ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާ އެކު ކުރިއަށް ދަނީ މިފަހަރު އެކަނި: ރައީސް

ރައީސް ވިދާޅުވީ ފަރުދީ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ސަރުކާރުން ހިފި ކަމަށް. އަދި ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ކޮށްދެއްވިއްޖެ ކަމަށް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ހިނގަމުން ދަނީ ހަމައެކަނި މިފަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ މީގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން މީގެ ކުރިން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ. މީގެ ފަހުން ބާއްވާ ކޮންމެ ރިޔާސީ އިންތިހާބަކަށް ފަހުގައި ވެސް ވެރިކަން ބަދަލުވުމުގެ ކަންކަން މިގޮތަށް އޮމާންކަމާ އެކީގައި ކުރިއަށް ގެންދަން ފުރުސަތު ދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހަބުތަކާއި ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުންދާ ތަން ދިވެހި ރައްޔިތުން ދެކޭހިތް ވާނެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ގާއިމްވެ، ދާއިމްވެ، ދެމި އޮންނާނީ ގައުމާއި ރައްޔިތުން: ރައީސް

"ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ގާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ގައުމާއި ރައްޔިތުން."

ރައީސް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރިއިރު ގައުމުގެ ހާލަތު އޮތްގޮތް ވަރަށް ތަފާތު ކަމަށެވެ. އޭރު އާންމުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށާއި ސަރުކާރާ ހިޔާލު ތަފާތުވުމުގެ އަގު، ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމަށާއި ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށާއި ނުލިބި ހުރި ޒަމާންވީ އަސާސީ ހިދުމަތްތައް ހޯދުމުގެ އިތުރުން ޑިމޮކްރަސީ އާއި އިންސާނީ ކަރާމަތާއި މިނިވަން ސިޔާސީ މާހައުލު ރާއްޖެ އަށް ގެނެސްދިނުމަށް ވެސް އޭރު އާންމުން އެދުނު ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭރުގެ ބިރުވެރި ހާލަތު ފިލައިގޮސް، މަގުތަކުގެ އަމާންކަން މިއަދު އިހުސާސްވޭ. ހިޔާލު ތަފާތުވެ ހުރެ ވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ކަން މި ފަސް އަހަރު ކަށަވަރުކޮށްދީފިން. ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައިފިން. އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ހިދުމަތްތައް މުޅި ރާއްޖެ އަށް އާންމުކޮށްފިން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ދެއްވި ހިތާބުގައި ވަނީ އެމަނިކުފާނު ވެރިކަމުގައި މިދިޔަ ފަސް އަހަރު ކުރެއްވި ވަރަށް ގިނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފަ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި ތައުލީމާއި ސިއްހަތާއި ކުޅިވަރުގެ ރޮނގުން ހޯދުނު ކާމިޔާބީތަކާއި މުވައްޒަފުންގެ މުސާރަ އަށް ގެނައި ބަދަލާއި ލާމަރުކަޒީ ނިޒާމާ އަދި ކޮވިޑް-19އާ އެކު ރާއްޖެ އަށް ކުރިމަތިވި ދަތި ހާލަތުން އަރައިގަތުމަށް ކުރެއްވި މަސައްކަތް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް އަމަލީ ސިފަ ޖެހުނީ މި ސަރުކާރުގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވި އިރު އަޅާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ބިންގާ އެކަނި ކަމަށެވެ. އެ ޓާމިނަލުގެ އަމަލީ މަސައްކަތް ފަށައި، ފުރިހަމަ ހިދުމަތެއް ދެވޭނެ ގޮތަށް ޑިޒައިނަށް ކޮންމެހެން ގެންނަން ޖެހުނު ބަދަލުތައް މި ސަރުކާރުން ގެނައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެއާޕޯޓް މަޝްރޫއު ކުރިއަށް ގެންދަން ހޯދަން ޖެހުނު ފައިސާ އަޅުގަނޑުމެން ހޯދިން. އެ ގެނެވުނު ބަދަލުތަކާ އެކު، ނިމެމުން އެދާ ހިތްގައިމު ޓަރމިނަލްގެ ހަގީގީ ސިފަ، ހުޅުލޭގެ މަލަމަތިން އެހުރީ ފެންނަން. ނިމޭއިރު އެ ޓާމިނަލް ވެގެން ދާނީ، މި ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލަށް: ރައީސް

"އެއާޕޯޓް މަޝްރޫއު ކުރިއަށް ގެންދަން ހޯދަން ޖެހުނު ފައިސާ އަޅުގަނޑުމެން ހޯދިން. އެ ގެނެވުނު ބަދަލުތަކާ އެކު، ނިމެމުން އެދާ ހިތްގައިމު ޓާމިނަލްގެ ހަގީގީ ސިފަ، ހުޅުލޭގެ މަލަމަތިން އެހުރީ ފެންނަން. ނިމޭއިރު އެ ޓާމިނަލް ވެގެން ދާނީ، މި ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލަށް،" ރައީސް ވިދާޅުވި އެވެ.

ހދ. ހަނިމާދޫގައި އަލަށް އަޅާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ބާރަށް ހިނގަމުންދާ ކަމަށާއި އައްޑޫގެ އިގުތިސާދީ ތަރައްގީގެ މައި ނާރެސް ކަމުގައިވާ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަޝްރޫއު ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، އައްޑޫގެ މުސްތަގުބަލަށް ބޭނުންވާ ބިން މި ދައުރުގައި އިތުރުކޮށް، އިގުތިސާދީ އިތުރު ފުރުސަތުތައް އައްޑު އަށް ހޯދައިދިނުމުގެ ގޮތުން ތިން ރަށް އިތުރުކޮށްދީފި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެލާނާ އެއާޕޯޓުގައި: ތަރައްގީގެ މަޝްރޫއުތަކަށް އަމަލީ ސިފަ ޖެހުނީ މި ސަރުކާރުގައި ކަމަށް އެމަނިކުފާނު ވިދާޅުވި.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ކުރިއެރުވުމަށް މީގެ ކުރިން ދެވިފައި އޮތް ސަމާލުކަން ކުޑަ އެވެ. ނަމަވެސް، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ ސިނާއަތް ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފި އެވެ. ބާނާ މަހަށް އެކުވި-އަގެއް ލިބޭނެ ވެލިއު އެޑެޑް އުފެއްދުންތަކެއްގެ ގޮތުގައި މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ކަންކަން މިހާރު އަންނަނީ ނިމެމުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖެ އަށް މި ގެންނަ އިގުތިސާދީ ބޮޑު ބަދަލު ފުރިހަމަވުމުން، 2028 ވަނަ އަހަރާ ހަމައަށް ދާއިރު އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ. އެއީ ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

މާލެ އަށް އޮތް ހައްލަކީ މިހާރު ހިއްކަމުން އަންނަ ސަރަހައްދުތައް

ރައީސްގެ ހިތާބުގައި ވިދާޅުވީ މާލެ އާއި ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކުލީފަށް ހައްލު ހޯދުމަށް މިދިޔަ ފަސް އަހަރު އިސްކަންދިން އެއް ކަމަކީ، ރަށްރަށުގެ ބިން އިތުރުކުރުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ހުޅުމާލެ ފޭސް 3 އާއި ގުޅިފަޅާއި ގިރާވަރު ފަޅު އަދި އުތުރުތިލަ ފަޅަކީ މާލެއަށް އޮތް ހައްލެވެ. އެކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން، މާލޭ މީހުންނަށް ދޫކުރާ ޖުމްލަ 9،031 ގޯތީގެ ތެރެއިން 6،500 އަށް ވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ މިހާރު ހައްގުވެރިންނާ ހަވާލުކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.

މަސައްކަތުގެ އެކި މަރުހާލާގައިވާ ޖުމްލަ 7،700 ފްލެޓުގެ މަސައްކަތް، މާލެ ސަރަހައްދުގައި ކުރިއަށް ދާ ކަމަށާއި ރަށްރަށުގައި އޮތް ބޯހިޔާވަހިކަމުގެ ބުރައަށް ލުޔެއް ހޯދުމުގެ ގޮތުން، ފާއިތުވީ ފަސް އަހަރު 2،732 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔަން ގެންދިޔަ ކުޑަކުއްޖަކު އުރާލައިގެން.-- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ ވެރިކަމުގެ ހައްގުތައް އަދާކުރުމުގައި ހަމަހަމަކަމާ އެކު އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށާއި ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކޮށް، ހިދުމަތްތައް ހަމަހަމަކުރުމަށާއި ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ ކޮންމެ މީހެއްގެ މައްޗަށް ސަރުކާރުން އަދާކުރާން ޖެހޭ ހައްގުތަކަށް އިސްކަންދެއްވި ކަމަށެވެ.

"ފަރުދީ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ސަރުކާރުން ހިފިން. ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް އަޅުގަނޑު މަސައްކަތް ކުރިން،" ރައީސްގެ އެންމެ ފަހު ހިތާބުގައި ވިދާޅުވި އެވެ.

72 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 2%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕޫރުބެ

12 November 2023

ކިހާ އޮމާން! މަޖުލިސްތެރޭގައި އައުވާނުންލައްވާ ތިގަންނަ ގަނޑު! މެރިކަމެއް އަމާންކޮށް ބަދަލުވާތަން އަހަރެމެން މިތިބީ ބަލަން.

The name is already taken The name is available. Register?

ނަމޭ

12 November 2023

މި ކަލޭގެ ލަދެއް ހަޔާތެއް ނުހުރެއޭ... މާ މޮޅު، ރަނގަޅު މީހެއްކަމަށް ހެދިގެން ރައްޔިތުންނަށް ހިތާބު އެބަދެއެއްނު...

The name is already taken The name is available. Register?

ޕިކޯޅޭ

12 November 2023

މިފަރަކުނުކެރޭނެއެހާރީތިގޮތަކަށްވެރިކަންބަދަލުވާތަންބަލާކަށް

The name is already taken The name is available. Register?

ކިރު ސައި

12 November 2023

ޝުކުރިއްޔާ ރައީސް. ހިތްހެޔޮ ހެޔޮލަފާ ސުލްހަވެރި ރައީސް. ގައުމަށް ހަމަޖެހުމާ، ނުހަނު ދަތިވި ދުވަސްތަކެއްގައި ގައުމުގެ ރައްޔިތުންނާއެކު ކެތްތެރިކަމާއެކު މިސްރާބަށް ދަތުރުކުރެއްވި ކުޅަދާނަ މާލިމީ. ރާއްޖެތެރޭގަވެސް ތިބީ ހަމަ ދިވެހި ރައްޔިތުންކަން ދަނެ އެރައްޔިތުންގެ އަސާސީ ހައްގުގެ ވާހަކަ ފަތުރާލަދެއްވި ލީޑަރު. އަދި އެރަށްތަކަށް ތަރައްގީގެ ކުލަގެނެސްދެއްވި ބާނީ. މަނިކުފާނަށް އަބަދުވެސް ކާމިޔާބީއަށް އެދެން. ސެލިޓް ޓޫ ޔޫ މިސްޓަރ ޕްރެޒިޑެންޓް.

The name is already taken The name is available. Register?

ލަމްލަމް

12 November 2023

އަސްލުވެސް ތީ ވަރަށް ބޮޑުތެދެއް. މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަން ބަދަލުވީ އެހާ އޮމާންކޮށް ނޫން.ވެރިކަމުން ބާލަން ވަރަށް އުދަގޫ ޖެއްސި. ވަހީދުވެސް ބޮޑާހޭކި ޔާމީން ވެސް ވޯޓުން ބަލިވީމާވެސް ވެރިކަމުން ނުފައިބާން އުޅުނު. މީއެއްމެ ރީތިކޮށް ވެރިކަން ބަދަލުވާފަހަރު.

The name is already taken The name is available. Register?

އިސް،މާއީލް

12 November 2023

އޮމާންކޮށް ދާތީދޯ ސްޕްރީމްކޯޓާހިސާބުން ނިންމުން ނިންމަންމިޖެހެނީ، ގަމާރު ނަމްބަރ އެކެއް.. ހިންޏެއްނާދޭތަ، މިހާރުވެސް ހުވާކުރުމުގެ ރަސްމިއްޔާތަށް އިހްތިޖާޖްކުރަން ފޫގަޅާގެން އެތިބީމ އޮމާންކޮށް ދާނީ މިހާކަތްވަރަކަށް.

The name is already taken The name is available. Register?

ބުލްޝތ

11 November 2023

ނޮވެމްބަރު 3 އަދި 11 އައިހެންވެސް ހީނުވޭ.

The name is already taken The name is available. Register?

މޭރު

11 November 2023

ރޮޒޭމެން މަވޯޓާމެއް އައިސް މަނިކުފާނުގެ ވެރިކަން ވައްޓާލީ

The name is already taken The name is available. Register?

ސިޔާމު،

11 November 2023

ތިހެން ބުނެފިއްޔާ ހިޔޭއްނުވޭ ފަސޭހަރަހުމަތެއްގަ ދާނެހެނެއް ބަހާ އަމަލާ ދިމާނުވާ ބޭފުޅޭއްތީ

The name is already taken The name is available. Register?

ސީމު

11 November 2023

ސުޕަމެޖޯރިޓީ ދިނީމަވެސް އެޅުނީ އެންމެ 4000 ފުލެޓު އެވެސް ނުނިމޭ މިހާ ސުލޯ ދައްސަރުކާރެއް މަހަޔާތުގަވެސް ނުދެކެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454