ޚަބަރު / ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން

ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ނިންމައި ދައުވާކުރަން ފޮނުވަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު.--

ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ހުއްޓާ އެރަށު އަބްދުﷲ ރަޝީދު، މަރުވި މައްސަލާގައި ފުލުހުންނަށް ދައުވާކުރަން ފޮނުވަން ނެޝަނަލް އިންްޓަގްރިޓީ ކޮމިޝަން (އެންއައިސީ) ނިންމައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހައްޔަރުކުރީ ޑްރަގް ޓްރެފިކިންގެ ތުހުމަތުގަ އެވެ. އާއިލާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މެޔަށް ތަދެއް އަރައިގެން ފަރުވާއަށް އެދުމުން ވެސް ފަރުވާ ނުދީ ލަސްކުރުމުންނެވެ.

މި ތުހުމަތާ އެކު އެންއައިސީން ކުރި ތަހުގީގުގައި ފުލުހުންނަށް ކޮށްފައިވަނީ ފަރުވާކުޑަ ކުރުމުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތު ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ. މިކަމާ ބެހޭ ގޮތުން އެންއައިސީއާ ސުވާލުކުރުމުން ބުނީ ކަމާ ގުޅުން ހުރި ފަރާތްތަކުން މައުލޫމާތު ހޯދުމަށް ފަހު، ވީ އެންމެ އަވަހަށް ޖަވާބު ދޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ގިނަ އަދަދެއްގެ ފުލުހުންގެ ބަޔާން ނަގާފައިވެ އެވެ. އެކަމަކު ދައުވާކުރަން ފޮނުވީ ކިތައް ފުލުހުންގެ މައްޗަކަށް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ރަޝީދު ހައްޔަރުކުރި އިރު އިތުރު ދެ މީހަކު ވެސް ފުލުހުން އެ އޮޕަރޭޝަންގައި ހައްޔަރުކުރި އެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ހޯނޑެއްދޫ އާއި ކައިރި ފަޅުރަށްތަކުގައި ވަޅުލާފައި ހުއްޓާ 82 ކިލޯގެ މަސްތުވާތަކެތި ހޯދައިފަ އެވެ.

13 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 27%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1828

05 December 2023

ނޭޝަން އިންޓިގްރިޓީ ކޮމިޝަނަށް އޮޅިގެންތަ މި މައްސަލަ މިގޮތަށް ނިންމާފައި މިއޮއްތީ؟ މީގެކުރިން ފުލުހުން ކުރާ ކުށްތައް އަދި އިހުމާލުގެ މައްސަލަތައް ބެލުމަށް ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަންވަނީ ނުކުޅެދި އިހުމާލުވެފައި. މިއީ އުފާވެރި ޚަބަރެއް. ފުލުހުން ޤާނޫނީ އިމުގެ ތެރޭގައި ކުރިއަށް ދިއުމަށްޓަކައި ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަންގެ މަސްއޫލިއްްޔަތު ވަރަށް ބޮޑު.

The name is already taken The name is available. Register?

ށަރުބެ

05 December 2023

ސިފައިން ކުރިޔަސް ޕޮލިހިން ކުރޮޔަސް ކުށެއްވާނީ ކުށަކަށް ހާޓް އެޓޭކެއް ޖެހިގެން މެޔަށްތަދެއް އަރާގެން ކަމަށް ބުނަނީ މަރުގަ ފުލުސްމީހާ އަކަށްވެސް ނުއެއް ހިފެހެއްޓޭނެ ްްްްް ް ް ް ް ގަސްދުގަ އަނިޔާ ކޮއްގެން ކަމެއް ކުރިނަަމަ ރަގަޅު ފިޔަވަޅުވެސް އަޅަން

The name is already taken The name is available. Register?

ވަކީލްް

05 December 2023

މަރެއް ނުހިފެއްޓޭނެއެވެ. ނަމަވެސް ބަލިވުމުން ބޭފުޅާވެސް ދަނީ ހޮސްޕިޓަލަށެވެ. ބަނޑުހައިވުމުން ބޭނުންވަނީ ކާށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މެއަށް ތަދެއްއެރުމުން ފަރުވާއަށް އެދި އާދޭސްކުރިއެވެ. އެތަނުގައި ދާއިރާގެ މެންބަރު ހިމެނޭހެން އެތައް ބަޔަކު ތިއްބެވެ. އެމީހުންވެސް އޭނާއަށް ފަރުވާދިނުމަށް އެދެމުންދިޔަ ނަމަވެސް ފުލުހުން ހީކުރީ މަކަރު ހަދަނީކަމަށެވެ.

The name is already taken The name is available. Register?

ބައުކަލޯ

05 December 2023

ފުލުހުންވިޔަސ1ފެމިލީވެފަގޭންގްއުސޫލުންކަންކަންނުރެވޭނެ! ފުލުހުންނަށްވެސްޚަރަދުކުރަނީރައްޔަތުންގެފައިސާއިން!

The name is already taken The name is available. Register?

ާއެޑަމް

06 December 2023

ރައްޔިތުންގެ ފައިސާއިން ހަރަދު ކުރަނީ ހަމަ އެކަނި ފުލުހުންނަށް

The name is already taken The name is available. Register?

ޙަމަ46

05 December 2023

ބޭނުންވާނި ދައުވާ އެއްނޫން. އާއިލާއައް އެކަށޭނެ ބަދަލެއް.

The name is already taken The name is available. Register?

ހަވަރު ތިނަދޫ މޭރު

05 December 2023

އެކަށޭނެ ބަދަލު ދޭންވީ މަޑަވެލި ހޯޑެއްދޫގަ ތިބި ޑްރަގުބޯކުދިންގެ އާއިލާތަކަށް.

The name is already taken The name is available. Register?

އާޔާ

05 December 2023

ބަދަލު ލިބޭނެ މަހުޝަރުދުވަހުން …. 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެގެނެސް އިސްލާމީ މި މުޖުތަމަޢު ފުނޑާލަން މަސައްކަތް ކުރުން އެއީ މައްސަލައެއް ނޫން ދޯ؟

The name is already taken The name is available. Register?

ރިޔާޒު

05 December 2023

ފުލުހުންނަށް ދައްވާ ކުރަން ނުވިސްނާ. ފުލުހުންނަކީ އެއް ފެމެލީއެއް. އަހަރެމެން މީ ބްލޫސް. ފުލުހުންނާ ކުޅެން އުޅޭ ބަޔަކު ވިއްޔާ ނިމިދަނީ ވަރަށް ހަޑިކޮއް.

The name is already taken The name is available. Register?

މަންޒަރު ދުށް މީހާ

05 December 2023

ފުލުހުން ކުށް ކޮށްފޮއްޔާ ފުލުހެއް އާއްމު މީހެއް ނޯންނާނެ. ފުލުހުން ކުރާ ކުށްތަކުގެ މައްސަލަ ވެސް ބެލެންޖެހޭނެ. ވަރަށް ކައިރިން މި މަންޒަރު ދުށް މީހެއްގެ ހައިސިއްޔަތުން އެދުވަހު ރަޝީދު މެޔަށް ތަދެއް އަރައިގެން ފުލުހުން ކާއިރީގައި އަދޭސް ކުރީމާ ބުނީ ތި ޖައްސަނީ އެކްޓޭ. އެހެންމެފަހުން 2 ގަޑިވީއިރުވެސް އެވޭނުގަ ތެޅިތެޅި އުޅެފަ މި ދުނިޔޭއާ ވަކިވި. ފުލުހުން ހިތަށް އެއްވެސް އަސަރެއް ނުކުރި ބިންމައްޗަށް ވެއްޓި މަރަށް ތެޅުނު އިރު. ތިބީ މަންޒަރު ބަލަން

The name is already taken The name is available. Register?

އާންމު ރައްޔިތެތް

05 December 2023

އެއް ފެމިލީ ހެދިފަ މީހުން ވެސް މަރަން ވީ؟ ހުވައެއް ކޮއްގެން ކަން ތިބެމީ ހަދާމް ނެތިފަ

The name is already taken The name is available. Register?

މަޑަވެލީ ޗައްޕަލު ކަތީބު

05 December 2023

ތަންކޮޅެއް ލަސްވިނަމަވެސް ހޯޑެއްދޫ ޒުވާނުންގެ %90 އެކަމުގެތެރެއަަށް އަރަގުވެގެން ދިޔައީހެވެ. ކޮންމެކަމެއްވާނީވެސް ރަނގަޅަކަށެވެ ގޯސްކޮން ނުވިސްނާށެވެ

The name is already taken The name is available. Register?

ވަކީލްް

05 December 2023

މިކޮމެންޓްކުރީ ކާކުތޯ ބަލައި ފުލުހެއްނަމަ ވަގުތުން ފިޔަވަޅު އަޅަން މިނިސްޓަރު އިހުސާނަށް ގޮވާލަން. ރައްޔިތުން ހިމާޔަތްކުރަން ހުވައެއްކޮށްގެންތިބެ މިފާޑުގެ ވާހަކަ ދެއްކިގެން ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454