އޭޖީ އޮފީހުގެ ފަރާތުން މަޖިލީހަށް ދިޔަ ޓީމު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
21 ނޮވެމްބަރ 2023 - 10:41
އަންނަ އަހަރުގެ ބަޖެޓުގެ ހަރަދުތައް ކަނޑައެޅިފައިވާ ގޮތަށް ކުޑަ ނުކުރެވިއްޖެ ނަމަ ބަޖެޓު ފައިނޭންސިންއަށް 19 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
ބަޖެޓު ކޮމިޓީއަށް އޮޑިޓް އޮފީހުން ހުށަހެޅި ލަފާގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓަށް 17.2 ބިލިއަން ރުފިޔާ ހޯދަން ޖެހޭ އިރު، ސަބްސިޑީ ރިޕޯމު ކުރުމާއި ހަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތައް ތަންފީޒު ނުކޮށްފި ނަމަ އެ އަދަދަށް 1.8 ބިލިއަން ރުފިޔާ އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.
ބަޖެޓު ކޮމިޓީގައި އޮޑިޓް އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ވިދާޅުވީ، ބަޖެޓު ސަޕޯޓު ލޯނުގެ ގޮތުގައި ވެސް ބޮޑު އަދަދެއް ހޯދަން ކަނޑައަޅާފައި އޮތް އިރު އެއީ ބޭރުގެ މާކެޓަށް ގޮސް ހޯދަން އެހާ ފަސޭހަ އަދަދަކަށް ނުވެދާނެ ކަމަށެވެ. އެހެންވެ އެހާލަތުގައި ފޮރިން ރިޒާވަށް ކުރާ އަސަރު ދެނެގަނެ އެ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތައް ދެނެގަތުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޖީ އޮފީހުން ބަޖެޓާ ގުޅޭ ގޮތުން ދެއްވި ލަފާގެ ކަރުދާސް -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ބަޖެޓް ސަޕޯޓަށް ނަގާ ލޯނުތައް ވެސް ގާނޫނުގެ ސަސްޕެންޝަން އިން ގޮތުން ނެގުމަކީ ގާނޫނުގެ ރޫހާ ހިލާފު ކަމެއް. ބަޖެޓު ސަޕޯޓު ލޯނުގެ ގޮތުގައި އަހަރު ތެރޭގައި 450 މިލިއަން ޑޮލަރު ހޯދުމަކީ އުނދަގޫ އަމާޒެއްގެ ގޮތުގައި ބަޖެޓު ކަރުދާހުގައި ވެސް ފާހަގަކޮށްފައި އެބައިން. އަދިި މި ފައިސާ ނުލިބޭނެ ހާލަތެއްގައި ފޮރިން ރިޒާވަށް ކުރާ އަސަރު ދެނެގަނެ އެ ހާލަތްތަކުގައި އަމަލުކުރާނެ ޕްލޭނެއް ތައްޔާރުކުރުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.
އޮޑިޓް އޮފީހުން ވަނީ ދައުލަތުން އާސަންދަ އާއި ޕެންޝަނަށް ކުރާ ހަރަދު އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން ދާކަމުގެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
"ދައުލަތުގެ ބަޖެޓުން ޑަބަލް ޕެންޝަނަށް ކުރާ ހަރަދު ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑުވާނެ ކަމަށް ބެލެވެނީ. ސަބްސިޑީއަށް ކުރާ ހަރަދާއި ޑައިރެކްޓް ސަބްސިޑީ ޓްރާންސްފާ ނިޒާމަށް ބަދަލުކޮށް 1.1 ބިލިއަން ރުފިޔާ ހަރަދު ކުޑަ ކުރެވޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.
އެ އޮފީހުން ވަނީ ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ އިތުރުން އާމްދަނީ އިތުރު ކުރުމަށް ވެސް ރިއަލިސްޓިކް ކަންކަން ހުށަހެޅުމަށް އެދިފަ އެވެ. އެގޮތުން ދުރާލައި އެ ކަންކަން ރޭވި، ތަންފީޒު ކުރެވޭނެ ފަދަ ކަންކަން ހިމެނުމަށް ވަނީ ލަފާދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއައު
21 November 2023
ހިނގާ ގައުމުގެ ޝަހްސިއްޔަތޭ ކިޔާފަ މިލިޔަނުން ހަރަދުކޮށް ޖަލްސާއެއް ބާއްވާލަން. އަދި މަޖުލިސް ކުދިންގެ އިނާޔަތް ބޮޑުކޮށްލާ މިކަހަލަ ކަންކަން ކޮށްލީމަ ހުންނާނީ ހުރިހާ ކަމެއްވެސް ރަނގަޅަށް
ބާކުންބޭ
21 November 2023
ދައުލަތުގެ އޮޑިޓް އޮފީހެއް ހުންނަކަން ރައްޔިތުންނަށް ނޭގި 5 އަހަރަު ވުމަށްފަހު މިހާރު ގަދަ ނިދިން ހޭލެވިއްޖެ.
ގޭބްރޯ
22 November 2023
ބާކުންބޭއަށް ނޭނގުނަސް މަމެންނަށް އެނގޭ
މަގޭރާއްޖެ
21 November 2023
ދައުލަތުން ބޮޑެތި އިނާޔަތްތައް ދޭން ހަދާފަހުރި ޤާނޫނުތައް އިސްލާހު ކޮށްބަލަ. މަޖިލިސް މެމްބަތަކަށް ވީތީ. އެތާ ދެދައުރު ވީތީ އިތުރަށް ޑަބަލް ފައިސާދީ ޓަންތަނުގެ ބޮޑެތު މުރާވެރިންނަށް ދާއިމީކޮށް ދޭ ބޮޑެތި ފައިސާ ގަނޑަކީ މިޒަމާނުގެ އުޞޫލެއް ނޫން. ޤައުމު ލޫޓުވުން ހުއްޓަން ވެއްޖެ. އެންސްޕާ އިން ފައިސާވެރިންނަށް ލިބޭ ބައެއް ކަނޑާ އުޞޫލުން މި ގިންތީގެ ފައިސާވެސް އުނި ކުރަންޖެހޭ
ސަލީމު އިދުރީސް
21 November 2023
ތިވާހަކަ ބުނޭ މުއިޒު ކައިރީގަ ބަނގުރޫވެފަ އޮތް ގައުމެކޭ ކިއާފަ ގައުމު ކޮޅައްޖަހަން ހެދި ވައުދު ފޮތުގެ ކުރީގަ އުޅޭ އައްޑޫ ބުރިޖާ ގިނަ ވައުތަކަކީ މިގައުމައް ވަގުތުން ފައިސާއޮހޭ މިވަގުތައް އެންމެ މުހިންމު ކަންތައްތޯ! އަދި ހުންނަ އަމިއްލަ އެދުން ބޮޑުކަން ބަލާބަލަ ހަރަދު ކުޑަކުރާށޭ ކިޔާފަ އަތޮޅުތަކުގަ ފަށާ ޕުރަޖެޓުތަކާ ހިގަމުންދާ ފުޖެޓުތައް ހުއްޓުވާފަ މިހުރިހާ ޕުޖެޓު ނިމޭހާ ފައިސާއިން ބުރިޖު އަޅަނީ ސީދާ މުއީޒުގެ އެދުން ހާސިލުކުރަން
ނިކަމެތި
21 November 2023
ބޭކާރު ވާހަކަ ނުދައްކާ، ރައީސް ސޯލިހު ބަޖެޓްގައި ހިމަނާފައި އޮތް ގޮތަށް މުވައްޒަފުންގެ މުސާރަ ބޮޑުކުރޭ ޖެނުއަރީ އިން ފެށިގެން. 1 ހަފްތާ ނުވަނީސް ޓްރާންސްޕޯޓް މިނިސްޓަރު އަމީން އެ ދިރުވާލީ 2 މިލިއަން. ކަލޭމެން ނިކަމެތި ރައްޔިތުންނަށް އެއްޗެއް ދޭންޖެހުނީމަ މުޅިންވެސް ޚަރަދު ކުޑަކުރާ ވާހަކަ ދުލު ކުރީގައި އޮންނަނީ. ޖީބަށް އަޅަންވީމަ ލާރި އޮވޭ.
ޢަޒްލާ
21 November 2023
ކަލޯ އިބްރާހިމާގެ ދައުރުގަ ތިޔަ ދެމިލިއަނެއްދިނުމަށް އެއްބަސްވީ ތަންދޮރު ނުބަލާ ވާހަކަ ނުދައްކާ ބުނެބަލަ ނާޒިމް ސައްތާރު ދޯކޮއްލަން ނިންމީ ކާކުތަ .
އަލިބެ.
21 November 2023
ރައްޔިތުންނަށް ކަމެއްކުރަންވީމާ ޚަރަދުކުޑަކުރަން ޖެހޭ. ހުވާކޮށްލަން ޑެލިގޭޓް ޚަރަދާއެކު 100މިލިއަން އެއްގަޑިއިރަށް ޚަރަދުކޮށްލަން އޯކޭ. މި ކޮންވައްތަރު ސަރުކާރު
ކަރާސީނު
21 November 2023
ތިބުނާ ހުވާ ފައިސަާއަކީ ބޭންކުން، ލޯނު އުސޫލުން ހޯއްދެވި އަމިއްލަ ފައިސާ ކަމަށްވެސް ވެދާނެ ދެއްތޮ؟