ކުޅިވަރު / ވޯލްޑް ކަޕް ކޮލިފައިން

ސަޕޯޓަރުންނާ ފުލުހުންގެ ކުރިމަތިލުމެއް، އާޖެންޓީނާ އަތުން ބްރެޒިލަށް ހިތި ބައްޔެއް

މިއީ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އަމިއަލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗު

22 ނޮވެމްބަރ 2023 - 10:44

1 comments

ރިއޯ ޑި ޖެނީރޯ (ނޮވެމްބަރު 22) - ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމަކަށް ފަހު، ބްރެޒިލުގެ އަމިއްލަ ދަނޑުގައި އާޖެންޓީނާ އަތުން 1-0 ން ބަލިވެއްޖެ އެވެ.

ސަޕޯޓަރުންނާއި ފުލުހުންގެ ކުރިމަތިލައި ހިނގި ހަމަނުޖެހުމުގެ ސަބަބުން މެޗު ފެށުން ބައިގަޑިއިރަށް ލަސްވެގެން ދިޔަ އެވެ. ގައުމީ ސަލާމް ކުޅެމުން ދިޔަ ވަގުތު ބްރެޒިލްގެ ރައްޔިތުންނާއި އާޖެންޓީނާގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިންގަން ފެށުމުން ބްރެޒިލްގެ ފުލުހުން ވަނީ އާޖެންޓީނާގެ ސަޕޯޓަރުން ތިބި ފަޅިއާ ކުރިމަތިލައި ދަނޑިބުރި ބޭނުންކޮށްގެން ހަމަނުޖެހުންތައް މައިތިރިކުރަން މަސައްކަތް ކޮށްފަ އެވެ. އެންމެ ފަހުން ސަޕޯޓަރުން ރައްދު ދިނީ ދަނޑުގައި ހުރި ގޮނޑިތައް އުފުރާލައިގެން ފުލުސް އޮފިސަރުންނާ ދިމާލަށް އުކާފަ އެވެ.

މެޗަށް ވިއްކަން ނެރުނު 69،000 ޓިކެޓް ވެސް ވިކި ހުސްވި އެވެ. ފުލުހުން ކުރިމަތިލި ސަރަހައްދުގައި ވެސް 3،000 ސަޕޯޓަރުން ތިއްބެވެ. ހަމަނުޖެހުމުގައި ބައިވެރިނުވެ ތިބަި ސަޕޯޓަރުން އެކަމުން ސަލާމަތްވާން އެ ސަރަހައްދުން ނުކުންނަން އުޅުމުން އޭގެ ތެރެއިން ބައެއް މީހުންނަށް އަނިުޔާވި އެވެ. އެކަމަކު އަށިގަނޑުގައި ދަނޑުން ނެރެގެން ގެންދިޔައީ އަވަސްފަރުވާ ދިނުމަށެވެ.

އާޖެންޓީނާގެ ކުޅުންތެރިން ސްޓޭންޑްގައި ތިބި މީހުންގެ ކިބައިން ހަމަނުޖެހުން ހުއްޓަލަން އެދުމުގެ ކުރިން، ކެޕްޓަން ލިއޮނަލް މެސީ ވަނީ އެމީހުން އަނބުރާ ޗޭންޖިން ރޫމަށް ގެންގޮސްފަ އެވެ. އެ ޓީމުގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ދުވެފައި ގޮސް އޭނާގެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ހުރި ސްޓޭންޑަކަށް ފުލުހުންގެ ކިބައިން އެދުނީ އަނިޔާވެރިކަން ހުއްޓާލުމަށެވެ. އާޖެންޓީނާގެ ކުޅުންތެރިން ބްރެޒިލަށް ޑިމާންޑް ކުރީ ހަމަނުޖެހުން ހުއްޓާނުލަނީސް އަލުން ދަނޑަށް ނުނިކުންނާނެ ކަމަށެވެ. ޗޭންޖިން ރޫމްގައި އާޖެންޓީނާގެ ކުޅުންތެރިން 22 މިނެޓް ހޭދަ ކުރި އެވެ.

މެޗުން އާޖެންޓީނާ މޮޅުވީ، ނިކޮލަސް އޮޓަމެންޑީ ޖެހީ ލަނޑުންނެވެ. މިއީ ވޯލްޑް ކަޕް ކޮލިިފައިންގައި އަމިއްލަ ދަނޑުގައި ބްރެޒިލް ބަލިވި ފުރަތަމަ ފަހަރެވެ. މިދިޔަ ހަފުތާގައި ބްރެޒިލް ވަނީ ކޮމަމްބިއާ އަތުން ބަލިވެފަ އެވެ. އެއާ އެކު މިއީ ވޯލްޑް ކަޕް ކޮލިފައިންގެ މުޅި ތާރީހުގައި ވެސް ވިދިވިދިގެން ދެ މެޗުން ބްރެޒިލް ބަލިވި ފުރަތަމަ ފަހަރެވެ.

"އަހަރެމެންނަށް ފެނުނީ އެމީހުން [ފުލުހުން] މީހުންގެ ގައިގައި ޖެހާތަން. ގިނަ ކުޅުންތެރިންގެ އާއިލާގެ މެމްބަރުން އެ ސަރަހައްދުގައި ތިބި. އަހަރެމެންނަށް މެޗަށް ދޭންވާ ސަމާލުކަން މުދެވުނު،" މެޗަށް ފަހު މެސީ ބުންޏެވެ.

"މިއީ ކޮޕާ ލިބަޓަޑޯރެސްގައި ވެސް މިތާންގައި ހިނގި ކަމެއް. [ބްރެޒިލްގެ ފުލުހުން] އަނެއްކާވެސް ރައްޔިތުން ފިއްތާލަނީ. އަހަރެމެން ދަނޑުން ފޭބީ ޝަރުތުތަކެއް ކުރުމުގެ އަދި އަހަރެމެން އަނބުރާ ޗޭންޖިން ރޫމަށް ދިއުމަކީ ހާލަތު ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވާތީ."

މިއީ، ބްރެޒިލާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންއެއްގައި މެސީ ކުޅޭނެ ފަހު މެޗެވެ. މެޗުގެ 78 ވަނަ މިނެޓްގައި އޭނާ ބަދަލުކުރަން ނިންމުމުން ދަނޑު ފައިބައިގެން ދިޔަ ވަގުތު ބްރެޒިލްގެ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް އިހުތިރާމް އަދާކުރި އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ފަސް ފަހަރު ބްރެޒިލާ ދެކޮޅަށް ނުކުތް މެސީ އަށް، އެއިން އެންމެ މެޗެއްގައި ވެސް ލަނޑެއް ނުޖެހެ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

22 November 2023

މިލެވެލްގަ ފުޓުބޯޅަ ފޯރި އޮންނަން ޖެހޭނެ.ނަމަވެސް ގަޔަށް އަތް ލައިގެން ނުވާނެ.1990ގެ އަހަރުތަކުގެ ކުރީކޮޅު ގަލޮޅު ދަނޑުން ވެސް މި މޮމެންޓަމް ފެނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454