ކެބިނެޓްގެ ބައެއް މިނިސްޓަރުން: އެހެން ގައުމެއްގެ ޕާސްޕޯޓް އެއްވެސް ބޭފުޅެއްގެ އަތުގައި ނެތްކަން ކަށަވަރު ކުރަން މަޖިލީހުގެ ކޮމިޓީން ވަނީ ނިންމާފައި
27 ނޮވެމްބަރ 2023 - 12:03
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް މިނިސްޓަރުންގެ ގޮތުގައި އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮތް ބޭފުޅެއް ހިމެނޭތޯ ކަށަވަރުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.
ގާނޫނުއަސާސީގައިވާ ގޮތަށް ކެބިނެޓް މިނިސްޓަރުންނަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާއިރު، އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން ވަނީ ފަށައިފަ އެވެ.
ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ ވަރަށް ގިނަ ދުވަހު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާފައިވާ ދެތިން ބޭފުޅުން މިނިސްޓަރުންގެ ގޮތުގައި އެބަ ތިއްބެވި ކަމަށާއި އެ ބޭފުޅުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮވެދާނެ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.
ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ) ގައި މިނިސްޓަރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާ އެކު، އެހެން ގައުމެއްގެ ރައްޔިތަކަށްނުވުން ހިމަނާފައިވެ އެވެ.
މިނިސްޓަރަކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅުއްވާތޯ ސާފުކުރުމަށް އިމިގްރޭޝަންގައި ވެސް އެދިފައިވެ އެވެ. ނަމަވެސް، އެ އިދާރާ އިން ވަނީ އެއީ އެ ބޭފުޅުންގެ މެންޑޭޓް ތެރޭގައި އޮތް ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންވެ، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެދިވަޑައިގަތީ މިނިސްޓަރުން ކޮމިޓީ އަށް ހާޒިރުކޮށްގެން ނުވަޔަ ލިޔުމަކުން ދަންނަވައިގެން އެކަން ސާފުކުރުމަށެވެ.
ނަމަވެސް، މިނިސްޓަރުންނަށް ރުހުންދޭ މަރުހަލާގައި އެ ބޭފުޅުންނާ އިންޓަވިއު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުުގެ ހުކުމެއްގައި ކަނޑައަޅާފައި އޮވެ އެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވީ ރައީސް އޮފީހަށް ލިޔުމަކުން ދަންނަވައިގެން މިނިސްޓަރުންގެ އެ މައުލޫމާތު ސާފުކުރުމަށެވެ. އެކަމަށް ތާއިދުކުރެއްވި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވިދާޅުވީ އެހެން ގައުމެއްގެ ރައްޔިތެއްތޯ ކޮންމެހެން ކަށަވަރުކުރަން ޖެހޭ ކަމަށާއި ނަމަވެސް، އެކަން ކަށަވަރުކުރާނެ މަގެއް ގާނޫނުގައި ނެތް ކަމަށެވެ. އެހެންވެ، ފިރުޝާން ވެސް ހުށަހެޅުއްވީ ރައީސް އޮފީހަށް ދަންނަވައިގެން މިނިސްޓަރުންގެ އެ މައުލޫމާތު ސާފުކުރުމަށެވެ.
ކޮމިޓީން މިއަދު ނިންމީ މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ރައީސް އޮފީހަށް ހުށަހަޅައިގެން މިނިސްޓަރުންގެ ރަށްވެހިކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚޮބާ ހަވަރޭ ލަތީފް
29 November 2023
ނެޝަނަލް ސެކުއުރިޓީ އެޑްވައިޒަރަކަށް ހުންނަ މީޙާ އަތުގަ އެހެން ޤައުމެއްގެ ޕާސްޕޯޓް އޮތްތޯ ބަލަން ޖެހޭ .
އަބްޑޫޅް +
28 November 2023
ދިވެހީންގެ ތެރޭ އެބަ އުޅެޔޭ، ބޭރު ރަށްރަށުގެ ކާރު ދުއްވުމުގެ ލައިސަނާއި، ލޯރި ދުއްވުމުގެ ލައިސަނާއި، ބަޑި ގެންގުޅުމުގެ ލައިސަނު އޮތް މީހުންވެސް. އެފަދަ މީހުންވެސް ރާއްޖޭގަ މިނިޝްޓަރުންނަށް ވެވުނަ ދީގެން ނުވާނެ. އެ މީހންވެސް، ދަމާ ނެރެ، ހޯއް ގޮވާ، ފަލީހަތް ކޮށްލާ. ސާބަހޭ!
އަބްޑޫޅް +
28 November 2023
ދިވެހިރާއްޖޭގެ ރައްޔިތުން ކުރެ، ވަރަށް ގިނަ މީހުންގެ ދިވެހި ޕާސްޕޯޓެއް ނޯވޭ. އޭގެ ތެރެއިން ގިނަ މީހުން ދުވަހަކުވެސް ޕާސްޕޯޓެއް ނުހައްދާ. ވީމާ ޕާސްޕޯޓު އޮތުމާ، ނެތުމަކީ، ރައްޔިތުކަން ސާބިތު ކުރެވޭ ކަމެއް ނޫން. ޕާސްޕޯޓު ބޭނުންވަނީ، ހަމަ އެކަނި (ބައެއް) ސަރަހައްދީ ރޮނގު ހުރަސްކުރުމަށް. ވީމާ ރާއްޖޭގެ މިނިސްޓަރަކު ހުރެދާނެ، ބޭރު ދައުލަތެއްގެ ޕާސްޕޯޓެއް ނެތި، ބޭރު ދައުލަތެއްގެ ރައްޔިތަކަށްވެފަ. ޕާސްޕޯޓަކި، ހަމައެކަނި ދަތުރުކުރުމަށް ބޭނުންވާ ލިޔުމެއް.
އޮނަރަބްލް އަފީފު ދީދީ
28 November 2023
ވަޒީރުންނަކީ "ރައީސް އަންގަވާ ގޮތަކަށް" ކަންކަން ކުރަަން ތިއްބަވާ ބައެއް. އެކަމަކު ރާއްޖޭގެ ފަރާތުން ޤައުމުތަކަށް ފޮނުވާ އެމްބެސެޑަރުންނަކީ އެޤައުމު ތަކުގައި ދައުލަތްވެސް ތަމްސީލު ކުރާ މީހުން. # އެމްޑީޕީގެ ވެރިކަމުގައި އިޤިރޭސިވިލާތުގައި "ރަށްވެހިވެ ދިރިއުޅޭ" ދިވެހިރާއްޖެއަށް އުފަން "އިޤިރޭސި ރަށްޔިތަކަށް" ކޮންމެފަހަރަކު އިޤިރޭސި އެމްބެސެޑަރ ކަމުގެ މަޤާމް ދެއްވަނީވެސް އެވާހަކަ ޤއ ގައި އެގޮތަށް އެކަންކުރަން އަމުރުކޮށްފައި އޮތުމުންތޯ!؟
ޖޭމުގޭ އަހައްމާދީ
28 November 2023
2028ގަ ޗެކްކުރަން މަޑުކޮށްލަންވީނު
ޙަހަހަ
28 November 2023
ބަލަ ޕާސްޕޯޓު ދޫކުރުމާ ރައްޔިތުކަން ދޫކުރުމަކީ ދެކަމެއް. ގއ ގަ އޮންނަނީ އެހެން ގައުމެއްގެ ރައްޔިތަކަށް ވެގެން ނުވާނެއޭ. ޕާސްޕޯޓު ދޫކުރިއަސް އެ ޝަރުތު ފުރިހަމައެއް ނުވާނެ.
ލޮކ
27 November 2023
ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވިޔަސް ޕާސްޕޯޓް ލިބޭ ޤައުމުތައް ހުރޭ ބޯބުރާންތިތަކާ.
ބަކަމޫން
27 November 2023
ތިގަވައިދު އުވާލަންފެނޭ. ދިވެހިޕާސްޕޯޓެއް އޮތީވިއްޔާ އެމީހަކު ވާނީ ދިވެއްސަކަށް. އިތުރުގައުމެއްގެ ޕާސްޕޯޓެއް އޮތީވިއްޔާ ދިވެއްސަކަށް ނުވަނީތަ؟ ވަޒީރުކަމުގެ ހުވާކުރީމާ އެނިމުނީނު؟
ޢަދުރެންޑިއާޒް
27 November 2023
ފަހަތު ޖީބު ރަގަޅަށް ބަލަންވާނެ
ކުރުކުރު
27 November 2023
ތިމާމެން ކޮށްފައިހުރި ވައްކަން އެހެންމީހުންގެ ބޮލުގައި ބަނދެލަން މިއުޅެނީ. ކިތައް މީހުންބާ ތިކަހަލަ ޕާސްޕޯރޓު ކަލޭމެންގެ ތެރޭގައި އޮތީ.