ދުނިޔެ / އަގްސާ ތޫފާން

ޖަބާލިޔާގެ ދެ ވަނަ ގަތުލު އާންމުގައި 195 މަރު

ޖަބާލިޔާ ރެފިއުޖީ ފޭލިގެ އަވަށަށް އިޒްރޭލު ސިފައިން ދިން ބޮމުގެ ހަމަލާތަކުގައި 195 މީހަކު ޝަހީދުވެ 770 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި.

02 ނޮވެމްބަރ 2023 - 14:37

2 comments

ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ފޭލިގެ އަވަށަށް އިޒްރޭލު ސިފައިން ވިދިވިދިގެން ދެ ވަނަ ދުވަހު ދިން ބާރު ގަދަ ބޮމުގެ ހަމަލާތަކުގައި 195 މީހަކު ޝަހީދުވެ 770 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނީ ޖަބާލިޔާ ފޭލިގެ އަވަށުގައި ހުރި އާންމުން ދިރިއުޅޭ އިމާރާތްތަކަށް، އިޒްރޭލު ސިފައިން އިއްޔެ ދިން ބޮމުގެ ހަމަލާގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުވެ، ނުވަތަ ހަށިގަނޑު ޗިސްޗިސްވުމުގެ ސަބަބުން ވީނުވީއެއް ނޭނގި 120 އަށް ވުރެ މީހުން ގެއްލިފައިވާ ކަމަށެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނި ގޮތުގައި އިޒްރޭލު ސިފައިން ޖަބާލިޔާ ރެފިއުޖީ ފޭލިގެ އަވަށަށް ދިން ބޮމުގައި ހަމަލާގައި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ހަތް މީހަކު މަރުވި އެވެ. އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ތެރެއިން އަސީރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެ ހަތް މީހުން މަރުވީ، އަންގާރަ ދުވަހުގެ ހަމަލާގައި ކަމެއް ނުވަތަ ބުދަ ދުވަހުގެ ހަމަލާގައި ކަމެއް ނުބުނެ އެވެ.

ހަމާސް އިން ބުނި ގޮތުގައި އަސީރުންގެ ތެރެއިން މަރުވި ހަތް މީހުންގެ ތެރޭގައި 3 ބިދޭސީން ވެސް ހިމެނެ އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްގެ ބައެއް ކަމެއް ހަމާސް އިން ނުބުނެ އެވެ.

އިޒްރޭލު ސިފައިން އަންގާރަ ދުވަހު ޖަބާލިޔާ އަށް ދިން ބޮމުގެ ހަމަލާގައި ޝަހީދުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު 400 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެ އެވެ. އެ ދުވަހު އިޒްރޭލުން ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ، އެއިން ކޮންމެ ބޮމެއްގައި އެއް ޓަނުގެ ގޮވާތަކެތި އެކުލެވޭ ހަ ބޮމެވެ.

ގާޒާގެ މެދުތެރޭގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ފޭލިގެ އަވަށަކީ، އެ ސަހަރުގައި މިވަގުތު އެންމެ ގިނަ ބަޔަކަށް ސިއްހީ ފަރުވާ ދެމުން އަންނަ އިންޑޮނީޝިޔާ ހޮސްޕިޓަލާ ވަރަށް ކައިރީގައި އޮންނަ އަވަށެކެވެ. އެ ހޮސްޕިޓަލާ ކައިރީގައި ހުރި އިމާރާތްތަކަކަށް، އަންގާރަ ދުވަހު މެންދުރު ފަހު ފުލުފުލުގައި ދިން ބޮމުގެ ހަމަލާތަކުގައި މުޅި އެ ސަރަހައްދު ވަނީ ސުންނާފަތިވެފަ އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 27 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8800 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 22200 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3650 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2290 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އިޒްރޭލު ސިފައިން ދިން ބޮމުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކެއް ތެރޭގައި ބަޔަކު ހިނގާފައި ދަނީ.

އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ނުވަތަ، ހަމަލާތަކުގައި ހަށިގަނޑު ޗިސްވެގެން ވީނުވީއެއް ނޭނގި 2030 މީހަކު ގެއްލިފައިވާ އިރު، އޭގެ ތެރޭގައި 1120 ކުޑަކުދިން ވެސް ހިމެނެ އެވެ. މީގެ އިތުރުން، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންގެ 132 މީހަކު ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުންޏެވެ.

ޣައްޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކުގައި ޝަހީދުވި މީހުންގެ އަދަދު 125 އަށްވުރެ އިތުރުވެއްޖެ އެވެ. އަދި އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ހުޅަނގު އައްސޭރިން ހައްޔަރުކުރި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 1830 އަށް ވުރެ މަތިވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދ ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕިންކީ

03 November 2023

އިސްރާޢިލް ނަށްތާލުމުގެ ކަންތައް މުޅި ދުނިޔޭގެ ހުރިހާ ގައުމުތަކުން ފަށްޓަންވީ ވަގުތު އައިސް ޖެހިއްޖެ............،

The name is already taken The name is available. Register?

ސަލީމުލް

03 November 2023

މިލިޓަރީ ކަންކަމުގަވެސް އަހަރުމެންގެ އިލްމުވެރިން ވިދާޅުވާ ބަސް އަހައި ގިނަ ގިނައިން ގުނޫތު ކިޔަންވީ. ޒަމާނީ ޓެކްނޮލޮޖީ އާއި ހަތިޔާރަށްވުރެ މާ މަތިވެރި ކަމެއް އެއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454