ކޮޕް ސަމިޓްގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓް އިއާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
01 ޑިސެމްބަރ 2023 - 21:29
ރާއްޖޭގައި ބޭނުން ކުރާ ކަރަންޓުގެ 33 ޕަސެންޓް އިއާދަ ކުރަނިވި ހަކަތަ އަށް ބަދަލު ކުރުމުގެ މަޝްރޫއެއް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ހިންގަަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުބާއީގައި މިހާރު ކުރިޔަށް ދާ "ކޮޕް28" ސަމިޓުގެ މަތީ ފަންތީގެ ސެގްމެންޓުގައި މިއަދު ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު ހުރީ ހަތަރު ޕަސެންޓްގައި ކަމަށެވެ.
އެ އަދަދު 33 ޕަސެންޓަށް އިތުރު ކުރުމަށް ފަށާ މަސައްކަތަށް މަދުވެގެން 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ބޭނުންވާނެ ކަމަށާއި އެކަން ހާސިލް ކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައިފަ އެވެ. އެ މަސައްކަތް ބިނާވާން ޖެހޭނީ ޤައުމުތަކުގެ މެދުގައި ހަމަހަމަ، އަދި ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ގާއިމް ވާން ޖެހޭ ކަމަށާއި ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައް ވެސް އަލުން މުރާޖާ ކުރަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހިނެތްތޯ ތިހައްދަވަނީ، ސަނަދާ މަގާމާ ދިމާނުވަނީތޯ
03 December 2023
މިހާރު ތިވާހަކަ ދައްކަވަނީ އަމާޒު ލާހޫރޭ ގޮތަށް ނޫންތޯ، މިއަދު ނަގާނެ މާދަމާ އަޅާނެ.
ދާންވީއޭ
02 December 2023
ރައްޔިތުންގެ %3 ތާއީދު ނެތް ވެރިއަކު ދެން ކޮން %33 ކިޔަންތޭ އެމީހަކު ވެރިކަމަށް އައުމުގެ ކުރިން ރައީސް ޔާމީން އެންޑޯރޒް ކުރި ކެންޑިޑޭޓަކީ ތިމަންނާ ކަމަށް ބުނެ އަދުރޭ އާއި އަދި ޕީޕީއެމް ސެނެޓް ގައި ތިބި ކޮރަޕްޓް ސެނެޓަރުންނާއި ގުޅިގެން އާންމު ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެންނޭ ވެރިކަމަށް އައީ ރައްޔިތުންގެ އެންމެ %3 ވެސް މިހާރު މިއޮތް ސަރުކާރަށް ނޯންނާނެއޭ އެކަން ބަލަން އަވަސް އިންތިޚާބަކަށް ދާންވީއޭ
އަށްކޮ
02 December 2023
ފަލަސްތީނުގެ ވާހަކަ ދެއްކި ނަމަ މާޠާޙިރުވީސް. އިސްރާއިލް އަށް ވާގިވެރިވާ ގައުމުތަކުގެ ވެރިން ގާތައްގޮސް ސަލާމް ކުރުމުގެ ކުރިން އިސްލާމްދީނާ މުސްލިމުން މަތިން ހަދުމަނެތުނީމަ ހަމަބުނެލީ. 33ޕަސަންޓަށް ވާވަރަށްވެސް އެވާހަކަ ނުދެއްކުނު.
މޮޅު ސޮރު
02 December 2023
ޱރ. އަމަލުން ދައްކަވާ ތިޔަކަންތައް
އެޗް އެމް
02 December 2023
މިކަހަލަ ފުރުސަތު ތަކުގަ ހަދާން ކޮށްލަންވީ އިއާދަކުރަނިވި ނޫނީ ނުކުރަނިވި ހަކަތަޔާއި ވަޔާއި އޮއިވަރާއި ކާނާ ކީއްކުރަން ދުނިޔޭގެ ހުރިހާ ކަމެއް ރެގިއުލޭޓުކޮށް ހިންގުމާ ހަވާލު ކުރެވިފައިވާ ގަވަނަރަކީ އިރު ކަމެވެ.
ބޮކިއަލީ
02 December 2023
ފުރަތަމަ ދުވަސް, ފުރަތަމަ 10ދުވަސް. ފުރަތަމަ 30ދުވަސް ފުރަތަމަ 100 ދުވަސް. ކމެއްވާނީ އަދުރޭގެ ކިބައިން ސަލޟަތް ވެގެންނު. އޭނަގެ މުޅި އާއިލާ އަށް ވަޒީފާ ދީނިމެނީ. މިއަދަކު ނެތްތޯ ދެޕިއުޓީން ހޮވުމެއް. ނޫނީ ނައިބު މިނިސްޓަރުން ކޮޅެއް ހޮވާލުމެއް.
ތާތު
02 December 2023
މީ ހަމަ އިސްތިހާރު. ފޮނި ކެނޑުން. ސަޅިބާސާ ސަރުކާރެއް. އަބަދުވެސް އަންނަނީ. އޮލޮމްޕަހުގެ އިސްކެރޭނަޑް އަންނަނީ އަންނަނީ.
ތަމެންދޯ
02 December 2023
ފުރަތަމަ %33 ރައްޔިތުންގެ ތާއީދު އޮތްތޯ ބަލަންވީއޭ ރައީސްގެ ވިޔަފާރި އެޑްވައިޒަރު ޖަނާ މާލޭގައި ނުދަރާ އެކަކު ވެސް ނެތޭ މީހަކު ލައްވާ މަސައްކަތެއް ކޮށްފިނަމަ ފައިސާ ނުދެއޭ މިވަރު މީހުން އެޑްވައިޒަރުންނަށް ތިގެންގުޅެނީ ދެން ކޮން ބަރަކާތެއް ހުންނާނީ ތަމެން ކުރާ ކަންކަމުގައި.
2222
02 December 2023
ވޯޓްގެ ނަތީޖާ އަދި އެއްފަހަރު ބަލާލުން ރަނގަޅު. ދެން ޤަބޫލުނުކުރެވުނަސް ދެން ވޯޓް ލެވޭނީ 4 އަހަރު ފަހުން.
ރަންނަ
01 December 2023
5 ވަރަކަށް 10 ވަރަކަށް އަހަރު ބޭނުންކުރުމަށްފަހު ވަރަށް ހެޔޮއަގުގައި ވިއްކާލާ ސޯލާ ތަރައްގީވެފައިވާ ގައުމުތަކުގައި ހުރޭ. އެ ހެޔޮއަގުގައި ގަނެގެން ސަބްސިޑީގެ ބަދަލުގައި އާމުންގެ ގެތަކަށް ސަރުކާރުން ބެހިދާނެ. ޕެނަލެއްގެ އުމުރަކީ 20-25 އަހަރު. އެމުއްދަތުގަ ރައްޔިތުން ތިބޭނީ އަމިއްލައަށް އިންވެސްޓް ކުރުމަށް އަހުލުވެރިވެފަ. މިހާރުވެސް 5 އަހަރުން 10 ބިލިޔަން ކަރަންޓް ސަބްސިޑީސް އަށް ސަރުކާރުން ހަރަދުކުރޭ
އެޑެމާމާ
02 December 2023
10 އަހަރުގެ ބާ ސޯލާ ޕެނަލް ރަނގަޅެއް ނުވާނެ. އެފިސަންސީ ހުނާނާނީ ދަށްވެފައި. ގިނަފަހަރަށް %50 ވުރެވެސް ދަށުގައި.