ވިޔަފާރި / ފެނަކަ ކޯޕަރޭޝަން

4.2 މިލިއަން ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ އޮފީހެއް. އީޕީއޭ އިން ވަނީ ފެނަކަ ޖޫރިމަނާކޮށްފައި -- ފޮޓޯ: މިހާރު

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދުގެ ދަށުން އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް 21 ރަށެއްގައި އިންޖީނުގެ އެޅުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާތީ 4.2 މިލިއަން ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކުރި އިއުލާނުގައި ފެނަކައަށް އަންގާފައި ވަނީ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށެވެ.

އީޕީއޭ އިން ބުނި ގޮތުގައި ގަވައިދުގައި ބުނާ މަރުހަލާތައް ފުރިހަމަކުރުމަށް ފަހު ކުރިއަށް ގެންދިއުމަށް ވަނީ އެދިފަ އެވެ.

މީގެ ކުރިން ވެސް ފެނަކައިން ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާތީ ހަ ފަހަރެއްގެ މަތިން ފިޔަވަޅު އެޅި އެވެ.

އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް އިންޖީނު ގެ އަޅާ ރަށްތަކަކީ ހއ. އުލިގަމާއި ހއ. އުތީމާއި ހއ. ދިއްދު އާއި ހއ. މުރައިދު އާއި ހއ. މޮޅަދު އާއި ހދ. ފިނޭ އާއި ހދ. ކުޅުދުއްފުއްޓާއި ހދ. ކުމުންދު އާއި ށ. ފޭދޫ އާއި ށ. މާއުނގޫދު އާއި ށ. ކޮމަންޑު އާއި ނ.ފޮއްދު އާއި ނ. ކެނދުކުޅުދު އާއި ރ.ރަސްގެތީމާއި ރ. ކިޅޮހާއި ޅ.ކުރެންދު އާއި ދ. މީދު އާއި ލ.މާބައިދު އާއި ގދ. މާވަރުލު އާއި ގދ.ރަތަފަންދު އާއި ގއ. ވިލިނގިލި ހިމެނެ އެވެ.

20 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 6%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

LaamuonlineDOTcom

20 November 2023

މި އީޕީއޭ އަކީ ކީއްކުރާބައެއްބާ؟ ކޮބާ މިމީހުންގެ މަސައްކަތަކީ ނުވަތަ ޒިންމާއަަކީ؟ ޖޫރިމަނާކުރުންތަ؟ ކަމެއްވެނިމެންދެން ސިއްރުންބަލަންތިބެފަ ޖޫރިމަނާކުރުން؟ ޖޫރިމަނާއޭ ކިޔާފަ އަތުލާ ފައިސާތަކުން ކުރަނީކީއް؟ ގައިމު ބޯޓުފަހަރު ފަރަށް އެރީމާ ޖޫރިމަނާއޭ ކިޔާފަ މިލިޔަނުން ބިލިޔަނުން ފައިސާ އަތުލާ އެކަމަކު ގެއްލުން ލިބުނު ފަރު މަރާމާތުކުރާކަށް އެއްވެސް ކަމެއް ނުވަތަ ހަރަދެއްކުރޭ

The name is already taken The name is available. Register?

ސައީދުގެ ވަގު ބިޓް ސުދާ

20 November 2023

ތިޔަ ލާރިނަގަންވީ ފެނަކައަކުން ނޫން. ތިކަން ކުރަންއެންގި ސައީދާއި، އޭނާ އަންގައިގެން ތިޔަކަން ކުރުވި މީހުން އަތުން. މިހާރު ފެނަކަ އިނދަޖައްސާލާފައި ބާތޮށި ގަނޑަކަށް ހަދާލާފައި، އޭނާ އެތެޅި ބާލަނީ، އެލާރި ގަނޑުން މަޖްލީހަށް ކުރިމަތިލާން. ދައުލަތަށް މިކަހަލަ ގެއްލުން ދޭ އިސްވެރިންގެ ގޮތުގައި ތިބޭ މީހުން، ސީދާ އެކަމަކަށް ޒިންމާނަގާ ގޮތަށް ނަހަދާނަމަ، ތިޔަކަމަކަށް ދުުވަހަކުވެސް ޙައްލެއް ނާންނާނެ.

The name is already taken The name is available. Register?

ޢިބޫ

19 November 2023

އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް އިންޖީނު ގެ އަޅާ ރަށްތަކަކީ ހއ. އުލިގަމާއި ހއ. އުތީމާއި ހއ. ދިއްދު އާއި ހއ. މުރައިދު އާއި ހއ. މޮޅަދު އާއި ހދ. ފިނޭ އާއި ހދ. ކުޅުދުއްފުއްޓާއި ހދ. ކުމުންދު އާއި ށ. ފޭދޫ އާއި ށ. މާއުނގޫދު އާއި ށ. ކޮމަންޑު އާއި ނ.ފޮއްދު އާއި ނ. ކެނދުކުޅުދު އާއި ރ.ރަސްގެތީމާއި ރ. ކިޅޮހާއި ޅ.ކުރެންދު އާއި ދ. މީދު އާއި ލ.މާބައިދު އާއި ގދ. މާވަރުލު އާއި ގދ.ރަތަފަންދު އާއި ގއ. ވިލިނގިލި ހިމެނެއޭ ކޮން ތާކު މިޖެހުނީ

The name is already taken The name is available. Register?

ސަމްސިއްޔާ

19 November 2023

ތިޔަ ހުރިހާ ރަށެއްގައި ކުއްލިއަކަށް އެއްފަހަރާތަ އިންޖީނުގެ އަލަން ފެށީ؟؟

The name is already taken The name is available. Register?

ދޮން ހަސީނާ

19 November 2023

އީޕީއޭ އަކީ ޖުރުމާނާ ކުރުމަށް ވަރަށް މޮޅު ބައެއް. އެމީހުންގެ ޖުރިމާނާ މިލިއަނުން ދަށެއްނުވާނެ. އެކަމަކު ދުވަހަކުވެސް އަޑުއެހިންތޯ އީޕީއޭ އިން ތިމާވެެށި ރައްކާތެރި ކުރުމުގެ ގޮތުން އެއްވެސް ކަމެއްކުރި ކަމެއް؟

The name is already taken The name is available. Register?

ހގގތ

19 November 2023

މިއީ ކާކަށް ކޯޗެއްދައްކަންކުރާކަމެއްބާވައެވެ. ކަނާއަތުން ވައަތުގައިތިއެޅެނީ ވަޅި. ކަންތިއޮތީވެފަ. ފެނަކައަކީ އަމިއްލަމީހެއްގެތަނެއްނޫން. ސަރުކާރުތަނެއް. ތިފައިސާ ތިތަންތަން ހިންގިމީސްމީހުންއަތުންނަގާނަމަ، ކުރަންވީ.

The name is already taken The name is available. Register?

ކާތިބު

19 November 2023

ޖުމްހޫރީ މައިދާނުގައި އިހަށް ދުވަހު އެބޮޑު ރަސްމިއްޔާތަށް މުޅިތަނުގައި އެހެދި އެއްޗެއް އެހެދީ ކޮން އީއައިއޭ އެއް ހަދައިގެންތޯ؟ ބަލަ އެވެސް ޕާކެއް ނޫންތަ؟ މޮޔަވެފަތަ ތިތިބެނީ. އިންޖީނުގެ އެޅީ ރަށްރަށުގެ ރައްޔަތުންނަށް ދިން އަސާސީ ޚިދުމަތެއްގެ ގޮތުގައި. ދެން ގޮސް އެތާ އީއައިއޭ ހަދާބަލަ ތިޔަ އެޖެންސީ އިން ހަދާފަ ރިޕޯރޓެއް ނެރެބަލަ. މިކަން އެކަން ފުރިހަމަ ކުރަން ޖެހެޔޭ ކިޔާފަ، އަދިވެސް އަޑު ގަދައޭ ނުވަތަ ދުން ބޭރުވަނީ މީހުންގެ ތެރެޔަށޭ ކިޔާފަ!

The name is already taken The name is available. Register?

އަލީ ހަސަނު

19 November 2023

ސަރުކާރު މިޖޫރިމަނާކުރަނީ ސަރުކާރުތަ؟

The name is already taken The name is available. Register?

ބަލިމީހާ

19 November 2023

21 ރަށުގެ އިންޖީނުގެ އަޅައިފި ނޫންތަ. އީޕީއޭ އަކަށް ނުޖެހޭ އެކަމަށް ތަނެއް ޖުރުމާނާ ކުރާކަށް. ތިޔަތަނުން ހަދާ އެއްޗެއް ދުވަހަކު ވެސް އެބުނާ މުއްދަތަކަށް ނިންމައެއް ނުދޭ. ނައީމްބެ ވެސް އުޅޭނީ ކޮންމެވެސް ކަޑައެއް ހިންގޭތޯ.

The name is already taken The name is available. Register?

ޖޫރުމޭނާ

19 November 2023

ރައްޔިތުންގެ ފައިސާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454