އިންތިހާބީ ރައީސް މުއިއްޒު: އެމަނިކުފާނުގެ 100 ދުވަހުގެ ޕްލޭން މިރޭ ނެރެން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
15 ނޮވެމްބަރ 2023 - 12:45
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަހުގެ ޕްލޭން މިރޭ އިއުލާން ކުރުމަށް ނިންމައިފި އެވެ.
ފުރަތަމަ 100 ދުވަހު އިސްކަންދޭނެ ކަންކަމާއި ތަންފީޒުކުރާނެ ސިޔާސަތުތައް ހިމަނާފައިވާ މި ޕްލޭން ނެރުމަށް ހަމަޖެހިފައިވަނީ މިރޭ ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
އަންނަ ހުކުރު ދުވަހު ވެރިކަމަށް ވަޑައިގަންނަވާ މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް ވިދާޅުވެފައިވަނީ ބޯހިޔާވަހި ކަމަށެވެ. ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް އެފަދަ މަޝްރޫއުތައް އިއުލާން ކުރަން ޕްލޭން ކޮށްފައިވެ އެވެ.
ބޯހިޔާވަހިކަަމަށް މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ޕްލޭނަކީ ފުށިދިއްގަރު ފަޅު ހިކައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެކަމަށް ފައިސާ ވަނީ ހިމަނައިފަ އެވެ.
ފުރަތަމަ 100 ދުވަހުގެ ޕްލޭންގެ އިތުރުން މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ކެމްޕެއިންގައި ހުރިހާ ރަށެއްގައި އަދި ހުރިހާ ހަފުލާއެއްގައި ދެއްކެވި ވާހަކަތާއި މުހިންމު ވައުދުތައް ހިމަނައި ފޮތެއް ނެރޭނެ އެވެ.
އެއީ، އެމަނިކުފާނު ދެއްކެވި ވާހަކަތަކާއި ވައުދުތައް އަބަދުވެސް ރައްޔިތުންނަށް ފެންނާނެ ގޮތަށް ބޭއްވުމަށް ކަމަށާއި އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުން ނުވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހައްމަސު މޫސާ
15 November 2023
މިކަނަކަން ނިންމާ ރައްޔިތުން އުފާކުރާނީ މުއިޒް.
ނޫރުﷲ
15 November 2023
މަށަށް ފެންނަ މަންޒަރަކީ މި 5 އަހަރު ބޯހިޔާވެހިކަން 65000 އާއިލާއަށް ހޯދައިދީ ތާޜީހުގައިވެސް އަލަށް ދެވަނަ ދައުރަކަށް ހޮވޭ ރައީސް އަކަށް މުއިޒް ވާ ތަން.
ލުހާމް
15 November 2023
ވެރިކަމުގެ 100 ދުވަހާ ދޭތެރޭ އެއްވެސް ޝައްކެތް ނެތް. އެނގެނީ ވެރިކަމަށް މި ހޮވިވަޑައިގަތީ އާދައިގެ ބޭފުޅެއް ނޫން ކަން. އާދައިގެ ކަމެއްވެސް ނުކުރައްވާނެ.
ސާމް ނާފިޒް
15 November 2023
ޑރ.މުއިއްޒް ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދާނެކަން ޔަގީން.
ސަމާހް މުހައްމަދު
15 November 2023
އުފާވެރި ހަބަރެއް
ޝަމްރާާ
15 November 2023
އިރާދަކުރެއްވިއްޔާ ޑރ މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް ލިބެންޖެހޭ ބޯހިޔާވަހިކަމުގެ މައްސަލަ އައް އަވަސް ހައްލެއް ލިބިގެންދާނެ.
ކިރު ސައި
15 November 2023
މުޅިންވެސް ސާދިމް، ގިޔާސް. ބޮޓުންތައް އުތުރިއަރަނީ.
ޔައުގޫބްް
15 November 2023
ތި 100 ދުވަހުގެ ޕްލޭންގަ ރައްޔިތުންނަށް މަންފާކުރާނެ އެތައް ކަމެއް ހިމެނިގެން ދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރަން. ތަފާތު ފެންނާނެ
ސާދިމް
15 November 2023
ބޯހިޔާ ވަހިކަން އެއީ ޑރ.މުއިއްޒު އެންމެ އިސްކަން ދޭނެ ކަމަކީ. އަދި މި ނޫނަސް ރައްޔިތުންނަށް ވަރަށް ފައިދާ ކުރާނެ އެތައް ކަމެއް 100 ދުވަހުގެ ޕްލޭނިންގް ގަ ހިމެނާނެ ކަމާ މެދު ޝައްކެތް ނެތް.
ގިޔާސް
15 November 2023
ސާބަހޭ ޑރ.މުއިއްޒު. އެހެން ރައީސުން ރަށް ރަށަށް އަރާ މޮޅު ވައުދެއް ވެފަ ތިބެނީ އެކަން ހަދާން ނެތިފަ ދައުރު ނިމިގެން ދާ އިރުވެސް. ވައުދު ތައް ރައްޔިތުންނަށް އަބަދުވެސް ފެންނަ ގޮތަށް ފޮތެއް ނެރުން އެއީ މުއިއްޒުގެ ދެފުއް ފެންނަކަން.