ކުރީ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަން ފެށި 4،000 ފްލެޓްތަކުގެ މަސައްކަތް ކުރިޔަށް ދަނީ: ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އޭސީސީއަށް ދޭން އާ ސަރުކާރުން ވަނީ ނިންމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
05 ޑިސެމްބަރ 2023 - 10:46
ކުރީގެ ސަރުކާރުން އިއުލާންކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މައްސަލަތައް ތަހުގީގުކުރަން ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދޭނެ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާންކޮށްފައިވާ ފްލެޓް ލިސްޓު މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން އެ ކޮމިޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ފްލެޓާ ގުޅޭ ކަންކަން މިނިސްޓްރީއާ ހިސާބުން ހުއްޓިފައި އޮތީ އޭސީސީން މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.
ހައިދަރު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގެ ފްލެޓް ލިސްޓާ މެދު އަމަލުކުރާނީ އޭސީސީން ދޭ ލަފައެއްގެ މަތިންނެވެ. އެ ލިސްޓު ރީއިވެލުއޭޓު ކުރަން ޖެހޭތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ އެއަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާރު ނެރެފައި އޮތް ފްލެޓް ލިސްޓް ބާތިލް ނުކުރާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން، ޝަރުތު ހަމަވާ މީހުން ބަލައި ހައްގުވެރިންނަށް ފްލެޓް ދޭނެ ކަމަށް ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ: އޭސީސީ އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފްލެޓް ލިބޭ ފުރަތަމަ 4،000 މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ މީހުންނާއި އުސޫލުން ބޭރުން ޕޮއިންޓް ދީފައިވާ ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓް ދިނުން ހުއްޓާލަން އަންގައިފަ އެވެ. އަދި އެ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ނިމެންދެން ފްލެޓް ދިނުމުގެ އެއްވެސް މަސައްކަތެއް ނުކުރަން މިނިސްޓްރީ އަށް ވަނީ އަންގައިފަ އެވެ.
އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގު ލަސްވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ގާއިމްކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް"ގެ އެކްސެސް ނުލިބިގެން ކަމަށެވެ.
ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވީ އެ އެކްސެސް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"އެ ބޭފުޅުން [އޭސީސީން] ފޮނުވާފައި އޮތް ސިޓީގައި އޮންނަނީ ވަކި ކަހަލަ ޝަރުތުތަކެއް ދީފައި އެކްސެސް ދިނުމަށް. އެއީ އަޅުގަނޑުމެންނަށް އެކްސެސް ނުވެވޭ ގޮތަށް އަދި އެ ބޭފުޅުންނަށް ވަކި ކަހަލަ ކަންތައްތަކެއް ކުރެވޭ ގޮތަށް. އެ ޕޯޓަލް އަކީ ޑިވެލޮޕަރުންތަކެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޕޯޓަލްއެއް. އެ ޕޯޓަލް އަށް ގެންނަ ޖެހޭ ބަދަލުތަކެއް ހުރުމުން އެ ބަދަލުތައް ގެނައުމަށް ދުވަސްކޮޅެއް ނަގަނީ މި،" ހައިދަރު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން ހަފުތާއެއްހާ ދުވަސް ތެރޭގައި އެ މަސައްކަތް ނިމޭނެ. އެ މަސައްކަތް ނިމުނީމަ އެ ބޭފުޅުންނަށް ފުލް އެކްސަސް ލިބޭނެ."
ކުރީ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަން ފެށި 4،000 ފްލެޓްގެ ޓަވަރުތައް: ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އޭސީސީ އަށް ދޭން އާ ސަރުކާރުން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭސީސީން ބުނި ގޮތުގައި، ފްލެޓު ލިސްޓުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި؛
• ރަށްރަށުގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ މީހުންކަން ލިޔެކިޔުމުން އެނގޭއިރު ވެސް ފްލެޓަށް ޝަރުތު ހަމަވެފައިވުން.
• ދަރިން ނެތް މީހުންގެ ދަރިން ތިބި ކަމަށް ބަލައި ޕޮއިންޓް ދީފައިވުން.
ކޮންމެ ފަހަރަކު ބޯހިޔާވަހިކަމަށް ބަޔަކު ހޮވުމުގެ ބަދަލުގައި، ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓެއް ހަދަނީ https://t.co/Hlm2rudQ7H
— Mihaaru (@Mihaarunews) December 4, 2023
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދިނުމާ ބެހޭ އުސޫލުގައި، ފްލެޓް ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ބުނެފައި އޮންނަނީ ފްލެޓަށް އެދޭ މީހާ ނުވަތަ މައި އެޕްލިކަންޓަކީ މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
އާ ސަރުކާރުން ބޯހިޔާވަހިކަމަށް 15 އަހަރުގެ ޕްލޭނެއް ހަދަމުން އަންނައިރު، ސިޔާސަތަކީ އާންމުންނަށް ފަސޭހަކަމާ އެކު ދިރިއުޅެވޭނެ ފަހި މާހައުލެއް ގާއިމުކޮށް އެތަނެއްގައި މީހުން އާބާދުކުރުމެވެ.
ބޯހިޔާވަހިކަމުގެ ވަކިވަކި މަޝްރޫއުތަކަށް އިއުލާނުކޮށްގެން ކޮންމެ ފަހަރަކު މީހުން ހޮވުމުގެ ބަދަލުގައި، ގެދޮރަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންގެ "ވެއިޓިން ލިސްޓް" އެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ހައުސިން މިނިސްޓަރު ހައިދަރު އިއްޔެގެ ކޮމެޓީގައި ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭސީސީ
05 December 2023
އޭސީސީ އަށް ފޯމުލާގޮތަށް ހަދަންވޫ.
ވސގޒެގ
05 December 2023
ތިންކޮޓަރީގެ ބޮޑެތި އެޕާޓްމަންޓްތަކުގަ އުޅެމުން ފްލެޓަށްލި މީހުން ކޮޓަރި ތެރޭ ކައްކާ ކާގޮތަށްހެދީމަ ލިބޭ ފުލްޕޮއިން އެގޮތަށް ދޮގުހަދައިގެން ހޯދާފަ އެބަހުރި. ދަރިން ނެތް ދެމަފިރިން 73 އިން މަތި ހޯދީވެސް ހަމަ ދެންތިބިބައިން ފުލްހޯދައިގެންނާއި ދަރިންގެ ބަޔަށް ޕޮއިންޓް ހޯދައިގެން. ވަރަށް ވާހަކަ މީ
ހަހަހަ
05 December 2023
މަތިން އައިސް ތިބި ބައެއްތަ އެއީ
ނާޒިމް އަހުމަދު
05 December 2023
ރާއްޖޭގައި ބޯހިޔާވެހިކަމުން ވައްކަން ކުރުމުގެ ސިޔާސަތަށް ނިމުމެއް ގެންނަން ޖެހޭ. އިންސާފުވެރި ކަމާއި އެކު މިގައުމުގައި ހަޤުތަށް ކަށަވަރު ކުރެވޭނެ އުންމީދު ބިލާހަކަށްވެއްޖެ. ޤައުމަށް މޮޅެއް ހޯދޭނެ ކަމުގެ އުންމީދުގައި މިގެނެވުނު ޑިމޮކްރަސީގެ ސިޔާސަތަކުން މުޅިގައުމިގާއި ވައްކަމާއި ފަސާދަ ފެތުރި މުނާފިގުން %98 ވުރެން މަތިވެއްޖެ. ދިވެހީން ސަލާމަތުގެ އައްސޭރިއެއް ހޯދަން ލަސްވެއްޖެ.
އަކުބަރު
05 December 2023
ކޮންމެ ފަހަރަކު ބޯހިޔާވަހިކަމަށް ބަޔަކު ހޮވުމުގެ ބަދަލުގައި، ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓެއް ހަދަނީ މިހެންހަދާ ލިސްޓަކީ ވަރަށް އަވަސް އަވަހަށް ބަދަލު އަންނާ ނޭ ލިސްޓަަށްވާތީ ކޮންމެފަހަރަކުވެސް ސަރުތު ހަމަނާ މީ ހުންނަށް ބޯހިޔާ ވަހިކަން ދިނުން މުހިއްމު
ާއަލިފުޅު
05 December 2023
ޢޭސީސީގެ ތަހުގީގުގެ ސައްހަކަމާްއި މެދު މާދަމާ ކޮންމެވެސް ބަޔަކު ޝަކުވާކޮށްފިއްޔާ ޔޯ
ޖަރީމާފުޅު
05 December 2023
ތިޔަ ޕޯޓަލްގެ ފުރިހަމަ އެކްސެސް ލިބުމުން ޕޮއިންޓުތަކަށް އުނިއިތުރު ގެނެސް ޝަރުޠު ހަމަނުވާ މީހުންނަށް ޝަރުޠު ހަމަކޮށްފައި ޕޮއިންޓްދިން މުވައްޒަފު އެނގޭނެ. އެ ކޮން މުވައްޒަފުންތަކެއްކަން ހާމަކުރުމަކީ ވަރަށް މުހިންމު ކަމެއް. އޭރުން ކުރިޔަށް އޮތްތާނގައި މިބާވަތުގެ ވިޔާނުދާ ހުތުރު އަމަލުކުރަން ޖެހިލުންވާނީ. އަދި ދައުވާކުރަންޖެހޭ މުވައްޒަފުންގެ މައްޗަށް ދައުވާކޮށް އިދާރީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންގެ މައްޗަށް އިދާރީ ފިޔަވަޅު އަޅުއްވާ!
އަންދަލޫސިޔާ
05 December 2023
1 ހަފުތާ ފަހުން ދެނީ ކީއްކުރަން؟ ހަދާނެ އެއްޗެއް ހަދަން 1 ހަފުތާ ނަގަނީ؟
ބޮޑުރިޔާ
05 December 2023
ގަމާރުން ދައްކާވާހަކަ ބޮޑެތި މިނިސްޓަރުން ދައްކާތީ މަމިހުންނަނީ ބުނރާތިވެފާ މިހާރުވެސް އެއޮތީ ފުލެޓަށް ބޭނުންވާ އެންމެންނަށް ހުޅުވާލާ އެކަމަށް އެދުނު އެންމެންނަށް މާކުސްދީ އަދި ފުރަތަމަ ފުލެޓްލިބޭ 4000 މީހުންވެސް އިއުލާންކޮށްފަ ދެންމިމީހުން އެއަށްވެސް އިހުތިރާމެއްނުކުރެ ދެން މިމީހުންހަދާ ލިސްޓަކަށް ދެން އަންނަސަރުކާރަކުން އިހުތިރާމެއްކުރާނެތަ އަބަދު ލިސްޓް ހަދަންޖެހޭނީ މަކަރާ ހީލަތް ހެދިއްޔާ އެހެދިމީހަކާމެދު ފިޔަވަޅު އަޅާ އޭރުން އެވީ
ކިރު ސައި
05 December 2023
ޑޭޓަރ ޕްރޮޓެކްޝަން އެންޑް ޕްރައިވަސީގެ އަލިފްބާ ނޭނގޭ ސަރުކާރެއްމީ. ދުނިޔޭގެ އެހެންގައުމުތަކުގަ ކަންކުރާގޮތް ދަސްކޮށްބަލަ. މޮޅުވާހަކައެއްކަމަށް ހީކޮށް ތިބުނަނީ އެތަކެއް ހާސް ރައްޔިތުންގެ ޒާތީ މައުލޫމާތު އެމީހުންގެ ހުއްދައެއްނެތި ކަމާއި ނުގުޅޭބަޔަކަށް ސޭލްއަޅުވާ ވާހަކަ.