ޚަބަރު / އައްޑޫ

އައްޑޫގެ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު މީހަކު ވެއްޓި، މަރުވެއްޖެ

ދަތުރުގޮސް އުޅެނިކޮށް މަރުވި އަހުމަދު މުހައްމަދު.-

އައްޑޫގެ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު މީހަކު ވެއްޓި މިއަދު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ހިތަދުއަށް އުފަން އަހުމަދު މުހައްމަދު، އެއްރުއްހެރާ ނަމަކަށް ކިޔާ ފަޅު ރަށަކަށް އިއްޔެ ހަވީރު ދިޔައީ އޭނާގެ ރައްޓެހިންނާއި އާއިލާގެ ބަޔަކާއެކުގަ އެވެ.

އެ މީހުންނާ އެކު އުޅުމުގެ ތެރޭގައި އަހުމަދު، 28، މިއަދު އެއްފަހަރު ބިން މައްޗަށް ވެއްޓުނު ކަމަށްވެ އެވެ. އެކަމަކު، ފެނާއި ޖޫސް ދިނުމުން ފަހުން ރަނގަޅުވި އެވެ.

އޭނާ މަރުވީ، ދެ ވަނަ ފަހަރަށް ވެއްޓުނު ފަހުންނެވެ.

"ވެއްޓިފައި އޮއްވާ ފެނުނުއިރު ނޭވާ ލާ. ޓެންޓު ކައިރިއަށް ގެންދިޔަ ފަހުން ނޭވާނުލާން ފެށީ. އެކަމަކު ވިންދު ހުރި. އެހެންވެ، ވަގުތުން ކޯސްޓްގާޑަށް ގުޅައިގެން މި ގެންދިޔައީ. ފޭދޫ ހެލްތު ސެންޓަރަށް ގެންދިޔަ ފަހުން މަރުވީ." މިކަން ހިނގިގޮތް އެނގޭ މީހަކު ކިޔައިދިނެވެ.

އެކަމުގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

16 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 76%
icon angry icon angry 11%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

20 November 2023

ދެރަކަމެއް. ދެން މީކިހިނެއް ދިމާވި މަރެއްކަންވެސް މި ހޫސްތަކުން، ފުލުހެންގެ ފަރާތުން، ހަސްޕަތާލުގެ ފަރާތުން ނޭންގޭނެ. މިއޮތީވާ ގައުމެއް.

The name is already taken The name is available. Register?

އެންޓިޒް7

19 November 2023

ފުލުހުން ބޮލަށް ކަނޑާލާ ގޮތަށޭ ތި ލިޔަނީ. އެމީހުންގެ ހޭލުންތެރިކަން ކޮބާ؟ އެއްފަހަރު ވެއްޓުނީމަ އާދައިގެ ކަމަކަށް ހަދާފަ މަޖާކުރެވޭތޯވިއްޔަ ތިބެލީ

The name is already taken The name is available. Register?

ޢިހްސާސް

19 November 2023

ތިތާ ތިބިބަޔަކަށް އެބަ އެނގޭ އޭނާ ފުރަތަމަ ވެއްޓުނީ މަޖަލަށް ނޫންކަން. ދެން ޑޮކްޓަރާ ހަމައަށް ނުގޮސް ލަސްކުރިކަން ދެރަ.

The name is already taken The name is available. Register?

ހޭލުންތެރިކަން ބޭނުން

18 November 2023

އާރޓިކަލް ކިޔާލުމުން ފާހަގަ ކުރެވޭ އެއްކަމަކީ، ހޭލުންތެރިކަން ކުޑަކަން. ކަމަކާނުލައި މީހަކު ވެއްޓި، އަދި އޭނާގެ ޙަރަކާތްތަކާ ނޭވާލުމަށް ބަދަލު އައުމުން، ޖޫހާ ފެނާ ދީފަ އެހިސާބުން މާ ސީރިއަސްކަމެއް ދެވިފައި ނުވާކަން ފާހަގަ ކުރެވޭ. ވެއްޓުނު ސަބަބެއް އަދި ވެއްޓުމުން ވެފައިހުރި ގެއްލުމެއް ބަލަންޖެހޭނެ. މިއީ ޞިއްޙީ އަވަސްފަރުވާއަށް މީހާ ގެންދަންޖެހޭ ޙާލަތެއް. މިކަން ނުކުރެވުނުކަން ވ ދެރަ

The name is already taken The name is available. Register?

އަހްމަދު123

18 November 2023

ﷲ މިމީހާގެ ފުރާނައަށް ހެޔޮރަހުމަތްލައްވައި އޭނާގެ ފާފަފުއްސަވައި ޒުވަރުގެ މިންވަރު ކުރައްވާދޭވެ. އާއިލާއަށް ކެތްތެރިކަން ދެއްވާދޭވެ. ހަމަކަށަވަރުން އަޅަމެންގެ މަރަކީ އެންމެ ގާތުގައިވާ ކަން....އެކަމަށް މީހާގެ އުމުރެއް ލަހެއްފަހެއްނެތް....ދުނިޔޭގެ ވަގުތު ރަނގަޅު ހެޔޮގޮތުގައި ބޭނުންކުރުމުގެ ހެޔޮތައުފީގު މިއަޅާއަށާއި ތިޔަ އެންމެނަށް ދެއްވާދޭވެ.

The name is already taken The name is available. Register?

އމމމމމ

18 November 2023

އެސްޓްރަޒެނެކާ ގެ ވެކްސިނަކީ ސިކުނޑީގެ ނާރުތަކުގައި ލޭ ގަނޑުވުމުގެ އެތަކެއް ކޭސްތަކާ ގުޅިފައިވާ ވެކްސިނެއް. ދާދި ފަހުން ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި މި ވެކްސިންގެ ސަބަބުން ނާރުތަކުގައި ލޭ ގަނޑުވެ ސްޓްރޯކް އަދި ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވޭ. މި ކޭސްތަށް ވެކްސިން ޖެހި ޒުވާން އުމުރުގެ މީހުންގެ ކިބައިންވެސް ރިޕޯޓްކޮށްފައިވޭ. ކޮވިޑް އިން ދިފާއުވުމަށް ވެކްސިން ޖެހުމުން ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން ހެން ބޮޑީ ހީވަނީ.

The name is already taken The name is available. Register?

އެއްޗެކޭ ކިޔާހިތުން

19 November 2023

ކޮވިޑް ވެކްސިން އާ ހަމަ ކޮންމެ ކަމެއްވެސް ގުޅުވަން އުޅޭ ދެތިން މީހުން ރާއްޖޭގައި އުޅޭ. އޭގތެރެއިން މީހެއްބާ. ކޮވިޑް ވެކސްިންގެ ސަބަބުން އަހަރެމެނަށް އެ ބަލި އެއްކޮށް ކޮންޓރޯލް ކުރެވިއްޖެ، އެއަށްވުރެ ބޮޑު ފައިދާއެއް ކޮބާ. ދެން މަރުވި މީހާގެ ޕޯސްޓްމޯޓަމްވެސް ނުހަދާ ހަމަ ކޮވިޑް ވެކްސިންއާ ގުޅުވުމުން ވަރަށް ފޭކް ދޯ؟

The name is already taken The name is available. Register?

މާލެ މީހާ

18 November 2023

ވެއްޓި ބޯ ޖެހުމުން މީހާ ރަނގަޅު ކަމަށް ހީވި ނަމަވެސ ކޮންކަށަން އަކީ ވަރަށް ސީރިޔަސް ކަމެއް. ގިނަ ފަހަރަށް މިގޮތަށް ދަތުރު ގޮސް އުޅޭ އިރު ވަރުބަލި ވެފަ ހުންނަހެން ހީވެގެން މާ ބޮޑު ކަމަކަށް ނުވާ ކަމަށް ހުރެވިދާނެ. ނަމަވެސއ ކިރިޔާ ބޯ އަނބުރާ ވަރުބަލިވެ މޭނުބައި ކުރާ ގޮތް ވާނަމަ ދަތުރު ބޭކާރު ވިޔަސް އަވަހަށް ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ސްކޭން ނެގުން މުހިންމު

The name is already taken The name is available. Register?

123321

18 November 2023

ބޮޑުބޭބެ ރަށުން ޓެސްޓް ކުރަން ގެނައި ވެކްސިން ޖެހިފަހުން މިކަހަލަ މަރުތައް ގިނަކަން ފާހަނގަ އެބަވޭ، މަޖުބޫރުކޮއްގެން އަހަރެމެންގަޔައް އެޖެހީޔޭ، ކޮބައިތަ ރަތްޔިތުނައް ޖެއްސުންކޮށް ކޮވިޑްގެ ނަފާނެގި ބައިގަނޑު، ހަކުރުކިލޯ 14 ރުފިޔާއައް ގަނެ ކަޓް ނަގާ ބޭކާރު ޚަރަދުކޮއް ރަތްޔިތުންގެ ފައިސާ ތަޅާބުރުވީ

The name is already taken The name is available. Register?

އަންނި

18 November 2023

ސީޕީއާރް ދިންނަމަ

The name is already taken The name is available. Register?

މަލާ

18 November 2023

ސީޕީރު ދިން.ކޯސްޓްގާޑު އޭއްވޭތިކޮށަސް ހުއްޓަނިލާއި ދެރެދެރެ ތިބީ

The name is already taken The name is available. Register?

ހިތަދޫ ހުސެން

18 November 2023

ޕޮސިބަލް ކާޑިއެކް ފެއިލިއާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454