ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ދެ ބޭފުޅަކަށް އަރުވަން ނިންމާފައިވާ ނަމަވެސް އެއީ ކޮން ދެ ބޭފުޅުންނެއް ކަމެއް ހާމައެއް ނުކުރެ.--
12 ނޮވެމްބަރ 2023 - 18:45
ރާއްޖޭގެ ހާރިޖީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ދެ ބޭފުޅުންނަށް އެ ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ، މާދަމާ ހެނދުނު 10:30 ގައި އެ އޮފީހުގައި ކަމަށެވެ.
ނަމަވެސް އެއީ ކޮން ދެ ބޭފުޅުންނެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުން ބުނީ އެ ޝަރަފަކީ ހާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް އަރުވާ ޝަރަފެއް ކަމަށެވެ. އެ ޝަރަފުގެ ގޮތުގައި ރައީސް އަރުވާނީ، މެޑަލް އަކާއި އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެހެހެހެ
13 November 2023
މީނައަށް ނުކެރުނު ގައުމުގެ އެންމެ މަތީ ށަރަފެއް ނައިބް ރައީސް ފައިސަލް ނަސީމަށް ދޭން. ފަސް އަހަރު ބޭކާރު ގޮތުގައި ވެރިކަން ކޮށް ގައުމު ދަރުވާލީ މީހެއް. އެމީހަކާ އެމީހެއް. އެއީ މީނަގެ ހުރި މަޑުމައިތިރި ކަމަކީ.
މުޑަހަންޖާ
12 November 2023
ބޭކާރު އައްޑަނައެއް ދިނުމުގެ ބަދަލުގަ ފަހާފޮއްޓެއްކަހަލަ ބޭނުމެއްހިފޭ އެއްޗެއް ދިނުމަށް އަހަރެމެން ތާއީދުކުރަނީ.
ޕަސްލީ
12 November 2023
މައުމޫނު ވެސް ތިޔާހެން ކަރުގަ ބޮޑު ހާރެއް ބައެއް މީހުން ހައްދަން އެޅުވި. ވީކަމެއް ހަރާމް. އޭނަ ޖަލުގަ އޮތް އިރު ހާލުބެލި މީހަކު ނެތް.
ޢާދަން ހުސައިން
12 November 2023
މުޅި އުމުރަށް ބޮޑު އެލަވަންސެއް ނުދެންޏާ ހެޔޮ ޚާރިޖީ ވުޒާރާ އެންމެނަށް މެޑެލި ދިނަސް. އޯކޭ
ނޫން
12 November 2023
ފަތުހުﷲ އާއި އަމީތާބަށް ކަންނޭގެ
ބޮޑުމީހާ
12 November 2023
މި 5 އަހަރު ގައުމުގައި ބޮޓެއް ވެރިއަކަށް ބެހެއްޓުމުގެ ހިިތި ނަތީޖާ. 129 ބިލިއަނުން ގައުމު ދަރުވާލައި، ތަރައްގީގެ އަމާޒުލާހޫރޭ
ޢާލިބު
12 November 2023
ލިނޭނެ ކަމަށް ލަފާކުރެވެނީ ކެރަފާ ނަސީމް.އަދި ޝާހިދަށް
ދޮން ހަސީނާ
12 November 2023
ފޭބުމުގެ ކުރިން ގޯތި އަދި ފްލެޓް ބަހާއުސޫލުން ޝަރަޕް ވެސް ބަހަނީތޯ؟ ތިޔައީ ޝަރަޕް ލިބޭފަރާތަށްވެސް ހަޑިކަމެއް.
ޑރ. ރާމީ މ. ވައިޖެހޭގެ
12 November 2023
ކާރޕެޓެއް ވެސް ހަދިޔާ ކުރާތި! ލޮލް.
މުބީނު މ
12 November 2023
މަގޭ ކަނާއަތުން މަގޭ ވަ-އަތަށް!!! ކުޑަ ކުދިން ހައްދާލާ ގޮތަށް ބައްޕަ ދެއްވި ޢިނާމެއް މަންމަ ގެ އަތުން ދޭ ގޮތަށް!