02 ޑިސެމްބަރ 2023 - 11:21
ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެއަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ލީޑިން ޑެސްޓިނޭޝަން" އެވޯޑް ލިބިއްޖެ އެވެ.
މި އެވޯޑް ރާއްޖެއަށް ލިިބުނީ، ދުނިޔޭގެ އެންމެ މަގްބޫލު 17 މަންޒިލަކާ ވާދަކޮށެވެ. އޭގެ ތެރޭގައި ދުބާއީ، އިންޑޮނީޝިއާ، ނިއުޒީލެންޑް، ސްޕެއިން އަދި ވިއެޓްނާމް ފަދަ ގައުމުތަކުން ވަނީ އެ އެވޯޑަށް ވާދަކޮށްފަ އެވެ.
މިއީ ދުނިޔޭގެ ޓޫރިޒަމް މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ އެވޯޑެކެވެ. ރާއްޖެ އިޝްތިހާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެމްއެމްޕީއާރްސީން ބުނީ، މި އެވޯޑްގެ ސަބަބުން ރާއްޖެއަކީ އަދިވެސް ދުނިޔޭގައި އެންމެ މަގްބޫލު މަންޒިލްކަން ހާމަވާ ކަމަށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ހަފްލާ ކުރިއަށް ދިޔައީ ދުބާއީގެ ބުރުޖް އަލް އަރަބްގަ އެވެ. ލީޑިން ޑެސްޓިނޭޝަންގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑް އިން ވަނީ އެމްއެމްޕީއާރްސީއަށް ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑު އެވޯޑް ވެސް ލިބިފަ އެވެ. މިއީ މި އެވޯޑް އެމްއެމްޕީއާރްސީއަށް ލިބުނު ދެވަނަ އަހަރެވެ.
މި ދެ އެވޯޑްގެ އިތުރުން ރާއްޖެ ވަނީ ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން އެވޯޑާއި ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަނާއި ވޯލްޑްސް ލީޑިން ހަނީމޫން އަދި އައިލެންޑް އެވޯޑަށް ވެސް ނޮމިނޭޓްވެފަ އެވެ.
އެމްއެމްޕީއާރްސީން ވަނީ މި އަހަރު ރާއްޖެ އިޝްތިހާރު ކުރުމަށް 348 ޕްރޮމޯޝަނަލް ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް ދޭން ފެށީ 1993 ވަނަ އަހަރުން ފެށިގެންނެވެ. މި އެވޯޑަށް ގައުމުތައް ހޮވަނީ، ދާއިރާގެ ޕްރޮފެޝަނަލުން ދޭ ވޯޓަކުންނެވެ.
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.6 މިލިއަން ޓޫރިސްޓުން އައިސްފައި ވާއިރު ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮލަރެއްނުލިބެޔޭ
03 December 2023
އެވޯޑު ލިބުނަސް ޑޮލަރު ނުލިބޭ، ވިޔަފާރިވެރިންނާއި މަނިޓަރީ ޕޮލިސީތަކުގެ ސަބަބުން. ރިސޯޓުތަކުން ރޫމު ވިއްކައިގެން ލިބޭ އެއްވެސް ފައިސާއެއް ރާއްޖެ ނުވަދޭ. އެފައިސާތައް ހުންނަނީ ބޭރުގެ އެކައުންޓުތަކުގައި. އެތެރެވާ މަދު ޑޮލަރުކޮޅުވެސް އޯނަރުން ހުންނަނީ ހިފަހައްޓާފައި. ރާއްޖެއަށް ލިބޭ އާމްދަނީ ވަކިމުއްދަތަކައް ރާއްޖޭގައި ބަހައްޓައި އެއިންބައެއް ރާއްޖޭގެ ބޭންކުތަކުން މާރުކުރަންޖެހޭގޮތަށް ހަދައިފިނަމަވެސް ރައްޔިތުންނަށް ބޭނުންވާވަރަށް ޑޮލަރު ލިބޭނެ.
ރަށްއިތުމީހާ
03 December 2023
ފަހެ، ދިވެހި ގައުމުގެ ހައިބަތާއި ކަރާމާތެވެ! ރައީސް މުއިއްޒަށް ދިމާވެފައި މިވަނީ ކޮންފަދަ މަޖްބޫރު ކަމެއްބާއެވެ ؟
ހަބޯ
02 December 2023
ޑޮލަރެއް ނެތޭ
ޑިވޯސް އޯކޭ
02 December 2023
ރައްޔިތުންނަށް މިކަމުން ކުރާ އެއްވެސް ފައިދާއެއް ނެތް. ހަމަ ހުރިހާ މޮޅެެއް ބޮޑުންނަށް. ބާ ޑޮލަރުގަޑެއް ވެސް ނިކަމެތި ރައްޔިތުމީހާއަށް މި ލިބެނީ ޑޮލަރު ވިޔަފާރިކުރާ ބަންގާޅު މީހާ ދިނިއްޔާ އެއީ ވެސް އެމީހާ ބޭނުން އަގެއްގަ. ރައްޔިތުން ވަނީ ހަނާ ، ވެރިން ފުރިގެން ބަންޑުންދަނީ …
ހައްޤުމިންވަރުކޮބާ
02 December 2023
ތިކަމުން ޤައުމަށާއި ރައްޔިތުންނަށް ވަނީ ކޮން ފައިދާއެއް ތޯ ؟ ޤައުމުގެ އިޤްތިސާދަށް ޓޫރިޒަމުން ލިބެނީ ކޯވަރެއްގެ އެތިކޮޅެއް. މިއީ ތޯ ދިވެހިންގެ ފަސްގަނޑުން ދިވެހިންނަށް ހައްޤު މިންވަރަކީ ؟
އައްޗީޑި
02 December 2023
ވަރިހަމަ ނުލިބުނަސް. އަހަރުމެން އާދައިގެ ރައްޔިތުންނަށް ތިކަމުން ލިބޭނެ އެއްޗެއް ނެތް.
ހުވޭ
02 December 2023
ތިވަރު މުއްސަނދީ ރީތި ގައުމެއް އިރުކޮއްތު ގަންނާނެފަދަ ބައިތުލްމާލުގައި ނެތް ވާހަކައޭ ގޮވާއަޑުއިވެނީ.
އަސްތާ
02 December 2023
ހަރުކަށި ވިސްނުމާ، ގޭންގް ބާރުގަދަވެ އިންޑަސްޓްރީގައި އަތްގަދަކުރަމުން ދިޔުން މައިތިރި ކުކުރެވިއްޖެއްޔާ،،، ތިޔަ އެވޯޑް ހަނދާން ނައްތާލާ…
ސާބަހޭ ޑަކުޓަރު
02 December 2023
ޑަކުޓަރު ރައީސް ހަމަ ތަފާތީ އޭ!
މޮޔަނުގޮވާ
02 December 2023
މޫނަށްބަލާފަ ދިންއެއްޗެއް ވިއްޔާ!
ލޮއްލަ
02 December 2023
މިއުޅޭ ޕާޓީ ބޮޓުންތަށްވެސް ގަމާރުކަން އަދީ މާބޮޑެއްނު.. .. ހަހަހަހ
ނިއު ފޭން
02 December 2023
ސާބަހޭ އިބޫ! ހަމަ ސާބަސް އިބޫ!