ޚަބަރު / ޓްރީޓޮޕް ހޮސްޕިޓަލް

ފަރުވާ ހޯދުމަށްފަހު ފައިސާ ލަސްވާތީ އާ ހިދުމަތްތައް ފަށަން ދަތިވޭ: ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެސްގައި، އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

30 ނޮވެމްބަރ 2023 - 14:58

ފަރުވާ ހޯދުމަށްފަހު އިންޝުއަރެންސް ކުންފުނިތަކުން ލިބެންޖެހޭ ފައިސާ ނުލިބި، ލަސްވުމަކީ އާ ފަރުވާތައް ފަށަން އޮތް ހުރަހެއް ކަމަށް، ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އައިވީއެފް ފަރުވާގެ ކާމިޔާބީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި، "މިހާރު"ން ކުރި ސުވާލާ ގުޅިގެން އާދިލް ވިދާޅުވީ އަމިއްލަ ހޮސްޕިޓަލްތަކަކީ ސަރުކާރު އަދި އަމިއްލަ އިންޝުއަރެންސްގައި ހިންގާ ތަންތަން ކަމަށެވެ.

ނަމަވެސް، ހޮސްޕިޓަލުން ހިދުމަތް ދިނުމަށްފަހު އެ ބޭނުންވާ މުއްދަތުގައި ފައިސާ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އާ ހިދުމަތްތައް ފެށުމުގައި އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ޗެލެންޖަކީ، އެނގިވަޑައިގަންނަވާނެ ޕްރައިވެޓް ހޮސްޕިޓަލްތަކަކީ ހިދުމަތްތައް ދީގެން ޕްރައިވެޓް/ޕަބްލިކް އިންޝުއަރެންސާއެކު މި ހިންގަނީ ހޮސްޕިޓަލް. ހިންގާއިރު، އަޅުގަނޑުމެންނަށް އެ ބޭނުންވާ ފައިސާ ލިބުމުގައި އެބަހުރި ގޮންޖެހުންތަކެއް އެ ބޭނުންވާ މުއްދަތުގައި." އޭނާ ވިދާޅުވި އެވެ.

"އެކަމާ ހެދި އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި އާ ހިދުމަތްތައް ތައާރަފްކުރަން މި ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައި. އެއީ، އަޅުގަނޑުމެންނަށް ދިމާވެފައި އޮތް ގޮންޖެހުމެއް. އަޅުގަނޑުމެންގެ ޕްލޭނަކީ ވީ ވަރަކުން، ކޭޝްފްލޯ ހުރި ވަރަކުން އާ ހިދުމަތްތައް ރާއްޖޭގައި ތައާރަފްކުރުން."

ޓްރީޓޮޕް ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓާ ޑރ. ލެޑަން ނޮޓެކް ވިދާޅުވީ ރާއްޖޭގައި މި ވަގުތު ލިބެން ނެތް ފަރުވާތައް ފަށަން ބޭނުންވާ ކަމަށެވެ. އޭގެ ތެރޭގައި ގޭސްޓްރޯއެންޓްރޮލޮޖީގެ އިންޓަވެންޝަނާއި ބަރުދަން އިތުރުވުމުން ހަދާ އެންޑޮސްކޮޕިކް ޕްރޮސީޖާ ހިމެނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް (ކ) އަދި މެޑިކަލް ޑިރެކްޓަރު ޑރ. ނޮޓެކް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވީ ޖެނެރަލް ސާޖަރީ މިހާރަށް ވުރެ ފުޅާކޮށް ކުރެވެން ޖެހޭނެ ކަމަށެވެ. އެކަމަކު، ކޮންމެހެން ބޭނުން ނުވިޔަސް އެ ފަރުވާއަށް ގިނަ މީހުން ދަނީ އިންޑިއާއަށް ކަމަށް ނޮޓެކް ވިދާޅުވި އެވެ.

ކިޑްނީ ޓްރާންސްޕްލާންޓާއި ލިވާ ޓްރާންސްޕްލާންޓް ހެދުމަކީ ޓްރީޓޮޕްގެ ޕްލޭނުގައި ހިމެނޭ ކަންކަމެވެ. ނަމަވެސް، ގުނަވަން ބަދަލުކުރުމުގެ ގާނޫނެއް މި ވަގުތު ނެތުމުން އެ ފަރުވާ ފެށޭކަށް ނެތެވެ.

ޑޮކްޓަރު ވިދާޅުވީ ނިއުރޯ ސާޖަރީގެ ފަރުވާ ވެސް އިތުރަށް ގެންދަން ބޭނުންވާ ކަމަށެވެ. ނަމަވެސް، އެކަމަށް ބޭނުންވަނީ ސަރުކާރުގެ ކޮންމެ ވެސް އެހީއެއް ކަމަށް ނޮޓެކް ވިދާޅުވި އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454