13 ނޮވެމްބަރ 2023 - 08:53
"ސްޓްރޭންޖާ ތިންގްސް"ގެ ތަރި މިލީ ބޮބީ ބްރައުންގެ އާ ފިލްމު "ޑެމްސެލް"ގެ ފުރަތަމަ ޓީޒާ ޓްރެއިލާ ނެރެފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ މި ފިލްމުގެ ޓީޒާ ނެރުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
މި ސީރީޒްގައި މިލީ ކުޅެނީ ޝާހީ ދަރިކަނބަލެއްގެ ރޯލެވެ. އޭނާ ކައިވެނިކުރަނީ ޝާހީ އެހެން އާއިލާއެއްގެ ދަރިކަލަކާ އެވެ. ނަމަވެސް، އެއީ ނުބައި ރޭވުމެއްގެ ތެރެއިން ކުރުވި ކަމެއް ކަން އޭނާ އަށް އެނގެނީ މާ ފަހުންނެވެ. އެ ކައިވެނި ކުރުވީ ޝާހީ އާއިލާގެ ގަދީމީ ދަރަންޏެއް އަދާކުރުމަށް ގުރުބާނީއެއްގެ ގޮތުގަ އެވެ.
ކައިވެންޏަށް ފަހު އެ އާއިލާއިން އޭނާ ވައްޓާލަނީ ނުރައްކާތެރި ޑްރެގަންއެއް ދިރިއުޅޭ ހޮހޮޅައެއްގެ ތެރެއަށެވެ. އެތަނުން ސަލާމަތްވެގެން ނުކުންނަން އޭނާ ކުރާ މަސައްކަތް މި ފިލްމުގައި ދައްކާނެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ޖުއާން ކާލޯސް ފްރެސްނާޑިލޯ އެވެ.
މިލީއާ އެކު މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ރޮބިން ރައިޓް، އެންޖެލާ ބެސެޓް، ޝޯހްރޭ އަގްދަޝްލޫ، ނިކް ރޮބިންސަން، ރޭ ވިންސްޓޯން، އަދި ބްރޫކް ކާޓާ އެވެ.
އަންނަ އަހަރު ގެނެސްދޭ މި ފިލްމު ސްޓްރީމް ކުރަން ފަށާ ތާރީހު އަދި އިއުލާން ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy