ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
20 ނޮވެމްބަރ 2023 - 16:34
ކުރިއަށް އޮތް ދެ މަސް ދުވަހުގެ ކެޝްފްލޯ މެނޭޖްކުރަން ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަން ހައްލު ކުރަން ބޭރުގެ ގައުމުތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން، މިއަދު ބަޖެޓު ކޮމިޓީގައި ޝަފީގު ވިދާޅުވީ ކޭޝްފްލޯގެ ތާށިކަން ހައްލުކުރަން ކުރިއަށް އޮތް ދެ މަހު 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ބޭނުންވާ ކަމަށެވެ. ޝަފީގު ވިދާޅުވީ، ވީހާ ވެސް އަވަހަކަށް އެ އަދަދުތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. އަޅުގަނޑުމެން މިބަދަލަކީ މިހާރު ރާއްޖޭގެ ބޭންކްތަކާއި ޓީބިލްއަށް އިންވެސްޓް ކުރި ފަރާތްތަކާ ވާހަކަދައްކައިގެން އެންމެ ރަނގަޅު ގޮތެއްގައި މިދެމަހު ވެސް މެނޭޖްކުރެވޭތޯ. ސަރުކާރު ހަވާލުވިތާ މިއަދު މީ ތިން ވަނަ ދުވަސް. ބޮޑަށް ވާހަކަ މިދެކެވެނީ މެދު އިރުމަތީގެ ގައުމުތަކާ،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ޑރ ޝަފީގު ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝަފީގު ވިދާޅުވީ، ހުވާކުރުމުގެ ރަސްމިއްޔާތަށް ބޭރުން ވަޑައިގެންނެވި ވަފުދުތަކާ އެކު ވެސް މިކަމުގައި މަޝްވަރާތައްކުރެއްވި ކަމަށެވެ. ބަޖެޓް ސަޕޯޓު ދޭން ބައެއް ގައުމުތަކުން ރަނގަޅު ރެސްޕޮންސެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިވަގުތު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ބިރުގަންނަން ޖެހޭފަދަ ހާލަތެއްގައި ކަމަށާއި އިގްތިސާދީ ގޮތުން ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް، މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތުން ސަބްސިޑީ ރީޕޯމު ކުރުމަށް ބަޖެޓުގައި އަޅަން ކަނޑައެޅި ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރުގެ ޖުލައި މަހުގައި އެ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. ސަރުކާރުން ދޭ ބައެއް ސަބްސިޑީތައް ޓާގެޓު ކުރުމުގެ ގޮތުން ބަޖެޓުގައި 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި އާބާދީގެ 65 ޕަސެންޓަށް ސަބްސިޑީގެ ފައިދާ ލިބޭ ގޮތަކަށް ކަންކަން ރޭވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުކުނާ
22 November 2023
އެމް.އެމް އަށް ލިބޭ ޑޮލަރުކޮޅު ބޭންކްތަކަށް ދީ ދަށުން ދަމާ ކުޅެނީ! ފުލުހުން، ޕޮލިޓިކްސް ވެފައި، ގައުމަށް ނުކަތާވަރުގެ ޤާނުނުއަކާއި އަދި ޤަވާއިދު ހެދިހެދީމުންގޮސް %85 ފުލުހުންނަކަށް ޤާނުނު އަދި ޤަވާއިދެއް ނޭގޭ! ފުލުހުންގެ ޙަރަދު އެހާ ބޮޑު އަދި ޕްރޮޖެކްޓްތަކުން ދަށުންދަމާ އެވަރަށް ކުޅޭ!
ޯޓޮމާޓޯ
21 November 2023
ބަހަނާ އަޑު އަހާ ހިތެއްނުވޭ!
ވޯލް
21 November 2023
ތިޔަ ކޭޝްޕްލޯ ހަމަޔަކަށް އެޅޭނެ މިކިޔާ "ފުށިދިއްގަރުފަޅު" ޕްރޮޖެކްޓް އަދި ހޯލްޑްކޮށްލިއަސް އަދި މިވަގުތު ދައުލަތުން ހިންގަންފަށާފައިވަ ބޯހިޔާވަހިކަމުގެ ކަންކަަމަށް ފޯކަސް ކުރިއްޔާ ރަގަޅު ވާނެ. މިއީ އަމިއްލަ ވައުދުތައް ހިންގަން ނޫޅޭ ދައުލަތައް އެންމެ ފަސޭހަވާނެހެން ކަނަކްނ ކުރަންވި ވަގުތު.
ރަދުން
21 November 2023
ކޭސްފުލޯ ނުކިޔާ މިވަގުތަށް އިތުރު ޕުރޮޖެކްޓް ނުފާށައި މަޑުކޮށްބަލަ.ވެރިކަމުގެ ދަހިވެތި ކަމުގައި މިހާރު ތި ވިސްނަނީ އަނެއްކާވެސް ކުރިއަށް އޮތް ފަސްއަހަރަށް.
ހިތާހިތު
20 November 2023
ވެރިކަމުން ފައިބާއިރު އެކަމާ ޒިންމާކުރުވަާ ގޮތަށް ކަންކަން ކުރުން ކިހިނެއްވާނެ. ކުރެވޭނެ ކަމެއްބާ.؟
މިއައު
20 November 2023
ހިނގާ އަނެއްކާވެސް ބޮޑު ހަރަދެއްކޮށްލާފަ ޖަލްސާއެއް ހަފްލާއެއް ކަހަލަ އެއްޗެއް ބާއްވަން. ނޫނީ އައު މިނިސްޓްރީއެއް އުފައްދަން. އޭރުން ތިޔަކަން ހައްލުވާނެ
އުދުހޭ
20 November 2023
ގައުމު ދަރަނިވާނެތާ... ވެރިކަމުގެ ފަހު ތަޅާލުމުގައި ބަޖެޓަކަށް އެހެން އެއްޗަކަށް ބެލުމެއްނެތި ބިން ހިއްކުމާ މުސާރަ ބޮޑުކުރުމާ ޕްރޮމޯޝަނާ ބެހީ. މަހުގެ އަގު 17ރ އިން 25ރ އަށް ބޮޑުކުރީ ލޯނަކުން. އަދި ނުވިތާކަށް ބަޔަކު ރިޓަޔާވެސް ކޮށްފި. މިހުރިހާ ކަމެއް ރިވިއުކުރަން އެބަޖެހޭ.
އެމީލިއޯ
20 November 2023
މަށައް ވާނޭ ކިޔާފަ ބޯކޮށްޕާތި އަދިވެސް
އަހަންމަދާ
20 November 2023
އެހާ ބޮޑު ދަރަނި އޮއްވައެންނު ރައީސްކަން ބޭނުންވެގެން އެކަން ކުރަނީ. އަދިވެސް ހަމަ ދަރުވައިގެން ކަންކަން ކުރެވޭނެ.
ހަލީމްބާއި
20 November 2023
ބަލަ އިބޫ ނުބާލުވާ ތިބިނަމަ ގައުމު ވިއްކާ، ގައުމުގެ ރައްޔިތުން ވިއްކައިގެންވެސް އިކޮނޮމީ ސަލާމަތް ނުވީސް
ވެންޓި
20 November 2023
ކޮބައިތޯ ވެންޓިލޭޓަރ ތައް.
ހުސެންބޭ
20 November 2023
ފައިބައިގެން ދަމުން އެދިޔައީ ހިފައިގެެން
އަލިބެ.
21 November 2023
އޭގެ ގިނަމީހުން ތިބީ މުޢިއްޒު އަރިހުގަ މިހާރު.