ކުރީގެ ރައީސް ޔާމީން
25 ނޮވެމްބަރ 2023 - 22:28
ޕީޕީއެމް ދޫކުރެއްވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާ އާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ކަމަށް ހަމަޖައްސައި އެ ޕާޓީގެ ލޯގޯ މިރޭ އާންމުކޮށްފި އެވެ.
ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ޔާމީން އިސްވެ އުފައްދާ ޕާޓީއާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވަނީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
ޕީއެންއެފްގެ ކުލައެއް ކަމަށް ކަނޑައެޅީ ދަނބުކުލަ އެވެ. އެކަމަކު، އެއީ އިލެކްޝަންސް ކޮމިޝަނުން ވެސް ގެންގުޅޭ ކުލަ ކަމަށް ވާތީ އެ ކުލަ ބޭނުންކުރަން ޕީއެންއެފް އަށް ހުއްދަ ދީފާނެ ކަމަކަށް ނުބެލެވެ އެވެ.
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ pic.twitter.com/ZWe0bLPoJN
— People's National Front (@PNFront) November 25, 2023
ޔާމީނަކީ ގައިދީއަކަށް ވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެ މަނިކުފާނަކަށް ނެތެވެ. ޕީޕީއެމްގެ ރައީސަކީ ޔާމީން ކަމަށް އެ ޕާޓީން ނިންމާފައި އޮތަސް މަނީލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ ޕީޕީއެމްގައި ވެސް އެ މަނިކުފާނުގެ ގާނޫނީ ހައިސިއްޔަތެއް ނެތެވެ.
މަލީހް ވިދާޅުވީ، ޕީޕަލްސް ނެޝަނަލް ފްރޮންޓްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް މާދަމާ ހުށަހަޅާނެ ކަމަށެވެ.
ޔާމީން ވަނީ ކުރިން ޕީއޭގެ ނަމުގައި ވެސް ޕާޓީއެއް ހިންގަވައިފަ އެވެ. ފަހުން، އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕީޕީއެމްގެ ބާރު ހޯއްދެވުމާ އެކު، ދެން ހިންގެވީ ޕީޕީއެމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
26 November 2023
ބާރަށް ކުރިޔަށްވަޑައިގަންނަވާ އަހަރެމެން މިތިބީ މަނިކުފާނުގެ ފަހަތުގައި ވީހާލެއްގައިވާނެ ރަގަޅުވާނެ ބޮޑުތަނުންވެސް
6 ޕާޓީ ފޭލި
26 November 2023
މަލީހޫ. ހަމަ ހެޔަށް އައިސް ވާހަކަ ދައްކަބަލާ. މިހާތަނަށް ފެނުނީ ފެއިލްވި ރައީސަކަށް ޕާޓީއެއް ހަދައިގެން ކުރިޔަށް ހިރުވައިނުލެވޭކަން. 3 ވެރިންނަށް 5 ޕާޓީ މީތި ހެދިއްޖެނަމަ ހަމަވާނެ. މައުމޫނު 2 ޕާޓީ ޔާމީނު 2 ޕާޓީ އަންނި 1 ޕާޓީ. އެކަމަކު އަންނިއަކީ އެމޑީޕީ އާއި ވެރިވާ މީހަކަށް ވާތީ އަންނި އަށް 2 ޕާޓީ ކިޔައި 3 ރައީސަށް 6 ޕާޓީވއސް ކިޔައިބަލަ. ޔާމީނު ކުރިން ހެއްދެވި ޕާޓީވެސް ކޯރަމަށް ނުފޯރީމާ ބޮޑުބެގެ ބޮޑު ޕާޓީގެ މައްޗަށް ބާރުވެރިކަން ލިބުނިމަ ވެރިވީ.
ރަންދެލި
26 November 2023
މަށަކީ އެމްޑީޕީ. ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މަ މީނީ އަތް ޖަހަން. ދެއަތްތިލާގަ ފޮޅުލާ ފޮޅުކަޑައިގެން ދިޔަސް ހަމަ އަތް ޖެހުން ބާރަށް ކުރިއަށް. ކޮނޑުހުޅުން ނެއްޓެން ދެން އަތް ޖަހާނަން....މުޅި ގައުމުވެސް މިއޮށް 'ހޮޅި' ވެ ނިމެނީ........
ފޮނިޓައްޕު ހަސަނު
26 November 2023
ޔާމީނަކީ މިހާރު ނިކަމެއްޗެއް. ނިކަމެތިންނަށް ސިޔަސީ ޕާޓީ ނުހިންގޭނެ. ޔާމީނު ގޭގައި ފޮރުވާފައި ހުރިފައިސާއިން ބައި ރުފިޔަވެސް ޕާޓީއާށް ޚަރަދު ނުކުރާނެ. ކުރިން ޔާމީނުގެ ތައްޕާހުން މުއްސަނދިވި މީހުންތައް ޕީޕީއެމް އަށް ފަނޑުކޮށް ދިނީ. މިހާރު އެމީހުން އެތިބީ މިހާރުގެ ރައީސުލްޖުމްހުރިއްޔާ އާއި ބައިއަތު ހިފާފައި. އެމީހަކު ނިކަމެތިވެ ހާލުގައި ޖެހި ކަނު އަނދިރީގައި ހުންނަ އިރު ހުދު އެމީހާގެ ހިޔަނިވެސް އެމީހާއި އެކު ނުހުންނާނެ. މީ ހަގީގަތަކީ.
ރަދީފްއޮފިޝަލް
26 November 2023
ސާބަހޭ ރައީސް ޔާމީން.ޑިމޮކްރެޓިކް ހަޔާތުގަ ހުޅުވޭ އާ ސަފްހާއަށް މަރުހަބާ އަދި ގުޑް ލަކް.ވ.ވެދުން
ފުރޮންޓު
26 November 2023
ލޯގޯ ވެސް ހީވަނި ވަކި ޖާހާފަ ތިޖޫރީން ފައިސާ ދަމައިގަންނަށް އުޅޭހެން
ފަހި
26 November 2023
މި ލޯގޯ ވަރަށް ބިރުވެރި ރިޕީޓްކޮށްވެސް ބަލައިފިން ހީވަނީ މިނިކާއެއްޗެއްގެ ވަކިތަކެއް ހެން ދެފަރާތުން ކާންފަށާހެން
ރަދީފްއޮފިޝަލް
26 November 2023
ދޭހަ ވުމުގަ މައްސަލަ އުޅޭ މީހުންނަށް އާސެނަލްގެ ލޯގޭ ފެނުނަސް ސިފަވާނީ ބިރެއްގެ ގޮތުގަ.އޭގެ މެދުގަ އިންނަނީ ބޮޑުބަޑިއެއް.ވ.ވެދުން
ހަހާ
26 November 2023
މިހާރުން ހާދަ ފައްކާ ފޮޓޯއެއް ލާފަ ތިހިރީ. އެޑޮލްފް ހިޓްލަރގެ ނެޝަނަލް ސޯޝަލިސްޓް ޖާރމަން ވާރކާރސް ޕާރޓީއާއި އަޅުވާކިޔަނީތަ؟ ?
ބްރޯޒް
26 November 2023
ލޮލް.. ޔާމީނު ދޯ.. މާ ރަނގަޅުވާނެ ޕީޕަލްސް މަނީ ލޯންޑަރިންގް ފްރަންޓް ކިއިއްޔާމު،
ބަރުބާދު
26 November 2023
ކުރިންވެސް ބުނިން ފިލްމް ފެށުމުގެކުރިން ފަހުތަޅާލުންގަނޑު ފެށުނުވާހަކަ. މިހާރު އަދިކިރިޔާ ފިލްމްފެށެން އެއުޅެނީ. ފިލްމް ނިމޭއިރު ޔާނު މުއިއްޒުވާނީބާ؟. ނުވަތަ މުއިއްޒުވާނީ ޔާނުބާ؟. އެމްޑީޕީ އޮޔާދާނީބާ؟. އިންތިޒާރުކޮއްލައްވާ......