ޚަބަރު / އިލެކްޝަންސް ކޮމިޝަން

15 އަހަރުވީއިރު އީސީ މެންބަރުންގެ މުސާރަ ބޮޑުނުވާތީ ކަންބޮޑުވުން!

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އީސީގެ ރައީސް ފުއާދާއި މެންބަރު ނަޝާތާއި އެސްޖީ ހަސަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މަޖިލިސް

އިލެކްޝަންސް ކޮމިޝަނަށް 15 އަހަރުވި އިރު ވެސް އެ ކޮމިޝަނުގެ މެމްބަރުންގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނާތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މެމްބަރުން ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

އެ ކޮމިޓީގައި އީސީގެ މެމްބަރު އަލީ ނަޝާތު ވިދާޅުވީ، ބައެއް ކުންފުނިތަކުގެ ޖެނެރަލް މެނޭޖަރުންނަށް ވުރެ މެންބަރުންގެ މުސާރަ ކުޑަ ކަމަށެވެ.

އީސީގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 40،000 ރުފިޔާ އެވެ.

އޭނާ ވިދާޅުވީ އެކި ފަހަރުމަތިން މި ކަންބޮޑުވުން ބަޖެޓު ކޮމިޓީއާ ވެސް ހިއްސާކޮށްފައިވާނެ ކަމަށާއި އިދާރީ މުވައްޒަފުންގެ މުސާރައަށް މިހާރު އެކަށީގެންވާ ހައްލެއް ލިބިފައިވާ ކަމަށެވެ.

"އިދާރީ މުވައްޒަފުންގެ މުސާރައަށް ވަރަށް ބޮޑު ހައްލެއް ލިބިއްޖެ. ހައްލު ލިބިގެން އައިރު މިވާ ގޮތަކީ އަޅުގަނޑުމެން [މެންބަރުން] ޑިރެކްޓަރުންގެ ފެންވަރަށް ވުރެ މުސާރަ ކުޑަ،" އޭނާ ވިދާޅުވި އެވެ.

ތިން އަހަރުވީ ލޯކަލް ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަން ލާމަރުކަޒީ ކޮމިޓީން ދިން ލަފާ ފާހަގަކުރައްވައި ނަޝާތު ވަނީ އެކަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް އެފަދަ ވިސްނުމެއް ގެންގުޅުއްވުމަށް އެދިވަޑައިގެންފަ އެވެ.

ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ ކަންބޮޑުވުން ހިއްސާ ކުރައްވާނެ ކަމަށެވެ.

9 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 40%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުއާދު ބެ

30 November 2023

ނުވީމަ ނުވާވާހަކަ ތިޔަދައްކަނީ މާދަން ބުނާނެ މެމްބަރުން އެއްބާރުލުން ނުދޭތީ މިއުޅެނީ މަހައްދާންވެގެންނޭ.

The name is already taken The name is available. Register?

ފޫހި

30 November 2023

ނަޝާޠު މުސާރަ ކުޑަކަމުންތަ އަނެއްކާ ތިޔަ މެމްބަރުކަންހޯދީ. ބަލަ ތިޔައީ ކުންފުނުންޏެއްނޫނޭ. ތިޔައީ ކޮމިޝަނެކޭ. އެހެން ކޮމިޝަންތަކުގެ މެމްބަރުންގެ މުސާރައާއި ތިޔަ ކޮމިޝަންގެ މެމްބަރުންގެ މުސާރަ އެއްވަރު. ދެން ކޮން ޝަކުވާއެއް. 40 ހާސް ރުފިޔާ މަދީތަ؟ ކުރަނީ ކޮންކަމެއް. ތިޔަ ތާގެ އިދާރީ މީހުން ހުރިހާ މަސައްކަތެއް ކުރަނީ. މިގައުމުވަރު އަމިއްލަ އެދުން ބޮޑު ބައެއް ދުނިޔޭގައި މަދުވާނެ. ލަދެއްވެސްނުގަނޭދޯ އަމިއްލައަށް މުސާރަވާހަކަދައްކަން. ގައުމުއޮތީދަރާފަ

The name is already taken The name is available. Register?

ހަސަންޓޭ

30 November 2023

ތިޔަ ދައްކަވަނީ މިނިވަން މުއައްސަސާގެ މެމްބަރުންގެ މުސާރާއިގެ ވާހަކަ އަދި ތިޔަ ތާގެ އިދާރީ މުވައްޒަފުންގެ ވެސް މުސާރަ ބޮޑުވި ވާހަކަ، ދެން އަޅެފަހެ ވިސްނާލަބަލަ އެންމެ ދަށް މުސާރަ ސަރުކާރުން ދޭ ސިވލް ސާރވިސް އިދާރީ މީހުން ގެއަށް ގެންދާނެވަރަކާ ދޭތެރޭ. މިހާރު ވެސް ކުރިއަށްދަނީ ހަމަ އަންނި ވެރިކަމުގައި 2009ގައި މުސާރަ ބޮޑުކުރިވަރުގަ އަދަށްދާން ދެނެވެސް. ތިހާ ހާސަރެއް ނުދަމަގައިމު.

The name is already taken The name is available. Register?

އުމޭއްތަ

30 November 2023

މުސާރަ ކުޑަ ނަމަ މަގާމު ގަބޫލު ނުކުރާނީ. މިވެސް އަޖައިބެއް

The name is already taken The name is available. Register?

ލާއިލާހައިްލަﷲ

30 November 2023

ލާއިލާހައިްލަﷲ ތިވަރު ކުޑަ؟!! ސުބްޙާނަﷲ އަހަރުމެންނަށް ލިބެނީ އެންމެ 9000ރ

The name is already taken The name is available. Register?

މުޙައްމަދު.

30 November 2023

މަށަކީވެސް ޑިރެކްޓަރެއް ސިވިލް ސަރވިސްގެ. އީ.ސީ ގަ ނޫޅޭތީ ކަންނޭގެ ގެއަށް ގެންދަން ލިބެނީ 14000 ސާދަ ހާސް ރުފިޔާ.

The name is already taken The name is available. Register?

ހުދަންބަރު

30 November 2023

މިނިވަން މުއައްސަސާތަކުގެ މުސާރަ ބައްޓަންކުރަންވީ ރިސްކް ބޭސްކޮށް. މިސާލަކަށް އޭސީސީ ގެ މަސައްކަތަކީ ވަރަށް ފުރާނައަށްވެސް ނުރައްކާވާ ކަހަލަ ކަމެއް. ރަނގަޅު އެއް ގޮތެއްވެސް ނޯންނާނެ. ސިޔާސި މީހުން ބިރުދައްކަން. ރައްޔިތުންގެ ތެރެއިން ބަޔަކު އަބަދު ރުޅި ގަދަވާނެ. އެކަމު ސިވިލް ސާވިސް ކޮމިޝަން އެހެނެއް ނޫން. ރިސްކެއް ނެތް

The name is already taken The name is available. Register?

3

30 November 2023

ބަލަ ކުންފުނިތަކުން ފައިދާވެއޭ. ކަލޭމެން އަތުން އެއްޗެއް ލިބެނީއެއްނޫން. އެހެނެއްކަމަކު ދަނީ. ދެން؟

The name is already taken The name is available. Register?

ބީރުބޯ.

30 November 2023

އެއްމެބޮޑު ހަރަދުކުރާ އެއްތަން ރ އޮފީސް އެތަނުން ބަޖެތަށް ކޯއްޗެއްވަންނަނީ،،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454