އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ކުރިން "މިހާރު" އަށް އިންޓަވިއު ދެއްވަނީ: މާލޭގެ މޭޔަރު ކަމަށް ކުރިމަތިލުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން އޭނާ ވަނީ ނިންމަވައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
30 ނޮވެމްބަރ 2023 - 11:55
މާލޭގެ މޭޔަރު ކަމަށް ކުރިމަތިލުމަށް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
އާޒިމް މިއަދު "މިހާރު" އަށް ވިދާޅުވީ މޭޔަރުކަމަށް ކުރިމަތިލާން އޭނާ ނިންމެވީ މާލެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި އަދި އެކަން އޭނާ އަށް ކުރެވިދާނެ ކަމަށް އާންމުން ގަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މެދުގައި އަޅުގަނޑާ މެދު ވަރަށް ބޮޑު އިތުބާރެއް އުފެދިފައި ވަނީ، އަޅުގަނޑަކީ މަސައްކަތްތެރި މީހެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
މާލެއަށް އޭނާގެ ޕްލޭނެއް އެބައޮތް ކަމަށާއި ވަރަށް އަވަހަށް އެ ޕްލޭން އިއުލާންކުރައްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މާލޭގެ އާ މޭޔަރު ހޮވާ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުން މާދަމާ ހަވީރު 4:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އެކަމަކު ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ.
މާލެއަށް އާ މޭޔަރަކު ހޮވުމުގެ އިންތިހާބު ޖެނުއަރީ 13 ގައި https://t.co/UMooQJzN7a
— Mihaaru (@Mihaarunews) November 27, 2023
މޭޔަރުގެ ގޮނޑިއަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު 13 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ ނިންމައިފަ އެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އެހެން ބައެއް ބޭފުޅުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އޭގެ ތެރޭގައި މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހް އާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
02 December 2023
މިހާރު ވެރިކަމުގާއި އެހެރީ ސިޓީކައުންސިލާ ސަރުކާރާއި ގުޅުންކުޑަވީމަ ކައުންސިލް ހިންގަންވީ ދަތި ތަޖްރިބާކޮށްފަ ހުރި މީހެއް އެހެންވީމަ އާޒިމް ހޮވި ސަރުކާރުގެ އެއްބާރުލުން ކައުންސިލަށް ލިބިއްޖެނަމަ މާލެއަށް ހެޔޮބަދަލެއް ލިބޭނެ.
ރަމަ
01 December 2023
އާޒިމްއަކީހަމަ ބެސްޓް މިވަރެއްނެތް %100 ތާއީދު
ހިލޭ
30 November 2023
އަހަރެންގެ ވޯޓް އާޒިމްއަށް.
ތައްޓޭ
30 November 2023
މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާން ކިޔާފައިވާ މީހުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ނަމަކީ އާޒިމްގެ ނަން، މާލެ އަދި ގުރޭޓަރ މާލޭ އޭރިޔާގެ ރަށްޔިތުންނަށް ހުރިހާ ގޮތަކުންވެސް ރަގަޅު ވާނީ އާޒިމް، އާޒިމް ވަނީ ބަހާ ޢަމަލުން އޭނާގެ ގާބިލުކަމާއި ހީވާގިކަން ސާބިތުކޮށް ދީފައި، އަޅުގަޑުގެ ވޯޓް އާޒިމަށް ލިބޭނެ
ޢިފުކރި
30 November 2023
ޢެމްޓީސީސީއަށް އަޢީ މީނަގެ ބޯއިސް ރަމްޒީއާއި ޝަފީއުގޮވައިގެން ގެނެސް ޕްރޮކިޔުމަންޓަށް. މިދިޔަ 5 އަހަރު އެޔެއް މިޔެއް ނުބަލާ އެތައްސަތޭކަ މިލިޔަންޑޮލަރުގެ ތަކެތިގަނެފި. 2% ކަމިޝަނުންވެސް މި ގުރޫޕުމިހާރު ތިބީ އަތްނުފޯރާ ފަށުގެ މިލިޔަނަރުންނަށް ވެފަ
އަފްރާސިޔާބު
30 November 2023
އާޒިމް އެސްޓީއޯ ގައި އުޅުއްވިއިރު އެސްޓީއޯއާ އެކު އެގްރިމެންޓްކުރެވިގެން މުދާވެސް ލިބުނު. ބަރާބަރަށް އެތަނަށް ދައްކަންޖެހޭ ފައިސާވެސް ދައްކަން. އެގްރިމެންޓްގައި ސޮއިކުރީ އާޒިމް. މުދާވެސް ބަރާބަރަށް ސައިޓަށް ޑެލިވަރީވެސް ކޮށްދޭ. ނުފޮނުވައިގެން ގުޅާކަށް ނުޖެހޭ. އެހެންކަމުން އާޒިމުގެ ހިންގުންތެރިކަން ވަނީ ފެނި އަތުން ހިފާފައި.
ފައްކާ
30 November 2023
ޕާޓީ ޕާޓީ ކިޔާކަށް ނޭނގެ. މާލޭގެ މޭޔަރަކަށް ތިއަށްވުރެ ފައްކާ މީހެއްނެތް.
އައިޝީ1
30 November 2023
ވަރަށް ޤާބިލް އެހާމެ ހިންގުންތެރި ބޭފުޅެއް! ތަރައްޤީއަށް އެދޭނަމަ އާޒިމް އިޒް ދަ ޗޮއިސް!!!!!
ހުވާ
30 November 2023
މަމީ މުޢިއްޒު ނަމަ އާދޭސް ކޮށްގެންވެސް އާޒިމް ބަހައްޓާނަން މިސަރުކާރުގެ ރަނގަޅު ހިސާބެއްގައި ނޫނީ ހަމަ އެމްޓީސީސީގައި. ޢާޒިމަށް ކާމިޔާބަށް އެދެން އިންޝާﷲ މޭޔަރު ކަމުން ރައީސް ކަމަށް ދުރުވޭ
ބޓ އަދުރޭ
30 November 2023
ކަލޯގެޔާ މިސޮރައް ހީވެގެން މިއުޅެނީ މާލޭގެ މޭޔަރުކަން ލިބޭކޮންމެ މީހަކަށް ޤައުމުގެ ވެރިކަން ލިބޭނެކަމަށްތަ؟