އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ލިޔުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާއާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
16 ނޮވެމްބަރ 2023 - 13:04
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.
ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ މެއި މަހު އެވެ. އޭނާ އަށް އިތުރު ދައުރެއް ދޭން މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފަ އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މެމްބަރު ކަމަށް ނަޝާތު އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އޭނާ އަށް ހުވާލައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި ލިޔުން ހާވާލު ކުރެއްވުމުގެ ކުރިން، ރައީސްގެ ކުރިފުޅުމަތީގައި އީސީގެ މެންބަރު ކަމުގެ ހުވާ ނަޝާތު ކުރެއްވި ކަމަށާއި އޭނާ އަށް ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނަޝާތުއާ އިންޓިވިއުކޮށް، އާންމުންގެ ހިޔާލާ އެކު، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ މިދިޔަ މަހުގަ އެވެ.
އެ ކޮމިޓީން ނިންމި ގޮތަށް، އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރަން މަޖިލިހުން އިއްޔެ ފާސްކުރީ، އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަޝާތު އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ސަރުކާރުގައި 2018 ވަނަ އަހަރު އައްޔަންކުރި ނަޝާތުގެ ދައުރު މިދިޔަ ޖުލައި މަހަށް ހަމަވެފައިވާ އިރު، މިދިޔަ ރިޔާސީ އިންތިހާބު ވެސް ބޭއްވީ ކޮމިޝަނުގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުން ތިއްބަވައިގެންނެވެ. އެއީ އީސީގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފެވެ.
އިންތިހާބު ކުރިން، މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، މެމްބަރުންގެ ބައްދަލުވުންތައް ނުބޭއްވޭ ވަރަށް އީސީގެ އެތެރޭގެ މައްސަލަ ގޯސްވި އެވެ. އެކަމަކު، އެ ހިޔާލު ތަފާތުވުންތައް ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ހައްލު ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން އޭރު ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީޒަން ޖެކުހަން
16 November 2023
އިބޫ ކީއްވެތަ ފަޔަށް ހިނިއަރައިގެންއުޅޭފާޑަށް މިއުޅެނީ؟
މަ ބުނީ
16 November 2023
ކޮބާއި އޭ ސީ ސީ ! އެކަމުގެ މުހިއްމުކަށް ކުޑައީބާ!!!!!!
ސިމްޕަލް
16 November 2023
ރައީސް ސޯލިހް ރައީސްގެ ހައިސިއްޔަތުން އެންމެ ފަހު ކަމަކަށް ކުރައްވާނީ ކޮންކަމެެއްބާ؟ ގައިމު ވެރިކަމުގައި އެންމެ ފާހަގަވާ ކަމަކަށް ކުރެއްވި ކަމަކީ ހޯރަ އިއްބެއާ، އަދީބާ ޒިޔަތުއަށް މައާފު ދެއްވުން. ދެން ކީރިތި ކުރެއްވުން.