ދުބާއީގައި ދިރިއުޅޭ ދިވެހިންނާ އެކު ރައީސް ޑރ. މުއިއްޒު ރޭ ބޭއްވެވި ބައްދަލުވުމުގައި ކުޑަކުއްޖެއްގެ ކޮލުގައި ފިރުމާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
01 ޑިސެމްބަރ 2023 - 06:26
އެކި ގައުމުތަކުގައި ތިބޭ ދިވެހިންނާ މެދު ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށް ވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅޭނެ ކަމަށާއި އައްޔަން ކުރައްވާނީ ވެސް ކުރިއަށް ވުރެ ރަނގަޅަށް ދިވެހިންނަށް ކަންކަން ކޮށްދޭނެ ބޭފުޅުން ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.
އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ ކޮޕް28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ދުބާއީ އަށް ކުރައްވާ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވީ، ޚާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ގައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް ސަމާލުކަން ދީގެން ކަމަށާއި ދިވެހިންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރާނެ ގޮތަށް ކަމަށެވެ.
މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަދި ބޭރުގެ މިޝަންތަކަށް އާ ބޭފުޅުން އައްޔަން ކުރާކަށް ނުފަށަ އެވެ.
ރައީސް ރޭ ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުން ކަމަށެވެ. މަސައްކަތް ކުރާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ އަޑުއަހައިގެން ކަމުގައި ވިދާޅުވި އެވެ. އަދި ކަންކަން ބައްޓަންކޮށް، ނިންމުންތައް ނިންމާނީ ދިވެހިންގެ މައްސަލަތަކަށް ހައްލު ލިބޭނެ ފަދަ ގޮތަކަށް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ގައުމިއްޔަތު ދިރުވައި އާލާކުރުމެވެ.
ދުބާއީގައި ދިރިއުޅޭ ދިވެހިންނާ އެކު ރައީސް ޑރ. މުއިއްޒު ރޭ ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އަދި މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެ އިން ބޭރުގައި ތިބޭ ދިވެހިންނަށް ވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބި ޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ،" ރައީސް ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކޮށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދީނީ ކަންކަން އިސްލާމް މާއްދާއާ ގުޅޭގޮތުން ކިޔަވައި ދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ބޭނުމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އިސްލާމްދީނުގައި ބަޔާން ކޮށްފައިވާ ކަންކަން ދަސްކޮށްދީ، އެ ދީނުގެ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަގީދާއެއް ގާއިމުކޮށްދިނުމެވެ.
ދުބާއީގައި ދިރިއުޅޭ ދިވެހިންނާ އެކު ރައީސް ޑރ. މުއިއްޒު ރޭ ބޭއްވެވި ބައްދަލުވުމުގައި އަރިހުގައި ވަޑައިގެންނެވި ބައެއް ބޭފުޅުން އެކު.---ފޮޓޯ: ރައީސް އޮފީސް
ކޮންސިއުލާ މަސައްކަތްތަކުގެ އިތުރުން ދިވެހިބަހާ އެކީގައި އަދި ޖުމްލަ ގޮތެއްގައި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް މި ސަރުކާރުން ފެށި މަސައްކަތަކީ ރާއްޖޭގެ އިމުން ބޭރަށް ދިވެހިން ތިބި ކޮންމެ ތަނަކަށް އެކަން ފުޅާކޮށް، ދިވެހިންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ކުރަން ވިސްނަވާފައި އޮތް ކަމެއް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމަ އެއާ އެކު، ކުރިމަގުގެ ޖީލުތަކަށް ދިވެހިވަންތަކަން ވާސިލް ކޮށްދިނުމުގައި ދިވެހިން ފަހުރުވެރިވާ ފަދަ ގޮތަކަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ދުބާއީގައި ދިރިއުޅޭ ދިވެހިންނާ އެކު ރައީސް ޑރ. މުއިއްޒު ރޭ ބޭއްވެވި ބައްދަލުވުމުގައި ކުޑަކުއްޖެއްގެ ކޮލުގައި ފިރުމާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ދުބާއީގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަން އެ މަނިކުފާނަށް ދެންނެވުމުގެ ފުރުސަތު ރައީސް ރޭގެ ބައްދަލުވުމުގައި ހުޅުވައިލެއްވި އެވެ. އެ ކަންކަން ހައްލު ކޮށްދިނުމަށް މި ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދުބާއީގައި މިއަދު ފަށާ ކޮޕް28 ގައި ރައީސް ޑރ. މުއިއްޒު ތަގުރީރު ކުރައްވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖީ
03 December 2023
އަވަސްކޮށްދެއްވާ! ޝުކުރިއްޔާ ރައީސް
ހަސީނާ ހުސޭން
02 December 2023
މިހާރު އެމްބަސީތަކުގައި ތިއްބެވި ބޭފުޅުން އަޅާ ނުލައްވަނީތޯ؟ހިތާމަ ހުރި އަދި ވ. ކަންބޮޑުވާ ބަސްކޮޅެއް. ކުރީ ސަރުކާރުގެ އަގު ހުރި ޚިދްމަތްތެރިންނަށް މި ފަދަ މޭރުމުން ބަސް ވިދާޅުވުމަށްވުރެ އެމީހުންގެ ޚިދްމަތަށް ޝުކުރުވެރިވެ އަލަށް އައްޔަން ކުރެވޭ ފަރާތްތަަކަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކެވުން އެއީ ރިވެތި ސިފައަކީ. ގައުމިއްޔަތު އާލާ ކުރެވޭނީ މީހުން ކުރާ މަސައްކަތްތަކަށް ޝުކުރުވެރިވެގެން. އެެއްވެސް މީހަކީ ހުރިހާ ކަމެއް ފުރިހަމަ މީހެއްނުން.
އަލީމު
02 December 2023
"ދިވެހި" ބަހަކީ ކޮބާތޯ؟ ދިވެހިން ވާހަކަ ދައްކައި އުޅެނީ އެންމެ ބަހުރުވައަކުން ނޫން!
އޮނަރަބްލް އަފީފު ދީދީ
01 December 2023
ބޭރު ޤައުމުތަކުގައި ދިވެހި ދައުލަތް ތަމްސީލު ކުރަން އެމްބަސެޑަރުން ކަޑައަޅުއްވާއިރު "އިޤިރޭސިވިލާރާއި، ސިންގަޕޯރ، މެލޭޝިޔާ، ޑްބާއީ، ސައުދީ، ސްރީލަންކާ އާއި އިންޑިޔާ ފަދަ ޤައުމުތަކުގައި ދިރިއުޅޭ މީހެއްގެ ނުވަތަ އާއިލާއެއްގެ ދިރިއުޅުމުގެ ޙަރަދުތައް ހަމަޖައްސާދޭން" ވަޒީފާއެއް ދިނުމުގެ ބަދަލުގައި ކުރާ ކަމަކަށް ތިކަންތައް ހަދާން ވެއްޖެ. # އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެފަހަރަކު އިޤިރޭސިވިލާތުގައި ދިރިއުޅޭ "އެޤައުމުގެ ރަށްވެއްސަކަށް" ތިޔަ މަޤާމްލިބޭ.
ނީޒް
01 December 2023
ރައީސް ޔަމީނަށްޓަކައި މުއިއްޒުއަށް ވޯޓް ދެވުނީތީވެ މިއަދު ދެރެވެއެވެ. ރައީސް ޔާމީނާއި ދޭތެރޭ މުއިއްޒު ކަންތަށް ކުރިގޮތުން ދެން ދައްކާ އެއްވެސް ވާހަކައެއްގައި މިއަދު އިތުބާރާއްނެތެވެ. ޤައުމިއްޔަަތޭ ކިޔަނީ ކޮންބަޔަކަށް އޮޅުވާލަން ކަމަށް ހެއްޔެވެ؟ މުއިއްޒު ތިޔަކުރަނީ މުއިއްޒުއަށް ގިނަ ވޯޓް މީހުންގެ އެދުމާއި ޚިލާފަތް ދައުލަތުގެ މަޤާމުތަށް ބައްސަވައިގެން ކުރާވެރިކަމެކެވެ. އަހަރެން ސަލާމެވެ.
ނިސް
01 December 2023
މިވީތަނަށް ހެދީ ދޮގު!
އަމާޒޭތީ
01 December 2023
ޝުކުރިއްޔާ ރ.މުއިއްޒު. ޝުކުރިއްޔާ. ލޮލުން ކަރުނަ އޮހޮރިއްޖެ. ދިވެހިންނަަދޭތެރޭ ވިސްނާ ރައީސްއެއް ލިބުނީތީ އުފާކުރަން.
ހުސްއަނގަ
01 December 2023
ބޮޑު ފޭކް ރައީސްއެއް
ޑަބިޔާބެ
01 December 2023
ކޮންމެސް ބޭކަނބަލެއްގެ ބެސްޓީ އަށްވެސް ސަފީރުކުން
މިވަނީދޯ
01 December 2023
އެންމެ ފުރަތަމަ ވަޒީރުން ނޫންތޭ ރަނގަޅަށް ކަންކަން ކުރަންވީ ދާޚިޅީ ވަޒީރަށް މާލެތެރެ ނުބެލެހެއްޓޭތީވެ ދޯ މުޅި މާލޭގައި މާރާމާރީ އާއި އެކެސިޑެންޓްސް ތައް އިންތިހާ އަށް ގިނައީ ވަގުން ވައްކަން ކޮށްފައި ވަގުން އެއްޗެހި ވިއްކުމުން އެއްޗެހި ގަންނަމީހާ ފުލުހުން ގެންގޮސް ހައްޔަރުކުރަނީ އަދި އެގޮތުން ހައްޔަރު ކުރާ މީހާ ފަކީރު ގެ ހުރިހާ މުދަލަކާެި ފޯން ވެސް ފުލުހުން ގެންގޮސްގެން އެވެސް ނުދީ ހިފަހައްޓަނީ ފުލުހުންބަށް މާލެތެރެ ނުބެލެހެއްޓޭތީވެ މިހެން
ވިލާސް
01 December 2023
ސަފީރުން ވީއައިޕީ ހިދުމަތްދެނީ ސިޔާސީމީހުނަށް.ރައްޔިތަކު ކަމަކު ގޮއްފިނަމަ އަޅާވެސްނުލާ..ޓްރިވެންޑްރަމް ފަދަ ދިވެހިންގިނަ ތަންތާތިބޭ އޮފިޝަލުންނަކީ މިވީހާތަނަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއްނޫން.