28 ނޮވެމްބަރ 2023 - 14:48
"ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް މާޒިޔާ ސްޕޯޓްސް ކްލަބަށް ސަރުކާރުން މާލީގޮތުން ބޮޑު އެހީތެރިކަމެއް ވެދިނީ މި ސަރަހައްދުގެ ބޮޑެތި ކުލަބުތަކަކީ މިއަދު މާލީގޮތުން ވަރުގަދަ އަދި އަގުބޮޑު މޮޅެތި ބިދޭސީ ކުޅުންތެރިން ހިމެނޭ ކްލަބު ތަކެއްކަމުން، އެކުލަބުތަކުގެ މައްޗަށް ކާމިޔާބު ހޯދުމުގެ އުންމީދުގައި."
އޭއެފްސީ ކަޕްގައި މާޒިޔާގެ ފުރަތަމަ މެޗުގައި، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުން މޮޅުވުމުން، އޭރު ސްޕޯޓްސް މިނިސްޓަރުކަމުގައި ހުންނެވި އަހްމަދު މަހްލޫފް ވިދާޅުވި ވާހަކަ އަކީ އެއީ އެވެ.
މަހްލޫފްގެ މިނިސްޓަރުކަމުގައި ސަރުކާރުން މި އަހަރު ވެސް މާޒިޔާ އަށް ގާތްގަނޑަކަށް ތިން މިލިއަނެއްހާ ރުފިޔާ ދީފައިވެ އެވެ. އޭނާ ފާހަގަ ކުރެވުނީ، އެހެން ކްލަބްތަކަށް ވުރެ ބޮޑަށް "މާޒިޔާ އަށް ފެއާ ކުރާ" ބޭފުޅެއްގެ ގޮތުގަ އެވެ. އޭއެފްސީ ކަޕުގައި ވާދަކުރާތީ މާޒިޔާ އަށް އެކަނި ކޮންމެ އަހަރަކު، ދެ މިލިއަނާ ގާތްކުރާ އަދަދަކަށް ސަރުކާރުން ފައިސާ ދިނެވެ.
މި އަހަރުގެ އޭއެފްސީ ކަޕްގައި ވެސް މާޒިޔާ އަށް ކުރިއަކަށް ނުދެވުނެވެ. އިއްޔެ ޑާކާގައި ބަޝުންދަރާއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތް އިރު ވެސް މާޒިޔާ އަށް އޮތީ މުޅިހެން ފުރުސަތު ގެއްލިފަ އެވެ. އިއްޔެ މެޗުން ބަލިވުމުން އެ ޓީމަށް އޮތް މެތެމެޓިކަލް ޗާންސް ވެސް ގެއްލި މުބާރާތުން ކެޓީ އެވެ.
ކާވާ ބީޗު ވޮލީ ޓުއަރ ގައި ރާއްޖެއަށް ސިލްވަރ މެޑަލް 🥈ހޯދައިދިން އަރުތަ ޕްރޮގްރަަމްގެ ދެއެތުލީޓުން ކަމުގައިވާ ސާޖިދު އަދި އެޑަމް އަށް މަރުހަބާ. 🏐🇲🇻
— Ahmed Mahloof (@AhmedMahloof) September 19, 2023
އަދި މިއަދު އޭއެފްސީ ކަޕުގައި ބަންގްލަދޭޝްގެ ވަރުގަދަ ބަޝުންދުރަ ކިންގްސް ބަލިކޮށް މާޒިޔާ އިން ހޯދި ކާމިޔާބީއަށް މަރުހަބާ.… pic.twitter.com/NkBGviBWg2
އެ ވަރަށް މާޒިޔާ އަށް ފައިސާ ދިން އިރު ވެސް، އޭއެފްސީ ކަޕްގައި ކުރިއަށް ނުދެވުނީ ކީއްވެހެއްޔެވެ. މަހްލޫފް އެ ވިދާޅުވި "މާލީ ގޮތުން ބޮޑު އެހީ" ގެ ނަތީޖާ ނުފެނުމުގައި ސަބަބުތަކެއް އެބަހުއްޓެވެ.
"މާޒިޔާ އަށް އެކަނި ކިތަންމެ ގިނަ ފައިސާއެއް ދިނަސް މިކަމެއް ނުވާނެކަން މި އެނގެނީ. ފުޓްބޯޅައިގެ އިންވެސްޓްމެންޓަކީ އެހެން ކުރާ ކަމެއް ނޫން. ފުޓްބޯޅަ އަށް އިންވެސްޓް ކުރަނީ އޭގެ ފަހަތުގައި ޕްރޮޖެކްޓެއް އޮވެފައި އެ ޕްރޮޖެކްޓަކަށް. އެ ޕްރޮޖެކްޓް ވާން ޖެހޭނީ ރަނގަޅު ސިސްޓަމެއް އޮތް ޕްރޮޖެކްޓަކަށް،" ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް އިސް މަގާމެއް ކުރިން އަދާކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.
"މިސާލަކަށް ރާއްޖޭގެ މުޅި ލީގު ވަރުގަދަ ކުރަން އިންވެސްޓް ކުރުން. އެންމެ ކްލަބަކަށް އެކަންޏެއް ނޫން. ފައިސާ ހޭދަކުރަންވީކީއެއް. އެހެން ކްލަބްތައް ވެސް ވަރުގަދަވީމަ. ލީގުގެ ވާދަވެރިކަން ބޮޑުވަނީ."
ރާއްޖޭގެ ލީގުގައި ވާދަވެރިކަމެއް ނެތުމުން، އޭއެފްސީ ކަޕްގައި މާޒިޔާ އަށް ވެސް އޭގެ އަސަރު ކުރާކަމަށް، އެ ޓީމުގެ ކޯޗު މިލޯމިރް ސެސިލިއާ (މިލޯ) ވެސް ކުރިން ވަނީ ބުނެފަ އެވެ.
އޭއެފްސީ ކަޕް 2013 ގެ ކުއާޓާ ފައިނަލަށް ނިއު ރޭޑިއަންޓް ދަތުރު ކުރި އިރު، އެ ކްލަބްގައި އޭރު މަސައްކަތް ކުރި އޮފިޝަލަކު ބުނީ، އޭއެފްސީ ކަޕް އާ ފޯމެޓްގައި ގުރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހޭ ޓީމުތައް އަހަރެއްހާ ދުވަސް ކުރިން އެނގިފައި އޮންނަ އިރު ވެސް އެ ކްލަބްތަކާ ވާދަކުރަން އެކަށީގެންވާ ޕްލޭނެއް ރާއްޖޭގެ ފުޓްބޯޅައިގައި ނެތް ކަމަށެވެ.
"އާ ފޯމެޓަށް ގެނައި ބަދަލާ އެކު އިންޑިއާ އާއި ބަންގްލަދޭޝް ފުޓްބޯޅައާ ވާދަކުރަން އެކަށީގެންވާ ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރުމުގައި (ރާއްޖެ) ފެއިލްވުން،" މާޒިޔާ އަށް މިފަހަރު ވެސް އޭއެފްސީ ކަޕްގައި ނާކާމިޔާބާ ކުރިމަތިވި ބައެއް ސަބަބުތައް ހާމަކުރަމުން ނިއު ރޭޑިއަންޓްގެ ކުރީގެ އޮފިޝަލް ބުންޏެވެ.
ޑޮމެސްޓިކް ފުޓްބޯޅައިގައި ވާދަވެރި ކަމެއް ނެތުން. ދުރާލާއި ރޭވިގެން ފުޓްބޯޅަ ކެލެންޑަރު ހެދިފައިއެއް ނޯވޭ. ހޯމް ލެގަށް "12" ވަނަ ކުޅުންތެރިޔާ [ސަޕޯޓަރުން] ނެތުން. ވިނިން މެންޓަލިޓީއެއް ނެތް. މިހާރު ބަލިވުމުން އެއްވެސް ކުޅުންތެރިޔަކު ދެރަވެ ހިތާމަކުރާތަނެއް ނުފެނޭ. އެކަމަކު ކުރިން (މެޗަކުން) ބަލިވީމަ އެކަން ފެނޭ."
ނިއު ރޭޑިއަންޓުން 2005 ގައި އޭއެފްސީ ކަޕްގެ ސެމީ ފައިނަށް ދަތުރުކުރި އިރު ރާއްޖެއަކީ މި ސަރަހައްދުން އެންމެ ވާދަވެރި ޑޮމެސްޓިކް ފުޓްބޯޅައެއް އޮތް ގައުމެވެ.. މެދުއިރުމަތީގެ ވަރުގަދަ ކްލަބްތަކާ ދެކޮޅަށް ވެސް ނިއު އިން ވަރުގަދަ އަށް ވާދަ ކުރި އެވެ. ސެމީ އާއި ކުއާޓާ އަށް ދަތުރު ކުރި ދެ ފަހަރު ވެސް އެ ޓީމު ބަލިވީ އެ މުބާރާތުގެ އެ ދެ އަހަރު ވެސް ޗެމްޕިއަންކަން ހޯދި ދެ ޓީމު އަތުންނެވެ.
ފޮޓޯ: ބަޝުންދަރާ ކިންގްސް
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ1
29 November 2023
ނިއުވެސް ވިކްޓަރީވެސް ހަލާކުވެގެން ދިއައީ އަމިއްލައަށް. ސިޔާސީ މީހުން ވެރިންނަށް ލައިގެން ސަޕޯޓަރުން ބައިބައިވެ ޓީމު ގެއްލުނީ. ނުފޯރާ ފަށުން ޚަރަދުކޮށް ދަރަނި އަރައިގެން ދިއައީ. މާޒިޔާ ކިތަންމެ މޮޅު ކުޅުންތެރިން ގެނައަސް ވަރުގަދަ ލީގެއް ނެތި ކުރިއަކަށް ނުދެވޭނެ
ޝޯމޭން
29 November 2023
ތިމާޒިޔާ މެނޭޖުމަންޓު ތިއީ ވަރަށް ފިނޑި ބައެއް. ކުރީގަ ވިކްޓްރީ އަދި ނިއު ހުރިހިސާބުން އެމީހުންނާ ކުޅެގެން ކުރި ނުހޯދޭނެތީ ބައްސާމުއާ ބައްޔަތު ހިފައިގެން ރާއްޖޭގެ ސަޕޯޓަރުން އެންމެ ގިނަ މިދެޓީމުގެ ދުވަސްދުއްވާލާފަ ވާދަވެރި މެޗެއް ނެތޯ. މިލޯ ފަކީރަށް ކޯޗެއްތަ އިނގޭނީ. ތިމުބާރާތުންވެސް މޮޅުވާން ބޭނުމިއްޔާ އޭއްފްސީ ބޮޑުންނާ ގުޅިގެން ފަހަރަކު ޓީމެއްގެ ދުވަސް ދުއްވާލަން މަށަށް ފެންނަނީ. އާދެން އެބަޔަކު މޮޅުވާގޮތަކަށްދޯ އެބަޔަކު މޮޅުވާނީ.
ތުނޑުހަސަނު
28 November 2023
މާޒިޔާއަކީ ރާއްޖޭގެ ލީގު ހަލާކުކޮށްލުމުގެ ބައިވެެރިއެއް. ބައްސާމު ބޭނުންވީ މަގާމު. މާޒިޔާ ބޭނުންވީ އެހެން ކްލަބަކުން ތަށި ގެންދިޔަ ނުދިނުން. އެކަން ކުރުމަށްޓަކައި ބައްސާމާ ހެދި ޑީލެއްގެ ތެރެއިން ވާދަވެރިން ދުއްވާލީ. ދެން އަތުއަޅުވާލީ އަބަދު ހޭވެރިކަމުގައި ނުތިބޭ ބައިގަނޑު. އެމީހުން ބޭނުމީ ލާރިކޮޅެއް. އެއީ ކްލަބްތަކެއްްނޫން. މިހާރު މިފެންނަނީ އެކަމުގެ ނަތީޖާ. ބައްސާމާއެއްވަރަށް މާޒިޔާވެސް މިކަމުގައި ޒިންމާވޭ. މާޒިޔާއަށް ސަލާން. ބައްސާމަށް ސަލާން.
ވައްހާބު
29 November 2023
މާޒިޔާއަށް ސަލާމް ބައްސާމަށް ވައްސަލާމް
ބަބުރުއްސާދާ
28 November 2023
ބައްސާމު ކެއްކި ގަރުދިޔަގަޑަށް މަހުލޫފު ވެއްޓި އެކޮއި ބްރެެއިން ވޮޝްވެ ހުރިހާ ކަމެއް ގޯހުން ގޯހަށް ދާންފެށީ.
އާރީ
28 November 2023
ނިއުރޭޑިޔަންޓް އަދިވެސް ކާމިޔާބު ހޯދާނެ. އިންސާ ﷲ
މިއައު
28 November 2023
ގޭންގު ފުޓުބޯޅަ. ފުޓްސެލް ދަނޑު ބެހުން. މިއީ ކޮންމެ ހެނަކުން ފުޓުބޯޅަ ކުރިއަރުވަން އުޅޭ ބައެއް ނޫން
މޯޑް
28 November 2023
މާޒިޔާ ތި ފައިސާތައް އޮށްސާލައިގެން އެފްއޭއެމްގެ ރައީސް ވަކިކޮށްބަލަ..ދިވެހި ފުޓްބޯޅައަށް ހެވެއް އެދެށްޏާ
ސަފޯޓަތ
28 November 2023
ތީ މާޒިޔާ އަމިންލައަށް ބުއި ބޮޑިއެއް. ނިއުރޭޑިޔަންޓް ހޯދި ކާމިޔާބީ ހޯދަށް މާޒިޔާވެސް އަޑީގަ އޮވެގެން އެފްއެންމާ ގުޅިގެން ނިއު ސަސްފެންޑްކުރީ. ހެކި އެބަހުރި . މިއަދު މާޒިޔާ ހިތާމަ ކުރާނެ ވާދަކޮށްލާނި ޓީމެއް ލީގުގަ ނެތީމަ. ކޯޗްވެސް އެކަންފާހަގަ ކޮށްފި. އަހަރަމެން މިވާހަކަ ދަށްކާތަ ކިތައްމެ ދުވަހެއް. މާޒިޔާއަށް ހެޔޮވިސްނުން މިންވަރުު ކުރަށްވާ މާޒިޔާ ތި ކުރާ މަސައްކަތް ކަތުގަ ކާމިޔާބު ލަށްވާށި. އާމިން
ޙުސެނު23
28 November 2023
ޢަނެއްކާ ތިހެކިތަކަކީ އެމެރިކާއިން އިރާގަށް އަރަން ވެގެން ކީކަހަލަ އަދި އިޒްރޭލުން ޤާޒާގެ ހޮސްޕިޓަލް ތަކަށް ބޮންއަޅަން ކީކަހަލަ ހެކި ނޫން ކަމަށްވަންޏާ އަދި ފުޓްބޯޅަ ދެކެކުޑަވެސް ލޯބެތް ހުރިއްޔާ އަވަހައް ހާމަކުރޭ