ސްޓެލްކޯގެ ކުރީގެ އެމްޑީޕީ މުޣުނީ: ދައުލަތަށް އެހެން ހިދުމަތެއް ކުރުމަށް މުޣުނީ ޕީސީބީގެ ބޯޑުގައި ނުހިމަނަން ސަރުކާރުން މިހާރު ވަނީ ނިންމައިފައި.-- ފޮޓޯ: މަޖިލިސް
29 ނޮވެމްބަރ 2023 - 16:10
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ މެމްބަރަކަށް ހަމަޖައްސަން ނިންމި، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ހަސަން މުޣުނީ އެ ބޯޑަށް ނުނަގަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް "މިހާރު" އަށް ވިދާޅުވީ ދައުލަތުގެ އެހެން ތަނެއްގައި ހިދުމަތް ކުރެއްވުމަށް މުޣުނީ އަށް ފުރުސަތު އޮތުމުން ޕީސީބީގެ ބޯޑަށް ހުށަހެޅި މެމްބަރުންގެ ލިސްޓުން އޭނާގެ ނަން އުނިކުރަން ސަރުކާރުން ނިންމީ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފުސީލު ފަހުން އާންމުކުރައްވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީސީބީ އަށް މުޣުނީ އައްޔަންކުރަން ނިންމެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް، ޕީސީބީން މިއަދު ހިއްސާކުރި އާ ބޯޑު މެމްބަރުންގެ ލިސްޓުގައި އޭނާގެ ނަމެއް ނެތެވެ.
މިދިޔަ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި މުޣުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭން ތެރޭގަ އެވެ. ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުގަ އެވެ.
މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވައިފަ އެވެ.
ޕީސީބީގެ މެމްބަރު ކަމަށް މުޣުނީ އައްޔަންކޮށްފި https://t.co/LtEhsh3h8M
— Mihaaru (@Mihaarunews) November 23, 2023
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގައި ރައީސް އާއި ނައިބު ރައީސް ހިމެނޭ ގޮތަށް ހަތް މެމްބަރުން ތިއްބަވަ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖެއްސުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައި ވަނީ ޕީސީބީއާ އެވެ. މި ސަރުކާރު ވެރިކަމަށް އައިރު އެ ބޯޑުގައި ކޯރަމް ހަމަނުވާތާ ތިން މަސް ވެއްޖެ އެވެ. ބޯޑަށް މެންބަރުން ހަމަކުރުމާ އެކު ކުންފުނިތަކުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރަން ވެސް މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
30 November 2023
މުޢިއްޒުވީ. 7 މެންބަރުން ތިބެންވާ ތަނަކަށް 8 މެންބަރުން އައްޔަންކުރީ. މަޖުލިހުން ރުހުންދޭ މީހަކު އަމިއްލައަށް ވަކިކުރެވޭނެކަމަށް. އެކަމެއް ނުވާނެ މަޖުލިހުން ނޫނީ!
މިވަރެއްނެތް
30 November 2023
މިއަށް މައުސޫމު ހިންގުންތެރި ބޭފުޅާ މަޝޫހޫރު ވެފައި އޮންނަނީ ވަރަށް ކޮރަޕްޓް އަދި ހިންގުމުގެ ގާބިލުކަމެއް ނެތް މީހެއްގެ ގޮތުގައި!
ވަލީދާ ވަލީދާ
29 November 2023
އިބޫ ސަރުކާރުގައި އުޅެފަ ދެކޮޅުން ކާންއުޅޭ މީހެއް. ޙިއެއްނުވޭ މާބޮޑު ކަމެއްދޭނެހެން.
ހިނިއާދޭ
29 November 2023
ރައީސް މުއިއްޒުގެ ދައުރު ނިމޭއިރު ދިވެހިބަހުގެ ރަދީފުގައި "މުއިއްޒުވުން" ހިމަނާނެކަން ޔަގީން. މަގާމެއް ދީފަ ހަފްތާއެއް ނުވެ މަގާމުން ވަކިކުރުން ނުވަތަ އެހެން މަގާމެއް ހަމަޖެއްސުން މީ "މުއިއްޒުވުން" ލަފުޒީ މާނައިގައި ހިމެނޭ ކަންކަން.
އަހުމަދުބިންސުލައިމާން
29 November 2023
ސްޓެލްކޯ އެމްޑީ އަކަށް ހުރި އިރުވެސް ބޮޑާ ކިބުރުވެރި މުވައްޒަފުުންނާއި ނުގުޅޭ މީހެއް.
އިސްމާލި
30 November 2023
ބޮޑާވިއަސް، ކިބުރުވެރި ވިއަސް، މުވައްޒަފުންނާ ނުގުޅުނަސް ހެޔޮ. ޖޮބް ޑިސްކްރިޕްޝަންގައި ހުރި މަސައްކަތްތައް ކުރަނިކޮށް ނިމުނީ. 5 އަހަރު ވަންދެން ސެލްފީ ނަގައިގެންވެސް ކުރެވުނު ކަމަކީ ގައުމު ދަރުވާލުން.
މިހިރަބޮޑު ދިދަޔާ
29 November 2023
ދައުލަތަށް ބަލަން ބަލަދު އަރާފަ ހުރި ބޭފުޅެއް ތޯ ! މީ
މަޖްލިސް
29 November 2023
މަޖްލިސް ރުހުން ނުލިބޭނެތީ
ހާލޯ ހޭ
29 November 2023
މީހުން މަޤާމުތަކަށް ހޮވާފަ ވަކިކޮށްފަ ހަމަ ހޮވާފަ ވަކިކޮށްފަ. މިއަށް ބައެއް މީހުން ކިޔާ އުޅޭ މުއިއްޒުވުން. :)
56789
29 November 2023
ކޮރަޕްޓް މީހުން މާގިނއިން މި ސަރުކާރުގެ މަގާމު ތަކަށް ތިލަނީ. މުޣުނީގެ ރެކޯޑު އޭސީސީން ބަލާލަބަލަ. އަދި ސްޓެލްކޯގަ އުޅުނު އިރު އޭނަގެ ހާޟިރީ ބެލުންވެސް މުހިންމު. ވ މަބޮޑު މީހެއް. ހިތައް އެރި ގަޑިއަކު އޮފީހަށް ދާނީވެސް.
ބަދަލުދޭ ކޮމިޝަން
29 November 2023
ވަޒީފާ ޢާއި މަގާމުތައް ދީ ދީފައި މިގޮތަށް އަތުލާ މި ވަކިކުރަނީ ރައްޔިތުންގެ މާލިއްޔަތުން ބޮޑު ބަދަލެއް ދޭން ... ވަޒީފާގައި ނޫޅުނަސް 5 އަހަރުގެ މުސާރަދޭން