މަޖިލީހުގައި މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: މަޖިލިސް
08 ނޮވެމްބަރ 2023 - 19:38
ބޭރު ޖަމިއްޔާތަކުގެ މަގާމްތަކުން އެމްޑީޕީގެ މެންބަރުން ވަކި ކުރައްވާނެ ކަމަށާއި ބޭރު ގައުމަކަށް ނޭރޭ ވަރު ކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނަޝީދު މިހާރު ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ކޮންފަރެންސްއެއްގައި ބައިވެރި ނުކުރުވުމަށް އެމްޑީޕީގެ ލީޑާޝިޕުން އެ ފަރާތްތަކަށް މެސެޖުކޮށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.
އެ މެސެޖަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އެ ކުރާ މަސައްކަތުގެ ސަބަބުން ފަލީހަތް ވާނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ.
ކޮމިޓީ އޮން ޑިމޮކްރަސީ އެންޑް ހިޔުމަން ރައިޓްސްގެ މަގާމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދް އައްޔަން ކުރި ހަބަރު އެހެން މެންބަރަކު އެ ގްރޫޕަށް ފޮނުވުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ނަޝީދު ވިދާޅުވީ އެފަދަ މަގާމުތަކުން ވެސް ވަކި ކުރާނެ ކަމަށެވެ.
"[ޕީޖީ ލީޑަރު] އަސްލަމް ތިޔަ ހުރިހާ ތަނަކުން އެމްޑީޕީގެ މެންބަރުން ވަކި ކުރާނަން. އަދި ބޭރު ގައުމު ތަނަކަށް ނޭރޭ ވަރު ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަށް ދެން އަންނަން އޮތް ގެއްލުން ވެރިކަން ގެއްލުމަށް ވުރެ ބޮޑު ވާނެ ކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އެމްޑީޕީގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުދާތީ އެ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.
އެހެން ނަމަވެސް އަދިވެސް ނަޝީދު ރާއްޖެއިން ބޭރުގައި އުޅުއްވައި ޖަލްސާ އަށް ހުރަސް އަޅުއްވަން އިތުރު މަސައްކަތް ކުރައްވަފާނެ ކަމަށް ވިދާޅުވެ އެ މެންބަރުން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
11 November 2023
7% މީހާދެން ހާދަފުއްޕުމެކޭ މިފުއްޕަނީ
އަލީމު
09 November 2023
"ރެލަވަންޓު" ވާން ނޭގިގެން އުޅޭ މީހެއް!!!
ހިނި އަންނަނީ
09 November 2023
ވިލާތުން ދޮންވެ ފައްކާ ވެފައިވާ ޑިމޮކުރަސީ އެރެތެހައްޓަށް ލައްވައިގެން ، އޭޝިޔާގެ މަންޑޭލާ ހެދިގެން ވަޑައިގެންނެވި ބޭފުޅާގެ ހާލަތު ފެނިފަ ހަދާނަށް އަންނަނީ ހަތްދިހައި އާއި އައްޑިހައިގެ ހިންދީ ފިލްމުތަކުގައި އުޅޭ ޓާކޫރުން ގެ މަތިން.
ދެރަސޮރު
09 November 2023
ތިހެން ރޫޅާލާނަމޭވެސް ކި، މާ ގަދަ މީހަކަށް ވެގެން އެހެން ކިޔަކިޔާ އޮށްވަ ނެގި ވޯޓުން ލިބުނީ އެންމެ %7. ރޫޅުނީ އަމިއްލަ މީހާ.. މިކަންވެސް ނިމޭއިރު އެންމރ ފަހުން ބޭރު ގައުމުތަކަށްވެސް ނޭރޭނީ އަންނި އަށް ކަންނޭގެ
ބޮޑުގޮހޮޑާ
09 November 2023
މުއިއްޒު ސަރުކާރުގާ ކަލޭ އަލުން ގޮޅިއަށް ލާނެ. އެކަމަކު މިފަހަރު ކަލޭ ދޫކުރަން ގޮވާލާ މަގުމައްޗަށް ނިކުންނާނީ އީވާހޮއްކޮއައި އިންތި އެކަނި.
ވަޓްސްއެޕް ތެރަރ
09 November 2023
މިތާ މިހުރި ކޮމެންޓްތައް ތިޔަބުނާ ވަޓްސްއެޕް ގްރޫޕަކަށް ލިޔަސް ސައިޒު އެނގޭނެ! މިތާ މިހުރި ކޮމެންޓްތަކުގެ ސްކްރީން ޝޮޓެއް ތިބުނާ ވަޓްސްއެޕް ގްރޫޕަށް ލާނެކުއްޖަކު އަޅެ ނެތީތަ!
ޖަގިޔާ ނާއްކޮ
09 November 2023
ބޭރު ގައުމުތައް އޮޅާލާ ބަދައްވާ
އައްޑޭ
09 November 2023
ދެނަސް ތެކަން ހުއްޓަލާއި ގޭ މަޑުން އެބިހިށު...
ކަރާސީނު
09 November 2023
އާނ... ހިތުން މީ އާނޯޑުވިއްޔަ!
މޮސްކިޓޯ
09 November 2023
ތީ ޤަޢުމުތަކަށް ވިސާދޭމީހާތަ؟ ކަލެއާ އިބޫއާ ތީ މާލޭ ބޮޑުމީހާ! އެކަމަކު ގިނަ ރައްޔިތުންގެ ތާޢިދެއްނެތް!