ކުޅިވަރު / ކްލަބް ވެލެންސިއާ

ތިމްޕޫގެ ރޭވުން ވެލެންސިއާ އިން ފެއިލްކޮށްލައިފި

ވެލެންސިއާގެ ރިލްވާން (މ) އަތުން ބޯޅަ ބޫޓާނުގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މިއަދު ހަވީރު ބޫޓާނުގެ ތިމްޕޫ ސިޓީ އެފްސީން މަސައްކަތްކުރީ ކްލަބް ވެލެންސިއާގެ އެޓޭކް ހުއްޓުވަން ކަމަށާއި، އެފަދަ ރޭވުމަކާ ދެކޮޅަށް ކުޅެ 3-0 އިން މޮޅުވުމަކީ ވަރަށް ހިތްހަމަޖެހޭ ނަތީޖާއެއް ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

މިއަދުގެ މޮޅާ އެކު ދެ ލެގުގެ އެގްރިގޭޓުން 3-0 އިން ކުރި ހޯދައި ވެލެންސިއާ ވަނީ ޕްލޭއޮފް ބުރަށް ހޮވިފަ އެވެ. އެ ބުރުގައި ބައްދަލުކުރަން ޖެހޭނީ ސްރީ ލަންކާގެ ކޮލަމްބޯ އެފްސީއާ ނުވަތަ އިންޑިއާގެ މޯހަން ބަގާންއާ އެވެ.

"ރަނގަޅު ރިޒަލްޓެއް މިއީ. މިކަހަލަ ނަތީޖާއަކަށް އަޅުގަނޑު އުއްމީދުކުރިން،" ފުރަތަމަ ލެގަށް ފަހު ވެލެންސިއާއާ ހަވާލުވި ފެސްކޯ ބުންޏެވެ.

"މި މެޗުގައި ބޫޓާން ޓީމުގެ ފޯކަސް އޮތީ ޑްރޯއަކާ ދިމާލަށް. ފުރަތަމަ ހާފުގައި އެ ޓީމުން އެހާ ބޮޑަށް ކުރިއަށް ނާރައި ވެލެންސިއާގެ އެޓޭކް ހުއްޓުވަން މަސައްކަތްކުރީ. ވެލެންސިއާގެ އެޓޭކަށް އަރާ ކޮންމެ ކުޅުންތެރިޔަކު ބްލޮކްކުރަން ދެ ކުޅުންތެރިން ތިބި. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުން ބޫޓާން ޓީމުގެ ގޯލްކީޕަރު އައުޓްސްޓޭންޑިންއޭ."

ފެސްކޯ ބުނީ މި މޮޅުގައި އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ފުރަތަމަ ސިކުންތުން ފެށިގެން ފަހު ސިކުންތާ ހަމަޔަށް މޮޅުވުމުގެ ރޫހުގައި ކުޅުނު ވެލެންސިއާގެ ކުޅުންތެރިންނަށް ކަމަށެވެ. މުޅި މެޗުގައި ވެސް ކުޅުންތެރިންގެ ހިތްވަރު ފެނުނު ކަމަށް ފެސްކޯ ފާހަގަކުރި އެވެ.

އޭނާ ބުނީ ޕްލޭއޮފުގައި ވެސް މަސައްކަތްކުރާނީ މިކާމިޔާބީ ދަމަހައްޓަން ކަމަށާއި ވެލެންސިއާގެ ފުރަތަމަ ޓާގެޓަކީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުން ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

"ކުޅުންތެރިންނާ މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް. ޕްލޭއޮފުގައި ކޮންމެ ޓީމަކާ ވާދަކުރަން ޖެހުނަސް އަޅުގަނޑުމެންގެ މަސައްކަތަށް ބަދަލެއް ނާންނާނެ،" ފެސްކޯ ބުންޏެވެ.

މިއަދު ގޯލް ޖެހި ވެލެންސިއާގެ އަހުމަދު ރިލްވާން ބުނީ ބޮޑު މޮޅަކާ އެކު ޕްލޭއޮފަށް ދިއުމަކީ ޕްލޭއޮފުގައި ރަނގަޅު ނަތީޖާއެއް ހޯދަން ލިބުނު ހިތްވަރެއް ކަމަށާއި މި ނަތީޖާއާ އެކު ކުޅުންތެރިންގެ އިތުބާރު ބޮޑުވެއްޖެ ކަމަށެވެ.

"ރަނގަޅަށް ޕްރެކްޓިސް ކުރެވިއްޖެއްޔާ ބަލިކުރެވޭނެ،" ރިލްވާން ބުންޏެވެ.

ތިމްޕޫގެ ކޯޗު ޕަސަން ޝެރިން ބުނީ މޮޅުވުމާއި ބަލިވުމަކީ ފުޓްބޯޅައިގެ ބަޔެއް ކަމަށާއި ކުޅުންތެރިން ކުރި މަސައްކަތާ ދޭތެރެ ފަހުރުވެރިވާ ކަމަށެވެ.

"މިއީ އަހަރެމެންނަށް މޮޅުވާން ލިބުނު ރަނުގެ ފުރުސަތެއް ސަރަހައްދީ މުބާރާތެއްގައި. ކަންދިމާކުރި ގޮތުން އެކަން ހާސިލެއް ނުވި. އުއްމީދުކުރަން ކުރިމަގުގައި މިއަށް ވުރެ ދުރަށް ދެވޭނެ ކަމަށް،" ޝެރިން ބުންޏެވެ.

އޭނާ ބުނީ ހޫނުގެ ސަބަބުން ކުޅުންތެރިންނަށް އަސަރުކުރި ކަމަށާއި ފަހުކޮޅު ގިނަ ގޯލްތަކެއް ވަނީ ވެލެންސިއާގެ ލީޑާ އެކު ތިމްޕޫގެ ކުޅުންތެރިން އޯލް އައުޓް އެޓޭކަށް އެރުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ވަރުބަލިވުން ވެސް އެއީ ސަބަބެއް،" ބޫޓާން ގައުމީ ޓީމުގެ 10 ކުޅުންތެރިން ގޮވައިގެން އައި ކޯޗު ބުންޏެވެ.

1 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކް

08 February 2017

މެޗުގެ ކުރިން ތިންޕޫރުގެ ކޯޗު ދެއްކި ވާހަކަތައް ތޮޅިއަށް! މަރުހަބާ ވެލެންސިޔާ، ތިޔަ ބަލި ކުރެވުނީ ގާތް ގަނޑަކަށް ބޫޓާންގެ ގައުމީ ޓީމެވެ. ވެލެންސިޔާ އަށް ބަލާ އިރު ގައުމީ ޓީމުގެ ފުރަތަމަ 11 ގަ ހިމެނޭ ކުޅުންތެރިއަކަށް ހުރީ ޝާފީ އެކަންޏެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454