުވެރިން".
އައްޔަ22
02 November 2023
ފުރަތަމަ ރާއްޖެއިން ފިޔަވަޅު އަޅާބަލަ އިސްރާއިލް އަށް. ރާއްޖެއިން ކުރެވޭނެކަމެއް އިސްރާއިލްގެ ޕާސްޕޯޓް ބޭން ކުރުން.