ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައި އޮތް ނަމަވެސް ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި މިއަދު ތިން ނޫސްވެރިޔަކު ޝަހީދުކޮށްލައިފި އެވެ. 

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ނޫސްވެރިން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ އަލް ޒަހްރާ ސަރަހައްދަށް ދިން ހަމަލާތަކެއްގައި ކަމަށެވެ. 

ޝަހީދުވީ މުހައްމަދު ސަލާހް، އަބްދުއްރައޫފް އަދި އަނަސް ޣަނީމް އެވެ. މީގެ ތެރެއިން އަބްދުއްރައޫފަކީ މީގެ ކުރިން އޭއެފްޕީއަށް ފޮޓޯ އަދި ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. 

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ނޫސްވެރިންގެ މަރާ ގުޅޭ ރިޕޯޓް ބަލަމުން އަންނަ ކަމަށެވެ. 

ފަލަސްތީނުގެ ޣައްޒާގައި މިއަދު ދިން ހަމަލާގައި ޝަހީދުވި ބައެއްގެ އާއިލާގެ މީހަކު ރޮނީ: ހަމަލާތައް ހުއްޓާލައިގެން ތިބޭ ކަމަށް ބުންޏަސް އިޒްރޭލުން ދަނީ ހަމަލާ ދެމުން. -- ފޮޓޯ: އޭއެފްޕީ
ފަލަސްތީނުގެ ޣައްޒާގައި މިއަދު ދިން ހަމަލާގައި ޝަހީދުވި ބައެއްގެ އާއިލާގެ މީހަކު ރޮނީ: ހަމަލާތައް ހުއްޓާލައިގެން ތިބޭ ކަމަށް ބުންޏަސް އިޒްރޭލުން ދަނީ ހަމަލާ ދެމުން. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ދޭން ފެށި ހަމަލާތައް ދެ އަހަރަށް ފަހު ހުއްޓާލި ކަމަށް ބުނި އިރު 210 އަށް ވުރެ ގިނަ ނޫސްވެރިން މަރާލާފައިވާ ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާޒް (އާރްއެސްއެފް) އިން ބުނެފައިވެ އެވެ.

މިދިޔަ އަހަރު މުޅި ދުނިޔޭގައި މެރި ނޫސްވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބައި މީހުންގެ މަރަށް ޒިންމާވާން ޖެހެނީ އިޒްރޭލުން ކަމަށާއި ޣައްޒާގައި އެކަނި ވެސް ފަލަސްތީނުގެ 29 ނޫސްވެރިޔަކު މަރާލާފައިވާ ކަމަށް އާރްއެސްއެފް އިން ބުނެފައިވެ އެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން ވެސް އިޒްރޭލުން ޣައްޒާއިން 451 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.