ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު -- ފޮޓޯ: މިހާރު
05 ޑިސެމްބަރ 2023 - 10:24
ފެނަކައިގެ އެއްވެސް މުވައްޒަފަކު އަދި ވަކިނުކުރާ ކަމަށާއި ނަމަވެސް ކުރާނެ މަސައްކަތެއް ނެތް "ކޮންޓްރެކްޓް ސްޓާފުން" ގެ މުއްދަތު ހަމަވުމުން، އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރައްވާނެ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު، އެ ސައިޓެއްގައި ކުރާނެ މަސައްކަތެއް ނެތް ނަމަ އެ މުވައްޒަފެއްގެ ކޮންޓްރެކްޓް މުއްދަތު އިތުރު ނުކުރާ ކަމަށެވެ.
"މިސާލަކަށް އިންޖީނުގެއެއް އަޅަން ނަގާފައި ހުރި މީހެއް. އެ ތަނުގެ ކޮންޓްރީޓް މަސައްކަތަށް ނަގާފައި ހުރި ސްޓާފަކު، ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމުގައިވާ ނަމަ އެ ކޮންޓްރެކްޓެއް އާ ނުކުރާނެ. އެކަން [ކޮންޓްރެކްޓް މުއްދަތު އާ ނުކުރަނީ] ކުރަނީ ޓެކްނިކަލް މުވައްޒަފުން ލަފާ ދެއްވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ފެނަކަ ކުންފުނީގައި ވަކި މަސައްކަތަކަށް ހާއްސަ ކޮށްގެން "ކޮންޓްރެކްޓް ސްޓާފުން" ގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ 2،000 މީހުން ނަގައިފަ އެވެ. އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި ޕްރޮޖެކްޓްތަކަށް ކަމަށް މުއާޒު ވިދާޅުވި އެވެ.
ފެނަކައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެންމެ ގިނަ މުވައްޒަފުން ތިބި ކުންފުންޏެވެ. އެ ކުންފުނީގައި 7،300 މުވައްޒަފުން އެބަ ތިއްބެވެ. މިއީ އެ ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ މާ ގިނަ އަދަދެއް ކަމަށް ކުރިން މުއާޒު ވިދާޅުވެފައި ވެ އެވެ.
ފެނަކައިގެ މުވައްޒަފުން ވަކިކުރާ ކަމަށް ވިދާޅުވެ، ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ބަލައިގަނެ މިހާރު އަންނަނީ ބަހުސް ކުރަމުންނެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޗބޱޗބ
05 December 2023
ރަށްރަށުގަ ފެނަކައަށްނެގި އެކި މަސައްކަތް ތެރިކަމުގެ ހުނަރުހުރި މިސާލަކަށް ރާނާ މީހުންނާ ވަޑިން ކަހަލަ މޯހުން ފެނަކައިން ބޭރުނުކޮށް ރަށުގެ އުމްރާނީ ތަރައްގީގެ ކަންކަމުގަ އެމިހުމްގެ ބޭނުން ހިފައި ބިދޭސީ އެދާއިރާތަކުން މަދުކުރަންޖެހޭ
އުދުހޭ
05 December 2023
އަޗާތަޅަން ބޭކާރުގޮތުގަ އިބޫ ވަޒީފާ ދީފައިވާ 3800 މީހުންގެ މުސާރަ މީހަކަށް 15،000ރ ގެ ރޭޓުން ބެލީމާ އެއީ ބޭކާރުގޮތުގައި ބަހަކު ހޭދަކުރެވޭ 57 މިލިޔަން ރުފިޔާ. ގާނޫނު ހަދައިގެންނަމަވެސް ފެނަކައިގެ ވެރިން ޒިންމާދާރުނުކޮށް ދޫކޮށްލަން ހެޔޮނުވާނެ. އަހަރަކު ބައި ބިލިޔަން ރުފިޔާ ހަމައެކަނި ފެނަކައިން.
ފެނަކަ ކުޅުދުއްފުށި
05 December 2023
ޒިންމާދާރު ކުރަން ވީއެވެ! އަދި އެފަދަ ކަންތަށް ކުރި ބަޔަކު ވާޒީފާއިން ވެސް ވަކިކުރަންވީއެވެ. އެކަމަކު އެކަން ކުރެވޭނެ ބުއްދިއާއި ހިންގުމުގެ ތަޖްރިބާ އެކަންކުރާ މީހެއްގައިގައި ހުރުން ލާޒިމެވެ. އެއްމެ ކުޑަމިނުން ތިމާއަށް މިކުރެވެނީ ކޮންކަމެއްކަން އެނގެން ވާނެއެވެ. ހަމަަ އެކު އުޅެނީ ކުރީގެވެރިންނެވެ. އެމްޑީ ބިއުރޯއޭ ކިޔާތަނެއްގައި ތިބީ ޚަބަރު ލިބޭގޮތުން ހަމައެއްބަޔަކެވެ. އަސްލަކީ ފެނަކަތެރޭގައި ތިބީ ކުރީވެސް އަދި އެއްމެކުރީގައިވެސް ތިބިމީހުންނެވެ.
ހިސާބު ނޭގޭ
06 December 2023
ބައި ބިލިއަން އަކީ 500 މިލިއަން. އުދުހުނަސް ބޮޑު ވަރު
އުދުހޭ
05 December 2023
3500 މުއައްޒަފުން ލައިގެން ބަރާބަރަށް ތިޔަ ކުންފުނި މީގެކުރިން ވަނީ ހިންގާފަ. އިންތިހާބު ކައިރިވީމަ އިބޫ ސަރުކާރުގަ ސިޔާސީ އައްޑާތަކެއްގެގޮތުގައި އެތަނަށް އަޗާތަޅަންދާ މީހުންނަށް ފައިސާދޭން ވަޒީފާދިނީ.
ނޭނގެ
05 December 2023
ރަނގަޅު ކަމެއް
އަލިބެ..
05 December 2023
މުވައްޒަފުން ކެޑުން މައްސަލަ އެއްނެތެވެ. ޢެހެންނަމަވެސް ފެނަކައިން ކޮށްފަ ހުރި އިޢުލާން ތަކުން ފެންނަނީ ކުރީ ސަރުކާރަށްވުރެ ކޮރަޕްޝަން އިތުރުކުރަން އުޅޭ ގޮތަށެވެ. ކަޑާލާ މުވައްޒަފުން އަލުން ނަގަން ކޮށްފައިވާ އޢުލާންތަކުގައި މުސާރަވެސް ހުރީ ނެގޯޝިއޭބަލް ކަމަށެވެ.
ޑަކް މިލްކް
05 December 2023
ރައްޓެހިން ވައްދައިގެން ސަކަރާތް ޖެހުމުގެ ނަތީޖާ ހިތިވާނެއެވެ. ފެނަކަތެރޭގައި ތިޔަ ވަޒީފާ އަދާކުރެވޭނެ މީހުން ތިބޭނެއެވެ.
ޚިޔާލު
05 December 2023
ސަރުކާރުގެ ކުންފުންޏެއްގެ އެމްޑީއަކު ކުރާ ހުރިހާކަމެއްގެ ބަދުނާމު ސަރުކާރު ހިންގަަން ހުރި ވެރިޔެއްގެ ބޮލުގައި ނޭޅުވޭނެެއެވެ. މުއިއްޒު ޕާފޯމަންސް މިހާ ދަށްނަމަ ރައީސް މިކަމާއި ވިސްނާނެކަން ހަމަ ޔަޤީނެވެ.
ވައިރް
05 December 2023
އިބޫ ވަނީ މިގައުމަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ދީފައި. ވެރިކަމުން ވަކިވި ދުވަހު ގޭންގްތަކާއި ބޮޑެތި ކުށްތަކަށް އަރައިގަނެފައިތިބި އެތައް ސަތޭކަ މީހަކު ދޫކޮށްލި. އިންތިޚާބާ ދިމާކޮށްވެސް ދޫކޮށްލި. އިގުތިސާދީ އަނދަވަޅަކަށް ގައުނު ވައްޓާލައި ދުވަހަކުވެސް މިގައުމުގެ ރިޒާވް ދަށްނުވާވަރަށް އަޑިއަޅުވާލި. އެތައް މިލިޔަން ރުފިޔާއެއްގެ އަގުހުރި ހުޅުމާލޭގެ ބިންތައް ގާތްތިމާގެ މީހުންނަށް ބަހާލި. މިހާވަަރަށް ގައުމު ސުންނާފަތިކުރި ވެރިޔަކު ނުދެކެން.
ވައްލަ
05 December 2023
ގޭންގު މީހުންނާ ޖަލުންދޫކުރި މީހުން އަނބުރާހައްޔަރައް ގެންނަން ޖެހޭ ހުކުމް ތަންފީޒު ކުރަން
ނަފީލު
05 December 2023
ކުރީ ސަރުކާރުން ކޮންމެ ރަށަކަށް 20 މީހުން ނަގާފަ ހުރީ. ހާދަ ބޭކާރު ވަޒީފާ ތަކެކޭ. 3 މީހުން އިންވެސް ވާނެ.
ޚިޔާލް
05 December 2023
މުއާޒު ފެނަކައަށްލީ ކާކުގެ ބަހައްތޯއެވެ؟ ރައީސްގެ ނިންމެވުމެއް ހެނެއް ހީއެއްނުވެެއެވެ.
ލިޔާމީހާ
05 December 2023
މުޢާޒް ފެނަކަ ނެގީ އަމިއްލަޔައް ބޭނުން ވެގެން.. ވައްކަން ކޮއް ބަނޑު އެޅޭނީ އެންމެ ފަސޭހައިން ފެނަކަޔަށް ވާތީވެ.. އަދި މުޢާޒް ނިސްބަތްވާ ދާއިރާގެ މުވައްޒަފުންނަށް ބިރުދައްކާ ވޯޓަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގަ މީ މިއަދު ފެންނަން އޮތް ހަޤީޤަތް
ޖައްލެ ޖާން
05 December 2023
ތީގަ ނެތް މުއާޒް ކުރާނެ ކަމެއް ނެތް. ކީއްކުރަން ކޮންޓްރެކްޓަށް މީހުން ނެގީ