ޔާމީން ޕާޓީގެ އިސް ބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
28 ނޮވެމްބަރ 2023 - 17:58
ޕީޕީއެމް ދޫކުރެއްވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ދަރިކަލުން، ޒޭން އަބްދުﷲ ޔާމީންގެ މުއައްސިސްކަމުގައި ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށައި ހުއްދަ އަށް ވަނީ އެދިފަ އެވެ. އެ ހުއްދަ އަދިވެސް ނުލިބޭތީ، ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފައުންޑިން މެންބަރު އަދި ޔާމީން އެންމެ ބޮޑަށް އިތުބާރު ކުރައްވާ އެއް ބޭފުޅާ އަހުމަދު މުސްތަފާ ވަނީ އެކަމުގެ ކަންބޮޑުވުން އީސީގެ ރައީސް ޓެގް ކުރައްވައި "އެކްސް" ގައި މިއަދު ފާޅުކުރައްވައިފަ އެވެ.
އެކަމަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ، ޕީއެންއެފް އުފެއްދުމާ ގުޅޭ ލިޔެކިޔުންތައް އީސީ އަށް ލިބުނީ އިއްޔެ ހަވީރު ކަމަށެވެ. އޭނާ ވިދާޅުވީ، ދިމާވި މައްސަލަތައް ހައްލުކޮށް މާދަމާ ހުއްދަ ދޭނެ ކަމަށެވެ.
ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެ މަނިކުފާނު އިސްވެ އުފައްދާ ޕާޓީއާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވަނީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖަމީލުގެ އާއިލާގެ ބޭފުޅެއް ކަމަށްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
ޕީއެންއެފް އަށް މީހުން ސޮއިކުރުމުގެ މަސައްކަތް މިހާރު ވަނީ ކުރިން ޕީޕީއެމް ހިންގި އޮފީސް، ހ. ހުރަފާގައި ފަށައިފަ އެވެ.
ޕީއެންއެފްގެ ކުލައެއް ކަމަށް ކަނޑައެޅީ ދަނބުކުލަ އެވެ.
ޔާމީނަކީ ގައިދީއަކަށް ވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެ މަނިކުފާނަކަށް ނެތެވެ. ޕީޕީއެމްގެ ރައީސަކީ ޔާމީން ކަމަށް އެ ޕާޓީން ނިންމާފައި އޮތަސް މަނީލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ ޕީޕީއެމްގައި ވެސް އެ މަނިކުފާނުގެ ގާނޫނީ ހައިސިއްޔަތެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޔަވަޅު
29 November 2023
އެއްވެސް ކަމެއް ވެގެނެއް ނޫން ޕާޓީ އުފެއްދީ . ހަސަދަ ވެރިކަމުން މުއިއްޒު ވެރިކަން ކޮއްފާނެތީ . ޖަމީލާ މަލީހަށް ބޮޑެތި މަޤާމުތަޢް ނުލިބުނީމަ . ޔާމީނަށް ރަސްގެފާނު ކިޔާކިޔާ އެކަން އެ ހުރީ އެމަނިކުފާނަށް ޤަބޫލް ކުރެވިފަ
ސީރިއަސް ފައިސާގެ ކުށް
29 November 2023
ޔާމީނުގެ ޕާޓީއޭ؟؟ ގާނޫނުގެ ދަށުން ޔާމީނުގެ ޕާޓީއެއްނޯންނާނެއެވެ. ވީމާ ހަގީގަތާއި ޚިލާފު ފެތުރުން ހުއްޓާލާ! އަދި އާއްމުންގެ ތެރޭގައި އެހެން ވާހަކަ ދައްކާކަމަށް ވަންޏާ އީ.ސީ. އިން މައުލޫމާތު ރަގަޅުކުރުމަށް ގޮވަން ޖެހޭނެ. އަދި ޔާމީނުގެ އެއްވެސް ރޯލެއް އެޕާޓީގައި ވާކަމަށް ވަންޏާ ޔާމީނަށާއި އެ ޕާޓީއަށް ފިޔަވަޅު އަޅަން ޖެހޭނެ.
ރަދީފްއޮފިޝަލް
28 November 2023
ގުޑް ލަކް ބްރަދާސް.
އެސް ޒެޑް
28 November 2023
މިހުންނަނީ ދުނިއޭގައި ކަންހިނގާ ގޮތް! މިދިޔަ ސަރުކާރުގައި ތި އަދުރޭމެންނަަށް އޯކޭ ޔާމީނަކީ ޕީޕީއެމްގެ ރައީސް އަދި ރިޔާސީކެނޑިޑޭޓް ކަމަށް ޤަބޫލުކޮށްގެންތިބެން، އެކަމަކު މުޢިއްޒު އިންތިޚާބުވީ ހިސާބުން ކުރިންދެއްކި ހުރިހާވާހަކަތަކާއި ވިހާ ވަޢުދުތައް މިވަނީ ކެންސަލްވެފަ. ގައިދީއަކަށްވީތީ ޕާރޓީގެ އިސްލީޑަރެއްގެ އެއްވެސް ޤާނޫނީ ހައިޞިއްޔަތެއް ނެތްކަމަށް އެއްކަލަ އަދުރޭމެން ބުނެ އެންމެފަހުން ޕާރޓީންވެސް ޔާމީން ބޭރުކޮށްލާފައެވަނީ
ސަލީމު އިދުރީސް
28 November 2023
ހަޑި ހީލައްތެރިގޮތުގަ ވެރިކަމައް އައިމީހުނާ ދެކޮޅައް ޔާމީނު ފާޓިއަށް ސޮއިރުމަކީ ގައުމައް މިވަގުތު އެންމެ ފައިދާ ހުރި ގޮތްމައްދެކެން ފޮޓޯވަގައްވުރެ ޔާމީނު މާރަނގަޅުވާނެ
ސީޒަން ޖެކްޝަން
28 November 2023
ޔާމީނުޕާޓީއޭ ނުކިޔާ. ޒޭންޕާޓީއޭ ކިޔާ.
ލަބްޔާ
28 November 2023
މި ގައުމުގެ ތަރައްގީގެ ބައްޕަ ރައީސް ޔާމީންގެ ފޮޓޯކޮޅު ދައްކައިގެން އެމަނިކުފާނުގެ ނަންމަތީ ވެރިކަން ކުރަން އައި މީހުން އެމަނިކުފާނަށް ހަދަމުން މިދަނީ ވަރަށް ހަޔާތްކުޑަ ގޮތަށް. ވަގުތުން ސަރުކާރު އިސްތިއުފާދޭން ޖެހޭ. ރައްޔިތުން ވޯޓު ދިނީ ސީދާ ރައީސް ޔާމީނުގެ ރޫހަށް. އެމަނިކުފާނުގެ ތަރައްގީއެއް އަދުރޭ އަކަށް ނުގެނެވޭނެ.
33234
28 November 2023
މައުމޫނުގެ ފޮޓޯ ދައްކައިގެން ޔާމީނު ވެރިކަމައް އައިސް މައުމޫނަށް ހެދިގޮތް ހަނދާން އެބަހުރިބާ
އަލީމު
28 November 2023
ވައްކަމުގެ ބައްޕަ!
އެނެލިސްޓް
28 November 2023
ރައްޔިތުން އަބަދުވެސް ވޯޓުދެނީ ބަދަލަކަށް. ވަކި މީހަކަށް ވަކި ޕާޓީއަކަށްނޫން. ވަކި މީހަކަށް ޕާޓީއަކަށް ރައްޔިތުން ވިކި ހުސްވެފަ ތިބޭނަމަ ޔާމީނަށް ދެވަނަ ދައުރު ލިބުނީސް. ނަޝީދު އަލުން ވެރިކަމަށް އައީސް. މައުމޫނު 35 އަހަރު ވެެރިކަން ކުރީސް
ސަސި.
28 November 2023
ކީއްކުރަން މާދަމާއަށް ލަސްކުރަނީ. މަލީހު އެއުޅެނީ ނުނިދާ. މިރޭ ތިކަން ނިންމަންވާނެ
ކުރުސީ ކޮއްކޮ
28 November 2023
ޕާޓީ ތަށް ފަޅިވެ ރޫޅި އެހެންޕާޓީ އުފައްދާ ގޮތުގެ މާޒީ އަށް ބަލާއިރު މައުމޫންއާ އަންނިއަށް ވީވަރު ނޫން ވަރެއް ޔާމީނަކަށް ވެސް ނުވާނެ. ކުރީގެ ރައީސަކު އަލުން އަނބުރާ ވެރިކަމަށް އަންނަން 50 އަހަރު ނަގާނެ. އިބޫ ވިޔަސް ދެން ވެރިކަމަކަށް ނާންނާނެ. މުއިއްޒަށް ދައުރު ހަމަވުމާ މެދު ޝައްކު. އެކަމު މަގުމަތިން ދެން ވެރިކަމެއް ނުވެއްޓޭނެ.
ގެދާނޯމޮސް
28 November 2023
ސުވާލަކީ ! އައުޕާޓީ އެއް އުފަށްދައިގެން އަނެއްކާވެސް ޔާމިންއަށް ހެޔޮއެދިގެން އުޅޭބަޔަކު ވެރިކަމަށް އައިސްގެން ޔާމިން މިނިވަން ކުރަން އުޅެނީތޯޢެވެ.؟ މިހެޔޮ އެދޭމީހުންގެ ލިސްޓް ގެ ޑީއެން އޭގައި ޔާމިން އަށް ހެޔޮއެދޭ ވަރެއްބަލަން އެބަޖެހޭ ބަލަން ނޫނީ މިކަމަށް ހައްލެއްނެތެވެ .