ކޭޕާކް މަންޑޭ: އޭނާގެ އަގު ބޮޑު މުދާތަކެއް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި.
19 ނޮވެމްބަރ 2023 - 11:01
ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތުވާ އަގު ބޮޑު މުދާ އެއް އަހަރު ދުވަހަށް ހިފަހައްޓައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަންޑޭގެ މުދާ ހިފެހެއްޓީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެެއްގެ ދަށުންނެވެ. އެ އަމުރު ނެރުނީ މަންޑޭ އާއި އޭނާގެ އަންބެއްގެ މައްޗަށެވެ. ތުހުމަތުވާ އެކައުންޓަކަށް ޖަމާކުރި ފައިސާ އެ އަނބިމީހާ އަށް ލިބި އަދި އެ ފައިސާއިން އޭނާ ބޮޑެތި ހޭދަތައް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަހުގީގުން ދައްކަ އެވެ.
އަމުރުގައިވާ ގޮތުން ތަހުގީގު ނިމެން ދެން ހިފެހެއްޓީ ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ.
އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސްގެ އިތުރުން، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ.
މަންޑޭގެ ޕެންޓްހައުސް ހުންނަ އެފްޑަބްލިޔު ރެސިޑެންސް-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފުލުހުން ރޭ މީޑިއާތަކަށް ބުނި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މަންޑޭ ދިރިއުޅޭ ގެ އަންނަނީ ބަލައި ފާސްކުރަމުންނެވެ. ފުލުހުން ވަނީ މީގެ ކުރިން ވެސް މަންޑޭ ކުއްޔަށް ދިރިއުޅެމުން ދިޔަ އަމީން އެވެނިއު އެޕާޓްމެންޓު ބަލައި ފާސްކޮށްފަ އެވެ.
ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ މެއި މަހު އެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކުރުމަށް ފަހު މިހާރު ދޫކޮށްލާފައި ހުއްޓަސް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
ހަންބޯ ކޮމްޕެނީގެ 95 ޕަސެންޓް ހިއްސާ ޝިއުން ޖިން އަށް އޮންނައިރު މަންޑޭގެ ހިއްސާގެ މިންވަރަކީ ފަސް ޕަސެންޓެވެ. ކޭ-ޕާކް މަޝްރޫއު ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކްއާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީ އަކީ މަޝްރޫއު ހިންގައި މާކެޓްކުރުން ފަދަ ކަންކަމާ ރާއްޖެއިން ހަވާލުވި ކުންފުންޏެވެ.
އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވިއްކައި ފައިސާ ހޯދައިގެން އެ ފައިސާ ބޭނުންކުރި ކަމަށް މަންޑޭގެ މައްޗަށް ތުހުމަތު ކުރެ އެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި އަދި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީލ
20 November 2023
ދެރައީ މަންޑޭގެ މުދަލުގަ ހުރި އަގުވެސް އޭނާ ގައިގަ ނެތީމާ.. މުދާ އަގު ހުރިވަރުން އަހަރު ދުވަހު ހިފެެހެއްޓޭއިރު މީހާ މަސްދުވަސް ނުވަނީސް ދޫކޮށްލައިފި
ދޯގެ
20 November 2023
ދުނިޔެމަތީ ސުވަރުގޭގަ އުޅޭތަން ސޯޝަލލްމީޑިޔާޔަށް ލާފާ ފޮނިދައްކާނީ އަސްލު ވައްކަންކޮއްގެން ހޯދި ފައިސާދޯ... ކުއްލި އާދަޔާހިލާފު މުއްސަންދިކަމެއް.. އެވެސް މަގުމަތީގަ ދަމާ ކަންޑަން އުޅެނިކޮއް ލައްވާލީ...
ފުލުސް މީހާ
20 November 2023
އަންނަނީ ހިނި. 1 އަހަރުވެގެން ދިޔަ ތަހުގީގެއްގައި ދޮނުނުއެއް ދޮވެ ނިމުނުފަހުން މިއަދުބާ މިތަން ބަލާފާސް ކުރަން ޖެހުނީ، ރިޔާސް ހަމަ އަމާބުނީތީ ދަފަށް ދޯ މިދަނީ
އަތްޔަ
19 November 2023
މަންޑޭ ކިއީ ކުރަން ބޮންޑޭއަތް ވިޔަސް މިފަޑަބޮޑެތި. މަކަރާއި ހީލަތުން ކަންކަންކުރާ މަކަރުވެރި ހީލައްތެރިން މިމުޖުތަމައު ތެރޭގަ މިނިވަންކަމާއި އެކުއުޅެންދޫކޮއްފަ. ތިބޭތީވާގޮތްއި އަދިވެސް ހަމަ އޭނައުޅޭނީ އެގޮތުގަ.ދެން. އޭނަލަނޑުދޭނީ އެހެންމީހަކަތް ދެންއެހެން މީހަކަތްލަނޑު ނުދެނީސް އަވަހައް އިންސާފުގެ ކުރިމަތްޗައް ގެންގޮސް. އިންސާފުން ށަރީއަތް ކޮތްފަ ހައްގުއަދަބު ދޭންވީ
ހައިރާނ
19 November 2023
ތިތަންތަންހޯދާ ފާސްކުރަންވީ މިއަދުބާ! ތަޙުޤީޤާއި ތިކަންތައްދާގޮތުން ވަރަށް ސުވާލުއުފެދޭ.
ކައްޓިމާ
19 November 2023
ކޯޓުއަމުރުން މުދާ ހިފެހެއްޓި އަނބިމީހާ އަށް ރައީސް އޮފީހުން ވަޒީފާ. މީ ވަރަށް ވާހަކަ
ކާތިބާގެ ދަރި
19 November 2023
ބަލަގަ. ރައީސް އޮފީހުން ބޮޑު މަގާމު ދިނަސް، އެއޮތީ "ވައްކަމެކޭ މީހުން ކިޔާތީވެ" ހަރު އަޑުން އެންމެ ބާރު ދުވެލީގަ މައްސަލަ ބަލަން ފަށާފައެއްނު. ދެން ނިމޭއިރު ސާފު ބޯކިރުކޮޅަކަށް ވުމަކީ ރައީސް މުއިއްޒުގެ މައްސަލައެއް ނޫނެއްނު. އެއީ ހަގީގަތެއް ނެތް ދޮގު އިލްޒާމުތައް ބަޔަކު އެ ދެމެފިރިން ބޮލުގަ އަޅުވަނީއެއްނު. ފެންނަ ފެނުމަށް ވަރަށް ތެދުވެރިފާޑު ޖަހަނީ. މައްސަލަ ނިންނާފަ ގެއްލުނު އަބުރުގެ ބަދަލަށް ބިލިޔަމުން ޖެހޭނެ ދައުވާ ކުރަން
ސުންކުން
19 November 2023
1 އަހަރަށް ހިފެހެއްޓުމަކީ ކޮން ބޭނުމެއް ގަ ކުރި ކަމެއްތަ. ބަލައެއް ނުގަނެވޭނެ. ކޮން 1 އަހަރެއްތަ؟
ހީވާގޮތުން
19 November 2023
ބޮޑަށް ލަފާކުރެވެނީ ތަހުޤީގް ފުރިހަމަކޮށް ޝަރީޢަތް ފަށަންދެކަށް ހިފެހެއްޓީ ކަމަށް. ޝަރީޢަތުން ސާބިތުވުމުގެ ކުރިން މީހުންގެ މުދާ މުއްދަތެއްނެތް ގޮތަށް ހިފެހެއްޓިމުގެ ބާރު ދީފިނަމަ ނުހަމަ ގޮތުގަ ކުށެއްނެތް މީހެއްގެ މުދާ ހިފަހައްޓައިގެންތިބެވިދާނެ އެމީހާގެ އަޖަލު ޖެހެންދެންވެސް. އެއްވެސް ހާލެއްގަ މި މަންޑޭއަކީ އެބުނާ ކުށް ނުކުރާމީހެކޭ ނޫން. މި ކޭސްގަ ކުއްވެރިއެއްކަން އެބަ އެނގޭ. އަބަދު އެހެން ނުވެދާނެ. އެހެންވީމަ ހެދިގޮތް ރަނގަޅު. ތަންކޮޅެއް ލަހީ.
ޖިމޯ
19 November 2023
އެކި މީހުންނަށް އެކި ގޮތް ތޯ؟ ކޮބާ އަލްހާނު ފަހުމީ މީހުން އަތުން ހޯދި ފައިސާއިން ގަތް ހާ މުދަލާއި ފައިސާ؟ އޭނަ ވަނީ އޭނަގެ ބޭންކް ލޯންތައް ވެސް އަދާކޮށްފަ ކަމަށް ކިޔާ. މިހާރު ނޫހުގައި ކުރީގައި އޮތް 100 މިލިއަން މީހުން ނަގާފަ ވާ ކަމަށް. މަންޑޭ މައްސަލަ އައީ އަދި މާ ފަހުން..
ދޮން މޫސަ
19 November 2023
ތިޔަމީހާގެ އެއްވެސް ކުށެއްނެތް ކަމަށް ނިމި ދެމަފިރިން އުފަލުގައި އުޅެފޫއެވެ. އ.ހ
ފަގުޑި
19 November 2023
އަދި މިނިވަންވެގެން ގޭގަ ގިޓާކުޅެން އިނދެލާފަ، ދެމަފިރިން އެކުގަ ޑުބާއިއައް ނައްޓާލާނެ. ކުރީރޭވެސް އެފުރައިގެން ނައްޓާލީ އޭގެ މީހެއް.
އަވަހޭ
19 November 2023
މީނަގެ މޮޅުކަން ކޮވިޑު ތެރޭ މަޝްހޫރުކުރި ނޫސްތައް ކޮބާބާ...