03 ޑިސެމްބަރ 2023 - 09:49
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ މިއަދު ވަކިކުރަން ވޯޓަށް ތައްޔާރުވެފައި ވަނިކޮށް މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް ފަހު އިސްތިއުފާ ދެއްވައިފި އެވެ.
އީވާ މަގާމުން ދުރުކުރުމުގެ ގަރާރު މިއަދަށް އެޖެންޑާކުރުމަށް ފަހު، ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ދެއްވި އެވެ. ދިފާއުގައި އީވާ ދެއްކެވި ވާހަކަ 30 މިނެޓަށް ދިގުދެމިގެން ދިޔައިރު، އޭނާ ވަނީ ސިޔާސީ ހަޔާތުގައި ކުރެއްވި ކަންކަމާއި މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހާސިލްކުރެއްވި ކަންކަން ވިދާޅުވެ ދެއްވައިފަ އެވެ.
އިސްތިއުފާ ދެއްވާކަން އީވާ އިއުލާން ކުރެއްވީ ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ދެއްކެވި ވާހަކަފުޅު ނިންމާލައްވަމުންނެވެ. އެވަގުތު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އީވާގެ އިސްތިއުފާގެ ސިޓީ ރިޔާސަތާ ހަވާލުކުރާ މަންޒަރު ފެނެ އެވެ.
މަޖިލީހުގެ އަމީންއާންމު އިސްތިއުފާގެ ސިޓީ އިއްވުމަށް ފަހު، އީވާ އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިއުލާނު ކުރައްވައިފަ އެވެ.
އީވާގެ އިސްތިއުފާގެ ސިޓީ އާޒިމް ހަވާލުކުރައްވަނީ. -- ފޮޓޯ | މަޖިލިސް
އެމްޑީޕީ ބައެއް މެންބަރުން ވަނީ އެ ގޮތަށް އިސްތިއުފާ ނުދެއްވޭނެ ކަމަށާއި ގަރާރު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވައި، އިހުތިޖާޖު ކުރައްވައިފަ އެވެ.
ނަމަވެސް، އަސްލަމް ވިދާޅުވީ އިސްތިއުފާ ދެއްވާ ހާލަތުގައި އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މަޖިލީހުން މީގެ ކުރިން އަމަލު ކުރަމުން އަންނަނީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ޖަވާބުދާރީވާން ލިބޭ ފުރުސަތު ވަކިވަކިން ދޭ ގޮތަށެވެ. ނަމަވެސް އީވާ މައްސަލައިގައި އާންމު ކޮމިޓީން 30 މިނިޓު އެއްކޮށް ދޭ ގޮތަށް ބަދަލުކުރެއްވީ އެކަމަށް އާޒިމް ހުށަހަޅުއްވައިގެންނެވެ.
އީވާ އިސްތިއުފާ ދެއްވުމުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވެފައިވުމާ އެކު، އާ ނައިބު ރައީސަކު އައްޔަންކުރަން މިރޭ އަށެއް ޖަހާއިރު ޖަލްސާއެއް ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
03 December 2023
ގަލޮޅު ކަންމަތީ މީހުން އެމްޑިޕީ އަށް އޮންނަ ލޯތް ބެއްގެ ސަބަބުން މީނަ ވަނީ 15 އަހަރު ވަން ދެން ވޯޓް ލައިގެން ހޮވާފަ އެވެ. ކޮންމެ ފަހަރަކުވެސް ފުޓް ސެލް ދަނޑެއްގެ ވާހަކަ ދައްކަ އެވެ. އަދި ވެސް އެދަނޑެއް ނުފެނެ އެވެ. މިފަހަރު އީވާ ކުރިމަތި ލިޔަސް ހޮވޭނެ ހެން ހިއެއް ނުވެ އެވެ.
އިހުސާން
03 December 2023
ޑިމޮކްރެޓިކް ނިޡާމުގައި އޮންނަނީ ކޮންމެސަބަބަކާހުރެވެސް ރަގަޅުވަގުތުގައި އިސްތިއުފާދިނުން. އީވާއަކީ ރާއްޖެދުށް އެންމެކުޅަދާނަ ރައްޔިތުން ތަމްސީލުކޮށްދޭ އެއްމެމްބަރު
ފިނރުޓޭ
03 December 2023
މީނަ ހިތުން ވަރަށް މޮޅު ވާހަކަ އެއް ދެއްކީމަ ގަލޮޅު އުތުރުން މީނަ އަދިވެސް ހޮވޭނެ! ކޮއެފުޅާ ތި އުޅެނީ އޮޅިގެން! ދެން ކެރަފާ އާއިލާގެ އެކަކުވެސް މަޖްލިހަކަށް ނުހޮވޭނެ! އަނެކަކު ދަ ޑިމޮކްރެޓެސް އޭ ކިޔާ ޕާޓީ އެއް ހަދާ ހާޖާނު ހަދާފަ އެ ކަނޑާލަނީ ބޭރަށް! ތިމާމެންގެ ތުއި ކަން ދައްކަން!
އަހުމަދު ސައިފުލް
03 December 2023
މީ ކިހިނެތް ކުރެވޭ ކަމެއްހޭ މި ބުނީ؟ އިހްލާސްތެރި ކަމެއް ހުރި ނަމަ އެ ޖަލްސާ ފެށުމުގެ ކުރިންވެސް އިސްތިޢުފާގެ ސިޓީ ލެވުނީސް! ތިމާގެ މޮޅު ކަން ދައްކަން ބޭނުންހާ ވާހަކަ އެއް ދައްކާފަ ދެން އިސްތިއުފާގެ ސިޓީ މި ދެނީ ރައީސަށް! އެހެން ދެވޭތަ؟ ހުށަހަޅަން ޖެހޭނީ މަޖްލިހުގެ އިދާރާއަށް އެ އޮންނަ އުސޫލުން ފޮތެއްގަ ލިޔެފަ ރަޖިސްޓްރި ކޮށްފަ ދެން މަޖްލިހުގެ ރައީސާ ހަމަ އަށް ދާން ޖެހޭނީ! އޮންނާނެ ކޮރެންސްޕޮންޑެންސް ހެންޑްލް ކުރުމުގެ އެސްއޯޕީ އޮފީސްއޮފީހުގަ!
ފުރިހަމަ
03 December 2023
އީވާގެ ސްޕީޗް ވަރަށް ފުރިހަމަ.
އަލިކާ ދިއްދު
03 December 2023
ކަމަކާކުރިމަތިލާ ހިތަވަރުން ކާމިޔާބު ހޯދުމީ ބުއްދިއާއި ހިކުމަތުން ހޯދޭނެ ކަންކަމެވެ. ތަންމިނައް އަނގަފުޅާކޮއް ހިތުހުރި ވާހަކައެއް ދައްކާ ގޮވުނުހާ އެއްޗެއް ގޮވުމުގެ ނަތީޖައަކައްވީ ރުކައްއެރިމީހާ ގޮވި ނަދުރަށެވެ. ތިމާގެ ގައިގާ ނެތް މޫރިތިކަމެއް ދައްކާނީ ފަހެކިހެނަކުންހެއްޔެވެ.؟
ލޮބީދު
03 December 2023
ފިނޑި ބައެއް. ހުސް ހިހޫ ތަނުން ކައިގެން އުޅޭ ބައެއް.
ގަޓް
03 December 2023
އިސްތިއުފާދެމުންވެސް އެދެއްކީ ތިމާގެ ހުދުމުހުތާރުކަން. ތިމާ ކިޔަން ބޭނުންވާއެއްޗެއް ކިޔާފަ އެހެން މީހަކަށް އެއްޗެއް ކިޔަން ފުރުސަތު ނުދީ ނިންމާލީ. އީވާ އާއި އަންނި ދެމީހުންނަކީވެސް ވަރަށް ހުދުމުހުތާރު ދެމީހުން.
ރަދީފްއޮފިޝަލް
03 December 2023
އެމްޑީޕީ 0 ، ޑިމޮކްރެޓްސް 3 ހެހެހެހެހެހެހެ
ޢަލީ ކުރުސީ
03 December 2023
ޢާއިލީ ކަމެއްދޯ؟ ކަމެއް ދިމާވާއިރަށް އިސްތިއުފާދިނުން! ވޯޓަކާ ކުރިމަތިލާނެ ހިތަވަރެއްވެސް ނުހުރޭ! އެކަމަކު މުޅި މަޖްލިސްތެރޭ ހަޅޭއްލަވަމުން ދުވާއޮރު ހޯވަނީ މިވަރެއްނެތްހެން!
ސަސި.
03 December 2023
ހުދުމުހުތާރުކަން ހުރިވަރު