މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަންނަވަނީ.
15 އެޕްރީލް 2025 - 14:06
މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހުއްދަ ދެއްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޝެއިހްގެ އެ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާންމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވާނެ ކަމަށެވެ.
އެ ދަތުރުފުޅުގައި ރާއްޖޭގެ އިލްމުވެރިންނާ ވެސް ބައްދަލުކުރައްވައި ސައުދީ ސަރުކާރުގެ އެހީގައި ހަދާފައިވާ ސަލްމާން މިސްކިތަށް ވެސް ޒިޔާރާތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެެވެ.
މިނިސްޓްރީން ބުނި ގޮތުގައި އިސްލާމީ މުއައްސަސާތަކަށް ޒިޔާރާތް ކުރެއްވުމުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ވެސް ކުރައްވާނެ އެވެ.
މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަންނަވަނީ.
މިނިސްޓްރީން ބުނީ ހަރަމްފުޅުގެ އިމާމަކު، ފާއިތުވި 40 އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރާތް ކުރައްވާފައި ނުވާ ކަމަށެވެ.
މީގެ ކުރިން ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގަތީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހް މުހައްމަދު އައްސުބައްޔިލް އެވެ.
މިފަހަރު ރާއްޖެ ވަޑައިގަންނަވާ މަދީނާގެ ހަރަމްފުޅުގެ އިމާމަކީ ވެސް ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ހަރަމްފުޅުގައި އިމާމުވެ، ތަރާވީހް ނަމާދު ވެސް ކުރައްވަ އެވެ. އަދި އެ ބޭފުޅާއަކީ އިސްލާމީ ދުނިޔޭގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
16 April 2025
ތިޔައިގެން ހުރިހާ ފައިދާއެއް ވާނީ ސަހީމުއަށް! އަހަރުމެންނަށް ވަރިހަމަ ތިޔަ ދެފުއްކެހެރިން މިގައުމަށް ނަޔަސް!
ޔަޒޫ
16 April 2025
އަހަރަމެންނަ ހެޔޮ ދެފުއްކެރި މީހުން ނަޔަސް, އިޒުރޭލަށް ވާގިވެރިވާ މީހުން
ހާފިޒް ރަސާދު
16 April 2025
އިމާމަށް ދަންނަވާތި ރައްޔިތުން ބޭނުންގޮތައް އިޒްރޭލް ޕާސްޕޯޓްވެސް މަނާކޮއްފީމޭ. ދެން ޔަހޫދީން ރާއްޖެއަޔަސް އިޒްރޭލް ޕާސްޕޯޓެއް ނުގެނެވޭނެޔޭ.
ހޭއިހޯއިހާއި
15 April 2025
މިތާގަ ހާދަ ހޭޓާރސް ގިނައޭ ދޯ؟ ކަލޭމެން އެންމެން ދީނީ ކަންކަން މާބޮޑައް އިނގިގެންގޮސް ހަރުފަ ނިގޫ ކަޔޭ ބުނާގޮތައް، ކުފުރު ތިވަނީ މިހާރު. މިވަރުގެ ބޭފުޅެއް ރާއްޖޭ ޒިޔާރަތް ކުރާތީ އުފާވުމުގެ ބަދަލުގަ އަބަދު އެންމެނަށް ހަސަދަލާ މީހުންގެ ކަންކަން މާބޮޑައް އިނގިފަ ތިބި ބަޔަކަށް ވުން އެއީ ވަރަށް ދެރަ ކަމެއް. ގައުމުގައި މިހާރު ހާދަ ހިތުތެރޭ ހަސަދަ އާއި ނަފްރަތު އަށަގަނެފަ ތިބި މީހުން ގިނައޭ. ވަރަށް ދެރަ ދެން!
ސަލީމު އިދުރީސް
15 April 2025
ބަލަ މިކަހަލަ އިމާމުންގެ ދައުރު ނޭގޭ މީހުންނައް ވިސްނޭނީ ތިގޮތައް! އަދުއިންސާފޭ ކިއަމުން ރަސްކަމާ ނުހޭމީހަ ސަރިއަތަކާނުލައި ގެރި ކޮށާހެން ކޮށާލާފަ ވަލައް އުކާލާލީމަ އެކަމާ ނުރުހޭ ރައްތުން އެވާހަކަ ދައްކަންފެށީމަ މިދަ އިމާމިން ހައްގުބަހުހެގޮތުގަ ބުނާނީ ވެރިންނައް ކިއަމަންވާން ޖެހޭނޭ! މަރާލެވުނު މީހަހައްގުގަ ވާހަނުދައްކާނެ
ހެހެހެ
15 April 2025
މަހީކުރީ ސަލްމާން މިސްކިތްވެސް ހުޅުއްވައި ދެއްވާނެކަމަށް. އެމިސްކިތް ރަސްމީކޮށް ހުޅުވަން ސަރުކާރުން ބޭނުންނުވަނީބާއޭ ހިތަށްއަރާ ވަރަށްގިނައިން.
މަ ބުނީ
15 April 2025
މަ ބުނީ މަސްޖިދުލް ސަލްމާނުގެ ނަންބޯރޑު މަތީ އޮޅާފައިވާ ސަތަރި އެއްލާލެވޭތޯ މަސައްކަތްކުރާނެ ގޮތެއް އަދިވެސް ނުފެންނަނީތޯ ! އެ މިސްކިތް ރަސްމީކޮން ހުޅުވޭނެ ގޮތެއްނެތީތޯ ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ ؟
ސަލީމު އިދުރީސް
15 April 2025
ރަންނަމަޜީ ކަނޑު ފެއްތި ދަތުރުގެ ފައިދާ ސައުދީއައް ބޯކޮންލިބޭ މިހާރުވެސް! ތިއަކީ ސައުދީގެ ދެމެހެއްޓެވި އިގުތިސޯދު ހީނަރުވިއަނުދީ މީހުންގެ ބޯކާލަން ކުރާ ދަތުރެއް ވީމަ ފައިދާ ލިބޭނީ ހަމަ ސައުދީއައް
ބަރަބ
15 April 2025
ތިޔައީ އަބަދުވެސް މުސްލިމުންނާ އިސްލާމްދީނަށް ހިތުގަ ހަސަދަވެރިކަން އޮންނަ މީހެއް.
އުސްމާނީ ހަލީފަ ވެސް ފުނޑުނީ!
15 April 2025
އެންމެހާ ދިވެހިން! ކުރަންހުރި ހުރިހާ ކަމެއް ހުއްޓާލާ އަތް ޖަހާ! ފައިގާ ބޮސްދޭން ތައްޔާރުވޭ! މިގައުމުގެ ހަގީގީ ވެރިންގެ އެބަ ވަޑައިގަންނަވާ!
ކުދޭ
15 April 2025
ވެލްކަމް މޯލްޑިވްސް