.
21 ނޮވެމްބަރ 2023 - 08:03
އައްޑޫ ޕޮލިސް އެކެޑަމީގައި ޑިއުޓީ ކުރާ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނުދާ ކަމަށް ލިބުނު ރިޕޯޓާ ގުޅިގެން އޭނާ ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ ސ. ހިތަދޫ ޒޫމްޕްލަސް އަބްދުﷲ ޔަމަން ފިރާގް 22، އެވެ.
ފުލުހުން ބުނީ ޕޮލިސް އެކެޑަމީގައި ޑިއުޓީ ކުރާ ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނުދާ ކަމުގެ ރިޕޯޓް ލިބުނީ ދަންވަރުވި ފަހުން ކަމަށެވެ.
އެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް، ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުން މޫދުން ފެނުނީ ރޭ މެންދަމު 1:40 ވެފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.
"އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑޮނާޑު
22 November 2023
އިސާނަމާދައް ދެވެނީ ފަޅުތެރޭ ހިނގާފަތޯ?ތިޔަވާނީ ކޮންމެސްދިމާލަކުން ހިންގިނުރައްކާތެރި އޮޕުރޭސަނަކައް އަދިފަޅާއަރާނެ ރަގަޅައްތަޙުޤީގުކުރޭ!
އައްޔަ ބޮޑޭ
21 November 2023
ކުރީސަރުކާރުގަ ނަމަ މިހާދިސާވެސް އެޅުވީހީ އިބޫބޮލުގަ,
ފަގުޑި
21 November 2023
ތިކަމާ ޒިންމާ އެކެއްވެސް ނުވާނެ.
އަލިފުޅު3
21 November 2023
ހިތާމަ ވެރި ހަބަރެއް. ފުލުހުން ނުކުމެ ފުލުހުން ސަލާމަތޮކޮށްފާ ނޫނީ ކިހިނެއް އެހެން ކަމަކާ އުޅޭނީ!
ވަކީލްް
21 November 2023
ރައީސް މުއީޒް ކުރިމަތިލާ ފުރަތަމަ މަރު.
މުއިސަރުކާރު
21 November 2023
އަދި ރައީސް ހުވާ ކުރިތާ 1 ހަފްތާ ނުވޭ! މި ސަރުކާރުގެ ފުރަތަމަ ގޮތް ނޭގޭ މަރު
އަސޭލ
21 November 2023
ވަރުވީ ކަމެއެއް މަރާލީ ކަމެއް ނޭންގޭ؟
ޙުސެންbe65
21 November 2023
ހާދަ ފަރުވާކުޑައޭ ....ހާދަހާއޭ ފަރުވާކުޑައީ..... މީގެ އިހްމާލް ނުނަގާނެ އެކަކުވެސް....މީވާ ގައުމެއް....
އޭނަ
21 November 2023
ތިޔަ ލިޔުމުގައި ބިނާކުރަނިވި އެއްވެސް ވާހަކައެއް ނެތް!
ގަތުލު
21 November 2023
މި ސަރުކާރުގެ ފުރަތަމަ މަރު. ކިހާވަރަކުން ދާނެބާ! ރައްޔިތުންނަށް ބޭނުންވަނީ މިކަމުގެ ހަގީގަތް އެނގީ ކުއްވެރިވާ ފަރާތްތަކަށް އަދަބު ދިނުން. އެވަރު ކޮއްލެވުނަސް ސާބަސް!
ޓްސްކް
21 November 2023
ސަރުކާރުންތަ އޭނަ މަރާލީ. ނެގެޓިވިޓީއިން ފެންވަރައިގެން އޮތް ގައުމެއް. އަބަދުވެސް އިގިލި ދިމާކުރުމުގަ. ތިމާ މީހާ އަކީ ބެސްޓް އެހެން މީހުނަށް އިގިލި ދިމާކުރާއިރު.
ބޮލަށްފިތާފަ
21 November 2023
އެއީ މި ސަރުކާރުގެ މަރެއްކަމެއް ކިހިނެއްބާ ތި އެނގުނީ؟ މެރިތަން ބަލަންހުރީތަ؟
މަބަލްދީބް
21 November 2023
މަރަކީ ސަރުކާރުގެ ބާރުގައި އޮންނަ އެއްޗެއްތަ؟ އަޖައިބެއްހަމަ
ބާބް
21 November 2023
ސަރުކާރުންތަ އެމީހާ މަރާލީ . ހަމަ އަހާލީ.
އަލިފުތާ
21 November 2023
ކޮންމެހެން ކުށްވެރިވާ ފަރާތެއް ހުންނަން ޖެހޭތަ. ގިނަ މަރަކީ ގުދުރަތީ މަރު. މޫދުގައި އޮތަސް ކަނޑުގައި އޮތަސް ، ފަޅުގައި އޮތަސް އަދި ކިއްލާ ތެރޭ ވަދެ އޮތަސް މަރުވެދާނެ. ބުއްދިވެރިންނަކީ މިކަމަށް ތައްޔާރުވެ ތިބޭ މީހުން.
އައިސަސް
21 November 2023
އިޝާ ނަމާދަށް ދިޔަ މީހަކު މޫދުން ފެނުމަކީ ޝައްކު ކުރެވޭ ކަމެއް. ބަލަން ޖެހޭނެ.