އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، "މިހާރު" އަށް މިދިޔަ ހޯމަ ދުވަހު އިންޓަވިއު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
29 ނޮވެމްބަރ 2023 - 06:51
ހައްގާ ހަމައަށް ވާސިލްވާނީ އިލްމުގެ މައްޗަށް ހިންގާ ބަހުސްތަކުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވިޔަސް އިސްލާމް ދީން ރަނގަޅަށް ބުނެދެވިފައި ނުވާތީ އެކި ކަންކަމަށް ހަޖޫޖެހުމާއި ފުރައްސާރަކުރުން އެބަ އޮތް ކަމަށެވެ. އެ ފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން ވެސް އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިލްމުގެ މައްޗަށް ބިނާކޮށް ހިންގާ ޑިބޭޓަކީ ވަރަށް މުހިއްމު އެއްޗެއް މުޖުތަމައުގައި އޮތުމަށް. އޭރުން ހައްގާ ހަމައަށް ވާސިލްވުމަށް ފަސޭހަވާނީ."
— Mihaaru (@Mihaarunews) November 29, 2023
ތަފުސީލު: https://t.co/J6JKM54j5N pic.twitter.com/RzXD2aGjn4
ޝަހީމް ވިދާޅުވީ ދީނީ ކަމަކާ މެދު ސުވާލެއް އުފެދިގެން ނުވަތަ ދީނުގައި އޮންނަ ކަމެއް ނޭނގިގެން ފާޑުކިޔާ މީހުންނަށް ގެންގުޅޭނެ ސިޔާސަތަކީ ސުލްހަވެރިކަމާ އެކު، އެކަމެއް ބުނެދިނުން ކަމަށެވެ. އެ ކަންކަން ހައްލު ކުރެވޭނީ މަޑުމައިތިރިކަމާއި ލޯތްބާއި ކުލުނުވެރިކަން ކުރިއަށް ނެރެ، ރަނގަޅު ގޮތް ބުނެދީގެން ކަމަށާއި އިލްމުގެ މައްޗަށް ހިންގާ ބަހުސްތަކާއި ޑައިލޮގްތަކަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އިލްމުގެ މައްޗަށް ބިނާކޮށް ހިންގާ ޑިބޭޓަކީ ވަރަށް މުހިއްމު އެއްޗެއް މުޖުތަމައުގައި އޮތުމަށް. އޭރުން ހައްގާ ހަމައަށް ވާސިލްވުމަށް ފަސޭހަވާނީ. މި ހިދާޔަތުގެ ތެރެއަށް ގެނައުން އެއީ ކުރާނެ މަސައްކަތެއް. ފާޅުކުރާ ހިޔާލަކުން އެކަނި އަދާވާތްތެރިވެ، އެކަން ކުރާނަމަ މުޖުތަމައުގައ ނޭދެވޭ ކަންކަން ހިނގާނެ. މިނިސްޓްރީއަކީ މީހުންނަށް ރަނގަޅު ގޮތް ބުނެދޭ ތަނަކަށް ވާތީ، މެންޑޭޓުގައި އޮތް އެންމެ ރަނގަޅަކަށް ކުރާނެ،" ޝަހީމް އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ދީނާ ގުޅޭގޮތުން އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ދީނީ ހަރުކަށި ފިކުރު ފުޅާވަމުން ދިއުމާއި ދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު ނޭޅުމުގެ ޝަކުވާތަކެވެ.
މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ ސިކުނޑިތަކަށް ވެސް ހައްދު ފަހަނައެޅުން ފޯރާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހިތާމަވެރި ކަންކަން ހިނގާފައިވާ ކަމަށެވެ.
ހައްދުފަހަނަ އެޅުމަކީ ވެސް ފިކުރާ ގުޅިފައިވާ ކަމަކަށް ވާތީ އިލްމު ފަތުރައިގެން އެ ދާއިރާ ހައްލުކުރަަން މަސައްކަތް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވިސްނިފައި އޮތް ގޮތުގައި، ހަރުކަށި ފިކުރު މިއީ ފިކުރީ މައްސަލައެއް. އަޅުގަނޑުގެ ތަޖުރިބާއަކީ މިކަން ހައްލު ކުރެވޭނީ ހަމަ ފިކުރުންނޭ، މާނައަކީ އިލްމު ފަތުރައިގެންނޭ،" މީގެ ކުރިން އެހެން ބައެއް ސަރުކާރުތަކުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، "މިހާރު" އަށް އިންޓަވިއު ދެއްވަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ރާއްޖޭގެ ރަށްރަށުގައި އަސްކަރީ ކުރިމަތިލުންތައް ހިނގާފައި ވެސް އެބަހުރި ކަމަށާއި އިލްމުވެރިން ތިބެގެން ހަރުކަށި ފިކުރުގެ މީހުންނަށް ރަނގަޅު ގޮތްތައް ބުނެދީގެން އެކަން ހައްލުކޮށްފައިވާތީ، ޝަހީމް ގަބޫލުކުރައްވަނީ ކުރިއަށް އޮތް ތަނުގައި ވެސް ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރެވޭނީ އިލްމީގޮތުން މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
"ދީނީ ހޭލުންތެރިކަން އިތުރުކުރަންވީ އީޖާބީ ނަޒަރަކުން. ރަނގަޅަކީ ކޮބައިކަން، ނުބަޔަކީ ކޮބައިކަން ޒުވާނުންނަށް ބުނެދޭންވީ. ޒުވާނުންނާ ގާތްވާންވީ. ދީނުގައި އޮތް ކަންތައްތައް އެ މީހުންނަށް ކިޔައިދޭންވީ. މިހާރު މި ފަށަނީ ފަސް އަހަރުގެ ޕްލޭންގެ ފުރަތަމަ ބައި،" އޭނާ ވިދާޅުވި އެވެ.
ދީނީ ހޭލުންތެރިކަމުގެ ފުރަތަމަ އަހަރު އިސްކަންދޭނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އިސްލާމް ދީނުގެ ހުކުމްތަކާއި އީމާންކަމުގެ ރުކުންތައް އަދި މުޖުތަމައުގައި ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި މުހިއްމު ފިލާވަޅުތަކުގެ މައްޗަށެވެ. އިލްމީ ޒުވާނުންތަކެއް އިސްވެ ކުރާ މި މަސައްކަތް ވަރަށް ކާމިޔާބުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހީމްބެ
30 November 2023
ޝަހީމްއަކީ ވަރަށް ކިބުރުވެރި މީހެއް.
ވާނުވާ
29 November 2023
ބަލަ 100% އިސްލާމީ ގައުމެއްގަ ދީނަން ފުރައްސާރަ ކުރާ މީހުންވެސް އުޅޭތަ؟ މިގައުމުތަ 100% އިސްލާމީ ނޫނީ ގައުމުގަ އުޅޭ މީހުންތަ؟ 100% އިސްލާމުންނަށްވެގެން މިއުޅެނީ
އަނދަނގޮޑި
29 November 2023
އައިގޮތަކަށް މިރާއްޖެއަށްވެސް މިއޮތީ ތިދީން އައިސްފަ މިރާއްޖޭ މީހެއްވިއްޔާ ތިދީނަށް އުޅެން ގާނޫނުން އޮތީ މަޖުބޫރުކޮށްފަ ބަހުސްކުރާ ވާހަކަ ނުދައްކާ ދީނަކީ ދީން އެދީނުގަ އޮތްގޮތަކަށް އުޅުންނޫންގޮތެއް ނޯނާނެ މިގައުމުގައެއް އެމީހާގެ އަމިއްލަ ބުއްދީގަ އުޅެންބޭނުންމީހާ ޖެހޭނީ އެހެން ގޮތެއްހޯދަން
ކާންދޭމީހާ
29 November 2023
އަރަބިން ކައިގެން ތިބިއްޔާ ދިވެހިންތިބޭނީ ކައިގެންނޭ ވިދާޅުވި ބޭފުޅެއް. އަރަބިންތިބީ ފިސާރި ވަރަކަށްކައިގެން ބޭސްފަރުވާކޮށްގެން. އެކަމަކު އަތްފޯރާފަށުގައި އަރަބިންނަށް ނިސްބަތްވާ ފަލަސްތީނު މީހުންތިބީ ނުކައި. އަރަބިން ނޫޅެ އެކަމާއެއް. ދެން އަހަރަމެން މީކޮންބައެއް. ވޯޓް ހޯދަންވެސް ދައްކާފަ ނުދައްކާކަށް ވާހަކައެއްނޯވެ.
ބަހާ އަމަލާ ދިމާކުރަން މަސައްކަތް ކުރޭ
29 November 2023
ގަމާރުން ހައްދައިގެން ވެރިކަން ހޯދުނީމަ ނިމުނީ، 100% މުސްލިމް ގައުމެއްވީމަ އަސްކަރީ ގޮތުންވެސް ފަލަސްތީނަށް އެހީވެވޭ މިންވަރަކުން ވާކަށް ނުޖެހޭތޯ؟ ފައުޖުތަށް މިތާ ބިސްގަނޑު ކާނދޭން ބޭތިއްބިމަ އޯކޭ ދެއްތޮ؟ އެއްޗެއް ނެތިއްޔާ އަހަރެމެނަށްވެސް ގާ އުކޭނެ. މުހިއްމީ ނުވާވަރުން ފޮނިކަނޑާފަ ހޯދި ވެރިކަން ދެމެހެއްޓުން ދެއްތޮ؟
ލަތީފާ
29 November 2023
ދެއްކުން ތެރިކަމާއި މީޑީޔާއިން މައްޝޫރުކަން ހޯދުމަށް ދެވިހިފުމަކީ ހާދަ ދެރަކަމެކެވެ. އަޅުގަނޑުގެ އަހް ޝަހީމް އަށް އެދެން ބަސް އަދި ފޮޓޯ މަދުކޮށް މަސައްކަތް ކުރަން. ތިޔަ މަސައްކަތުގަ ބަރަކާތް ލެއްވުމަށް އެދި ދުވާކުރަން.
ކަނބިލި
29 November 2023
ޝަހީމުގެ ސިޔާސަތުތޯ ސަރުކާރުގެ ސިޔާސަތުތޯ؟
ސަލީމު އިދުރީސް
29 November 2023
ތިހެންވިއާ ވަރައް އިހުލާސްތެރިކަމާއެކު ސަހީމުޢާ ސުޥާލު ކުރައް ދެމަފިރިޔަކު އަބިފިރި ކަމުގެ ގުޅުން ހިންގުމަކީ ހަރާމް ކަމެއް ނޫނަސް ރޯދައައްހުރެ އެކަން މުރީމަ ރޯދަ ކަމުނުދާއިރު ކަނޱައެގެން އެކަލާންގެ ހަރާމް ކުރެއްވި ބަނގުރަލާ އޫރުމަސް ވިއްކަމުން އަދި އުފުއްލަމުން ހިފާ ރޯދަ ކަމުދާނެތޯ؟ މިސުވާލު މިކުރީ ބަނގުރަލައް އޯޱަރުދީ ރާއްޖެ އަންހަމައިން އެކިރައްޔިތުން އެމިންވަރައް އެކަމުގަ ސާމިލުވާތި
ރަމަ
29 November 2023
ކަންދެއްކުމާއި ވަޒީފާގެ ހިމާޔަތުގައި ކަންކަންކުރުންނޫންކަމެއް ޝަހީމަކަށް ނުކުރެވޭނެ މީގެ ކުރިންވެސް ކަންކަން ކުރެވި ދެއްކިފައިހުރި މީހެއްނޫން ޝަހީމަކީ! ބޮޑެތި ތުހުމަތުތަކެއްކުރެވި 5 އަހަރުގެ ދައުރެއް ނިންމާފަދިޔައީ ރައީސް ޔާމީނުގެ ވެރިކަމުގައި!
އަލި ކިލެގެފާނު
29 November 2023
ޝަހީމަކީ ކަންކަން ކުރެއްވުމުގެ ރޫޙު ހުރި ބޭފުޅެއް. އެކަމަކު މިނަށް ވުރެ ބޮޑަށް ނޫސްތަކުން ޖާގަ ހޯއްދެވުމައި ސޯޝަލްމީޑިއާހައި ޒާތު އިޝްތިހާރުކުރައްވަން އުޅުއްވާ ގޮތުން މީހާގެ ޝަޚްޞިއްޔަތު ޖޯކަކަށް ވެދާން ކައިރިވެއްޖެ. ދެން އެކަމަކު އަމިއްލަ ޒާތު ސާބިތުކުރުން ގޯހެކޭ ނޫން. އެކަމަކު ތަންކޮޅެއް ޓޯއީކޮށް ކުޑަކުދިން ބޮޑެތި މީހުންގެ ސަމާލުކަން ހޯދަން އުޅޭހެން އުޅުނީމާ ބޮޑެތި ޢިލްމުވެރިންނަކާ ނުގުޅޭ .
ފުރެއްދި
29 November 2023
ރަގަޅަށް ޢިލްމީ ދިރާސާކޮށް ފޮތްތައް ބަލާ ކިޔާ ހަދާ މީހުން ދީނުން ފުރެދި ހަދީސް ގަބޫލް ނުކޮށް ޤުރްއާނިޒަމް ފަދަ އައު މަންހަޖްތަކަށް އެނބުރިގެން ދަނީ ވެސް. ޢިލްމީ ދިރާސާ ކުރި ވަރަކުން ވިސްނުން ބަދަލް ވޭ