ލައިފްސްޓައިލް / ފަލަސްތީން

ފަލަސްތީނުގެ ނޫސްވެރިންގެ އެންމެ ފަހު މެސެޖު

ފަލަސްތީނުގެ ފޮޓޯޖާނަލިސްޓް، މޮތާޒް އަޒައިޒާ.

ޒަޔަނިސްޓް ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކުރަމުންދާ މި ދަނޑިވަޅުގައި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ގާޒާގެ ބިރުވެރި ހާލަތު މުޅި ދުނިޔެއަށް ދައްކާދެމުން އަންނަ ފަލަސްތީނުގެ ނޫސްވެރިން ވެސް މިހާރު ތިބީ އުއްމީދު ގެއްލި، މާޔޫސްވެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ދެމުން ގެންދާ ސިލްސިލާ ހަމަލާތަކުގައި މި ހިތްވަރުގަދަ ނޫސްވެރިން ވެސް އެތައް ގުރުބާނީއެއް ވެއްޖެ އެވެ؛ އެމީހުންގެ އާއިލާތަކުގެ އެތައް ބަޔަކު ވެސް ހަމަލާތަކުގައި ދުނިޔެ ދޫކޮށްފި އެވެ.

މި ނޫސްވެރިން ޚަބަރުތައް ފޯރުކޮށްދެމުން އައީ ދަތި، އުނދަގުލުގަ އެވެ. މުވާސަލާތީ ހިދުމަތްތައް އެތައް ފަހަރަކު ކަނޑާލައި އެމީހުންގެ މަސައްކަތަށް ހުރަސްއެޅި އެވެ. ނަަމަވެސް، އެއްވެސް ފަސްޖެހުމެއް ނެތި، ގާޒާގެ ހާލަތު ކަވަރު ކުރީ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެންނެވެ.

ގާޒާގެ ހާލަތު ސޯޝަލް މީޑިއާ އަށް ތިލަކޮށްދިން މި ހިތްވަރުގަދަ ނޫސްވެރިން މިހާރު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އަސަރުގަދަ މެސެޖުތަކެއް ފޮނުވައިފަ އެވެ. އެމީހުން ބުނި ގޮތުގައި، މިއީ އެމީހުން ދުނިޔެއަށް ރައްދުކުރާ އެންމެ ފަހު މެސެޖަށް ވެސް ވެދާނެ އެވެ.

އަހަންނަށް ވާނެ ވަރު ވެއްޖެ. އެއީ އެކަލާނގެއަށްޓަކައި އަދި ގައުމަށްޓަކައި ކޮށްދިން ކަމެއް ކަން މާތްﷲ ހެކިވާނެ. ދުޝްމަނުން އަހަރެމެން ވަށާލައިފައި: ފޮޓޯޖާނަލިސްޓް، މޮތާޒް އަޒައިޒާ

"އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ކަންކަން ހިނގަމުން ދިޔަ ގޮތް ދެއްކުމަށް ކުރި މަސައްކަތް ނިމުނީ. މިހާރު މި އޮތީ ދިރިހުރުމަށް މަސައްކަތްކުރަން ޖެހޭ ވަގުތު އައިސް ޖެހިފައި،" ގާޒާގެ އުމުރުން 24 އަހަރުގެ ފޮޓޯޖާނަލިސްޓް، މޮތާޒް އަޒައިޒާ ބުންޏެވެ.

"އަހަންނަށް ވާނެ ވަރު ވެއްޖެ. އެއީ އެކަލާނގެއަށްޓަކައި އަދި ގައުމަށްޓަކައި ކޮށްދިން ކަމެއް ކަން މާތްﷲ ހެކިވާނެ. ދުޝްމަނުން އަހަރެމެން ވަށާލައިފައި."

މޮތާޒް ބުނީ އިސްރާއީލުގެ އަނިޔާވެރި ސިފައިން އެމީހުން ވަށާލައި ގާޒާގެ މީހުންނަށް ސަލާމަތްވެވޭނެ ހުރިހާ މަގެއް މިހާރު ބަންދުކޮށްފި ކަމަށެވެ. އަދި އެމީހުންގެ ހާލަތު ބަޔަކަށް އިހުސާސް ވެސް ނުކުރެވޭނެހާ ގޯސްވެއްޖެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންގެ ހާލަތަކީ [ސޯޝަލް މީޑިއާގައި] ޝެއާކޮށްލަން ލިބޭ ކޮންޓެންޓެއް ނޫންކަން ހަނދާންކުރާތި. އަހަރެމެންނަކީ އަހަރެމެންގެ ނަސްލު ނައްތާލަން އުޅޭތީ އެކަމާ ކުރިމަތިލައިގެން ތިބި ބައެއް. އަހަރެމެން އެކަނީމާ އެކަނި މި މަސައްކަތްކުރަނީ ދިރި ތިބުމަށް،" އޭނާ ބުންޏެވެ.

ގާޒާގެ ވީޑިއޯގްރާފަރެއް ކަމަށްވާ އުމުރުން 25 އަހަރުގެ ބިސާން އޮއުދާ އިންސްޓަގްރާމްގައި ބުނި ގޮތުގައި، މި ހާލަތުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް އޭނާއަކަށް މިހާރު ނެތެވެ.

"ހަގީގަތެއް، ހުވަފެނެއް ވަކި ނުކުރޭ ވަރަށް އަހަންނަށް މިހާރު ބިރުވެރި ހުވަފެންތައް ފެނޭ،" އޭނާ ބުންޏެވެ.

"އަހަރެން ދުނިޔެއަށް ދޭން ބޭނުންވާ މެސެޖަކީ މި ހާލަތަށް އަހަރެމެން ވައްޓާލުމުގައި ތި އެންމެންގެ އިހުމާލު އެބައޮތްކަން."

އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި 16،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރާލައިފަ އެވެ. އަދި އެތައް ލައްކަ ބަޔަކު ހާލުގައި ޖެހިފަ އެވެ. ގިނަ ބައެއްގެ ގެދޮރު ގެއްލި ވަނީ މަގުމަތިވެފަ އެވެ. އަދި ކާބޯތަކެތި ނުލިބި، ޒަރޫރީ އެހެން ބޭނުންތައް ވެސް ނުފުއްދި އެތައް ބަޔަކު ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލުގަ އެވެ.

2 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 97%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫މުޙުއްމާ

10 December 2023

ނ‫ަތަންޔާހޫ އެކަންޏެއްނުން ބައިޑްން އަކީޥެސް ކުޑަކުދިން މެރުމުގެ ބައިވެރިޔެއް. ބައިޑްން ލަދުގަންނަންޖެހޭނެ ހިއުމަން ރައިޓްސް އޭ ޑިމޮކްރެސީއޭކިޔަން. އެމެރިކާ އަކީ ދުނިޔޭގައޮތް އެއްމެ ބޮޑު ޑިކްޓޭޓަރޝިޕް.

The name is already taken The name is available. Register?

މަނާހު

08 December 2023

އިންޝާﷲ. ތިޔަ ހިތްވަރާ ސާބިތުކަމާއި ﷲއަށް ޓަކައި ތި ވީ ގުރުބާނީގެ އަގު ﷲ ތަޢާލާ ދެއްވާނެ. ޢަހަރެމެން މިތިބީ ހެޔޮ ދުޢާ ކުރުންމަތީ. ޙަޤީޤަތަކީ މިއަދު މުސްލިމުންވަނީ ޣައިރުމުސްލިމުންގެ މުށުތެރޭގައިކަން. ޢެހެންނޫންނަމަ މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ ތިބެ ޣައްޒާއަށް ވާގިވެރިވީސް. ޙަމަޔަޤީނުންވެސް އަހަރެމެން މުސްލިމުންނަށްވެ ތިބެ އިޙުމާލުވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454