ޕީއެންއެފް އުފެއްދުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ކުރީގެ ރައީސް ޔާމީން. --ފޮޓޯ: ޕީއެންއެފް
31 އޮކްޓޯބަރ 2025 - 06:43
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުން ހުއްޓުވަން "ސިޔާސީ ދައުވާތަކެއް" ކޮށްގެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ އިންތިހާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން އޮންނާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އުފައްދަން އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ދައުވާތަކުގެ ސަބަބުން، ދެން އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ނަން ނޯންނާނެ ކަމަށް ސަރުކާރުގެ ތެރެއިން އެކި ބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
"އެކަމަކު އަޅުގަނޑަށް ވަރަށް ޝުއާ އަޅުގަނޑުގެ ކޭސް އާ ދޭތެރޭގަ... ހަމަ ކަށަވަރުކަން [ސަރުކާރަށް ތާއީދުކުރާ އެކި ފަރާތްތަކުން] ދެމުން އެ އަންނަނީ، ރައީސް ޔާމީންގެ ނަމެއް ވޯޓު ކަރުދާހުގައެއް ނޯންނާނެއޭ. އެހެންވެއްޖެއްޔާ އެ ވޯޓު ކަރުދާސް ދިވެހިރާއްޖެއަކު ނޫން ޗާޕުކުރާނީ،" ޔާމީން ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ނަން އިރާދަކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ."
ޕީއެންއެފް އުފެއްދުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް އަށް ދިޔަ ބައެއް މެމްބަރުން.--ފޮޓޯ: ޕީއެންއެފް
ވެރިކަން ހިންގުމުގެ މުޅި ނިޒާމު، "ސަރުކާރުގެ މުށުތެރެއަށް" ލާފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށާއި މިނިވަން މުއައްސަސާތަކުގެ އިތުރަށް މީޑިއާތަކަށް ވެސް ޔާމީންގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ޕީއެންއެފް އުފެދިގެން މި ދިޔައީ، ސިޔާސީ ވެރިން ފެއިލުވެ، ރައްޔިތުންގެ ހައްގުގައި ބަހެއް ބުނަން ވެސް ނުކުޅެދިފައި ތިބި ވަގުތެއްގަ އެވެ.
މިގޮތުން، މީޑިއާތަކަށް ދައުލަތުން ފައިސާދީ، ޑިމޮކްރަސީގެ ހަތަރުވަނަ ބާރު "އަޅުވެތި" ކޮށްފައިވާ ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ.
"މި އުފަންވެގެން މި ދިޔައީ ވަރުގަދަ ޕާޓީއެއް. ސަރުކާރު ޖަވާބުދާރީ ކުރުވައި، އުފަންވެގެން މިދިޔައީ، ރައްޔިތުންގެ މަސްލަހަތު އެންމެ މަތީ ދަރަޖައަކަށް ހިމާޔަތް ކޮށްދޭނެ ޕާޓީއެއް،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ އެއްވެސް މީހެއްގެ ފޮޓޯ ދައްކައިގެން ނޫން ކަމަށާއި އެކަން އެހެންވީ ރައްޔިތުންގެ ތާއީދު އޮތީމަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާނު
11 November 2025
ބޮޑުކާށި ހަސަންމަނިކުގެ ނަންވެސް އޮތް. ޑިމޮކްރަސީއެއްގައި ކެރޭމީހަކަށް ވިއްޔާ ތިކަން ކުރެވޭނެތާ.
ކަރީނާ
02 November 2025
އަނިޔާވެރިކަމެއް ކުރާތަން ދެނެއް ނުބެލޭނެއެވެ. މަނިކުފާނުގެ އަނިޔާވެރިކަން މާ ބޮޑީއެވެ.
ކުޑޭބެ
01 November 2025
ޢަމިއްލަ އަތުން ހަރަދުކުރާނަން ޔަގީން ކުރައްވާ ށ.ކޮަމްންޑޫ އާއި މަށޮށިން އެކަނި އަހަރެމެން އާއިލާގެ 100 ވޯޓް އިރާދަ ކިރެއްވިޔާ ހޯދައިދޭނަން ، ސައްކު ނުކުރައްވާ
ޫމަހުސޫމާ
01 November 2025
ޢަމިއްލަ އަތުން ހަރަދުކުރާނަން ޔަގީން ކުރައްވާ ށ.ކޮަމްންޑޫ އާއި މަށޮށިން އެކަނި އަހަރެމެން އާއިލާގެ 100 ވޯޓް އިރާދަ ކިރެއްވިޔާ ހޯދައިދޭނަން ، ސައްކު ނުކުރައްވާ
ސަރުކާނު
11 November 2025
ތި ދެރަށުން 100 ލިބިއްޖިއްޔާ ދެން ވެރިކަން ތި ލިބުނީ.
ސަމަރޭ
31 October 2025
ނަން އޮވެގެން ކަމެއް ވަންޏާ ކޮންމެ ރޯދަމަހަކު މި ފިހާރަ ތަކުން ވިޔަފާރި ކޮށްގެން އެ ފުރާ ކޫޕަންތަކުން މަށަާް ކޮންމެވެސް އެއްޗެްް އޮންނާނީ ލިބިފަ ނޫނީ ކޮންމެވެސް ވަނައަކަށް ހޮވިފަ. އެކަ.މަކު އުމުރު މިއޮށް ހުސްވީ ވީ ކަމެއް ހަރާން. ޔާންބެ ކައިރީ ހަމަ ބުނެލީ.. ޝުކުރިއްޔާ.
ރަމަ
31 October 2025
ޔާމީނު މާލެ ތެރެއަށް ދޫވެފައިހުރެއްޖެނަމަ %100 ޔަޤީންކަމެއް ޔާމީނުގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެކަން! ހަމަ އެހެންމެ ޕީ އެން ސީ ދެފަޅިވެ އެމް ޑީ ޕީ އަށް ވީގޮތްވުމަކީ ވަރަށްގާތްކަމެއް! ނަތީޖާއަކަށްވާނީ އިދިކޮޅުގަ ދެންއޮންނަ އެހެން ޕާރޓީއަކުން 2028ގެ އިންތިޚާބު ފަސޭހަކަމާއިއެކު ކާމިޔާބު ކުރުން. މިހަޤީގަތް ޤަބޫލުކުރަންވާނެ! ދެންއޮތްގޮތަކީ ޕީ އެން ސީގެ ބޮޑުބައެއް ޔާމީނަށް ތާއީދުކޮށްގެން ޔާމީން ވެރިކަމަށް ގެނައުން މިވެސް ވެދާނެގޮތެއް!
ޔާސިނުމާ
31 October 2025
ވޯޓުކަރުދާހުގަ ނަން ބާއްވާތި ޖަލުގަ އޮތަސް! ކާކު ކަލެއަށް ވޯޓދެނީ!!!
ދިއްދޫމީހާ
31 October 2025
އަޅުގަނޑު އިސްރައްވެށެއްގެ ހައިސިއްޔަތުން މަނިކުފާނަށް ވަރަށް އިހްތިރާމްކުރަން އަޅުގަނޑަށް އިންގޭކަމަކީ ރާއްޖޭގައި ވޯޓްލާން ބޭނުން ކުރަނޚ ކަރުދާސްކަން އެހެންވީމަ މަނިކުފާނު ވިދާޅުނުވިޔަސް ނަންފުޅު އޮންނާނީ ކަރުދާހުގައި..އަރިގަތޯ އޮދައިމަސްތޭ…
މުޖައްރިބޭ
31 October 2025
ވޯޓް ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮވެއްޖެނަމަ ދިވެހި ރައްޔިތުން އެއްވެސް ހިފެހެއްޓުމެއް ނެތި ރައީސް ޔާމީން އެއީ ރައްޔިތުންގެ ޗޮއިސް ކަމަށް ނިންމާނެއޭ ރާއްޖޭގައި 1990 ގެ ފަހުން އުފެދުނު ސިޔާސީ ލީޑަރުންގެ ތެރޭން ދެގޮތެއް ނުވެ ހުރި ހަމައެކަނި ވަތަނީ އަދި އަޅުވެތިކަމަށް ނުލެނބޭ ދުނިޔޭގެ ލީޑަރުން ވެސް ހަމަ އެކަނި ޖެހިލުންވާ ލީޑަރަކީ ރައީސް ޔާމީން ކަމަށްވުން އެއީ ރާއްޖޭގެ ތަރައްގީ ދުވަހަަކު ވެސް ނުދެކޭ ކުރިއެރުން ހޯދާނެ ކަމެކޭ މީ މުޖައްރިބޭ
ސީސާ
31 October 2025
ހެހެ.. ތިހެން ބުނި އަންނިވެސް.. ނަން އޮތުމަކީ މޮޅު ކަމެއް ވިއްޔާ މޮޅު. ހޮވޭނެހެން ހީވޭތޯ؟ އަހަރެމެންނަކަށް ޣައިބެއް ނޭނގޭ.. އެހެންވީމާ ވާން ހުންނަ ކަންތައް މާ އެނގޭ ކަމަށް ހަދައިގެން އުޅުމަކީ ކާހިނުން ކޮށް އުޅުނު ކޮސް ކަމެއް. އަމިއްލައަށް އަދި ލިބޭ ކަމެއްކަމަށް ވެރިކަން ދުށުމަކީ އަދި އެއަށް ވުރެ ބޮޑު ކޮސްކަމެއް. ބުނާތީ އަހަން ޔަހުޔާ ވެސް ކާޅު ހިފިއޭ. އެހެން އަބަދު ދިމާވާތީ ބުނާ އެއްޗެއް ނޫން އެއީކީވެސް. ހަމަ ބުނެލީ
ޖައްސާޖައްސާ
31 October 2025
ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ މާލެ އިރުމަތީ އޮތް ތިލަފަޅު ގޮސް ހުޅުލެ އާއި ޖެހެން ދެން ހިއްކާ އަދި މާލޭގެ އުތުރު ފަރާތު މިހާރު އޮތް ހާބަރ ބޭސިން ހިއްކާލާ އެތަނުގެ ބޭރު ވާޓަރުން ފެށިގެން 1 ކިލޯ މީޓަރަށް އިތުރަށް ހިއްކާ އޭގެ ބޭރުން 1 ކިލޯމީޓަރު ދުރުގައި ބޮޑު ހިލަޖަހާ ޑީޕް ބްލޫސީ އަކީ އެއީ މާލޭގެ ހާބަރު ކަމުގައި ހަމަޖައްސާ މާލެ ދެގުނަ ބޮޑުކޮށް މާލޭގައި އިންޓަރނޭޝަނަލް ހޮޓާ ތައް ބިނާ ކޮށް ކޮޓަރު ތަކުގެ އަދަދު 10 މިލިއަނަށް އަރާނެ
ބަކުރީ
31 October 2025
އަދި އެވަރަކުން ނުފުދެ! މާލެއާ ހުޅުލެއާދެމެދުވެސް ހިއްކާލާނެ!
ސަހަރޯއި
01 November 2025
200 މޭލުއީއީޒެޑުން ބޮޑުހިލަޖަހާފަ އެއްކޮށް ހިއްކާލަން މާފަސޭހަވަނެނޫންތޯ. އޭރުން އެއްވެސްރަށަކަށް ބުރިޖުއަޅާ ބަނދަރު ހަދާ ފަޅުފުންކުރާކަށްވެސްނުޖެހޭނެ.