ސްރީލަންކަން އެއާލައިންގެ މަތިންދާ ބޯޓެއް. އެ ކުންފުނި ވިއްކާލުމަށް ބިޑަށް ވަނީ ހުޅުވާލައިފައި --
02 ނޮވެމްބަރ 2023 - 12:30
ސްރީ ލަންކާގެ ގައުމީ އެއާލައިން ވިއްކާލަން އިއުލާނުކޮށް، މިއަދުން ފެށިގެން ބީލަމަށް ހުޅުވާލާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރީޕާލާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.
ލަންކާގެ ނިއުސްވޭވަށް ދެއްވި އިންޓަވިއުއެއްގައި ނިމާލް ވިދާޅުވީ، އިންވެސްޓަރުންނަށް ބީލަން ހުށަހެޅުމަށް މިއަދުން ފެށިގެން 45 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެ މުއްދަތު ހަމަވުމުން، ކުންފުނި ގަތުމަށް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތެއް ހޮވާނެ އެވެ.
ކޮވިޑް އަދި ލަންކާގެ އިގްތިސާދަށް ކުރިމަތިވި ކާރިސާއާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވީ ސްރީ ލަންކަން އެއާލައިނަށެވެ. އެ އެއާލައިން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މިދިޔަ 8 މަހު ކުރިއަށް ގެންގޮސްފައި ވެ އެވެ.
ސްރީ ލަންކަން އެއާލައިންސްގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ، އެ އެއާލައިންގައި މަސައްކަތް ކުރި 6،000 މީހުން ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ.
ސްރީ ލަންކަން އެއާލައިންގެ ބޯޓެއް އެއާޕޯޓުގައި. އެކުންފުނީގެ ދަރަނި 1.2 ބިލިއަން ޑޮލަރަށް އަރާ --
އެ މައްސަލާގައި ލަންކާގެ ސަރުކާރުން ވަނީ އެ އެއާލައިންގެ މާލީ ހާލަތުން އަރައިގަތުމުގެ ޕްލޭން އެކުލަވައިލާއި ކުންފުނި ރީސްޓްރަކްޗާ ކުރަން ވޯލްޑް ބޭންކްގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާ ހަވާލުކޮށްފަ އެވެ.
ސްރީ ލަންކަން އެއާލައިންސް ވަނީ ކުރިން ވެސް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ހިންގައިފަ އެވެ. އެމިރޭޓްސް އިން ސްރީ ލަންކަން އެއާލައިންސް 10 އަހަރުގެ މުއްދަތަކަށް ހިންގި އެވެ. އެއީ 1998 އިން 2008 ވަނަ އަހަރަށެވެ. އޭގެ ފަހުން ލަންކާގެ ސަރުކާރުން ވަނީ އެމިރޭޓްސް އަށް ވިއްކައިލި ހިއްސާ އަލުން ގަނެފަ އެވެ.
ލަންކާގެ އެންމެ ބޮޑު އެއާލައިން، ސްރީ ލަންކަން އެއާލައިންސް ވަނީ 1.2 ބިލިއަން ޑޮލަރުން ދަރައިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ ބޭންކްތަކުން ނެގި ލޯނާއި އިންޓަނޭޝަނަލް ބޮންޑު ޕޭމެންޓްތަކާއި މަތިންދާބޯޓުތައް ލީސް ކުއްޔަށް ދައްކަން ޖެހޭ އަދަދުތައް އެބަ ހުއްޓެވެ. ތެލަށް ކުރި ބައެއް ހަރަދުތަކަށް ވެސް ފައިސާ ނުދައްކަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިތުލްމާލް
02 November 2023
އަމިއްލަ އެއަރލައިނެއް ނެތޭ?މޯލްޑިވިއަން އެއީ ދެން ކަލޭގެ ބައްޕަގެ އެއްޗެއް?
އެއްކަލަ މީހާ ދޯ
02 November 2023
އެކައުންޓް ނަމްބަރު މިޚަބަރުގަ ޖަހާލި ނަމަ ސްލިޕް ވައިބާކޮށްލާނެ ނަމްބަރާއި އެކު؟
ބޮޑުރިޔާ
02 November 2023
ގައުމުދެކެ ލޯބިވާ ރައްޔިތުންނަށް އޯގާތެރި ރައީސެއްހުރިކަމުން މާތް ﷲގެ ވާގިފުޅާ އެކު މިގައުމެސް މިހާލަތަށް ނުވެއްޓި ސަލާމަތްވީ ސުކުރިއްޔާ ރައީސް އިބޫ ތިޔައީ އޯގާތެރި ހިތްތިރި ވެރިޔެއް މިހިތުން މަނިކުފާނުންގެ ހިދުމަތްތަށް ބަލައިމިގަންނަނީ އުފަލާ އެކު
ބާބްރީ
02 November 2023
ތިކިޔާ މީހާ ނޫން އެހެން މީހަކު ވެރިކަމުގައި ހުރިނަމަ ރާއްޖޭގައި ތިކޮވިޑެއް ނުފެތުރުނީސް. ރާއްޖެ ގޮތަށް ވަކިވަކި ރަށްތަކުގައި އުޅުނު ބައެއް ތަންތަނަށް ތި ކޮވިޑް ނުވެސް ދޭ. މިސަރަހައްދުން ބުޓާނަކީ އޭގެ އެއް މިސާލު. ބޫޓާނަކީވެސް ޓޫރިޒަމަށް ބިނާވެފައި އޮންނަ ގައުމެއް. ޢަދި އެއްފަސްތަނެއް. އެމީހުން ކޮވިޑް ފެތުރުން ކާމިޔާބުކަމާއެކުހުއްޓުވި. ލަންކާގައި ކޮވިޑް ނުހުއްޓި މާލީ ދަތިތަކެއް ކުރިމަތިވީ ދަހިވެގެން ޓޫރިސްޓުން ނޮޅައި އަރާކޮންމެ ގެސްޓަކު ހާސްޑޮލަރ
@1981
02 November 2023
ގައުމުދެކެ ލޯބިވާ އަދި ފަހުރުވެރިވާ ދަރިއެއްގެ ހައިސިއްޔަތުން ދިވެހި ސަރުކާރަށް ދަންނަވަން, މި އެއާލައިން ގަތުމަށް , ދުނިޔޭގެ ހަޔާތުން 50ގަރުނު ނިމުނުއިރުވެސް އަމިއްލަ އެއާލައިން އެއް މިޤައުމުގަނެތުމުން ވަރަށް ދެރަވޭ, މިހެން މި ބުނެލީ މިޤައުމުގެ ބައިތުލްމާލަށް މަސްދުވަހުން ވަންނަ އާމްދަނީ އެންގޭތީވެ ދިވެހި ސަރުކާރުން އުޅެފީޔާ މީ ނުވާނެ ކަމެއްނޫން. މި ކޮމެންޓް ޖަހާލަދިނުން އެދެން.ޝުކުރިއްޔާ.
މޯދީ
02 November 2023
ރިޒާވް ގައި 100މިލިޔަން ޑޮލަރު އަދި 60 ބިލިޔަން ދަރަނިވެރިވެފަ އޮތް ގައުމަކަށް އެއަރލައިނެއް ކީއްކުރަން ރިޔާނެގި ދޯނިގަޑެއްވެސް ގަނެވޭނެތަ؟
އަޅި އަލީ
02 November 2023
އަދިވެސް މަމެން ބޮލިގަ އަޅަން ޖެހިފަ އޮތް ދަރަނި މަދީތޯ! މިހާރުވެސް ބޯހިކެންނެތް! އަނެއްކަ 1.2 ބިލިއަންޑޮލަރު ބޮލުގަ އަޅަންވީތޯ! މޯލްދިޥީއަންއެއީ މަމެންގެ އެއާލައިން! ކިތަންމެ ކަޑަވިޔަސް
ކޮސްނޯމިސްޓް
02 November 2023
ރަނގަޅު އަގަކަށް ގަންނަން ލިބިދާނެހެން ހީވަނީ ކުންފުނީގެ ދަރަނި ހުރި މިންވަރު ބަލާފައި! އެކަމަކު ސީދާ ސަރުކާރުތަކުން އާންމުކޮށް މިކަހަލަ އިންވެސްޓްމެންޓް އެއް ނުކުރާނެ! ބޮޑަށް ރަނގަޅުވާނީ ދިވެހި ވިޔަފާރިވެރިން ބޭނުމިއްޔާ މިކަމާއި އުޅުން! ރާއްޖޭގައި މިކަން ކުރެވޭނެ މީހުން މަދުން ނަމަވެސް ތިބޭނެ. އެކަމަކު ބަލަންޖެޙޭ މުހިންމު ކަމަކަށް ވާނީ ލަންކާގެ މާލީހާލަތު އޮތް ނުބައި އަނދަވަޅުގެ ސަބަބުން އިންވެސްޓްމެންޓް ރިކަވާ ކުރަން ކިހާދުވަހެއް ނަގާނެތޯ.