މިރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީ ސެނެޓްގެ ބައްދަލުވުމުގައި ރައީސާއި އަބްދުއްރަހީމް ބައިވެރިވެ ވަޑައިގަންނަވަނީ: އެ ކޯލިޝަންގެ ލީޑަރަކަށް ރައީސް މުއިއްޒު ވަނީ ހަމަޖައްސަވާފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
06 ޑިސެމްބަރ 2023 - 23:03
ޕީޕީއެމް ޕީއެންސީ ހިމެނޭ ކޯލިޝަންގެ ލީޑަރުގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ލީޑަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ދާދިފަހުން ވަނީ ވަކިވެ ވަޑައިގެންފަ އެވެ. އެހެންވެ، ކޯލިޝަންގެ ލީޑަރުގެ މަގާމު މިހާތަނަށް އޮތީ ހުސްކޮށެވެ.
ކޯލިޝަން ލީޑަރުގެ މަގާމަށް ރައީސް މުއިއްޒު އިންތިހާބުކުރީ މިރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށް ޕީއެންސީއިން ބުންޏެވެ.
މިރޭ ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް ޔާމީން ޕާޓީން ވަކިވެ ވަޑައިގަތުމަށްފަހު މިހާރު ގެންދަވަނީ ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިރާގް
07 December 2023
މިއީ ވަރަށް ފުރިހަމަ ނިންމުމެއް.
އަޒްމިރަލްދާ
07 December 2023
މަރުހަބާ ރައީސް ޑރ.މުއިއްޒް
ގައުމުގެ ރައީސްކަންﷲހަވާލުކުރެއްވުމުން..
07 December 2023
ޕޕމ ޕނސ ގެ ރައީސަކަށް ނައިބަކަށް ޕިޔޯނަކަށް ވާން ރައީސްގެ ވަގުތު ދުއްވާނުލާ. ގައުމުގެ ހުރިހާ ރައްޔިތުންގެ ބަލަދުވެރިޔާތީ. ޕާޓީ ހިންގުމާ ކުރިއެރުވުމާ ޑެއިލީ ކަންތަކާ އެކަމުވެ ޕޮލިޓިކްސް ދެން އެޕާޓީން ބަޔަކު ނަގާ havaalu ކޮއްފަ ގައުމުގެ ހުންގާނުގަ ބިޒީވޭ. އެއްވެސް ކޮޅަލުން ފަރުވާކުޑަނުކޮށް ރައްޔިތުންގެ ލައިވްލިހުޑްސް ފަށާދީ އެންމެހާ ރައްޔިތުން ގައުމު ކުރިއަރުވަން ކުރިއށްނެރެ ބޭކާރު ކަންތަކަށް ފައިސާޔާ ވަގުތު ދުއްވާނުލާ.ޖީބުތައް އެއްވަރަށް ފުރާނީ
ހާނިކް
07 December 2023
ރައީޒް މުއިޒްގެ ޒައާމަތަކަށް މަރުހަބާ
އާލިން
07 December 2023
ޔާމީން އަކަށް ނުވިއެއްނުން. މުއިޒް މިފަހަރު މި ބިނާކުރަނީ ރާއްޖޭގަ ފިކުރެއް
ކާލިން
07 December 2023
ޔާމީން ގޮވައިގެން މުއިއްޒުއަށްވީ. އެހެންނޫންނަމަ ނުވީސް.
ނުހައިކު
07 December 2023
ޔާމީނަށް ނުހިންގުނު ޕާޓީ މިފަހަރު ހިންގާލެ ރައީސް މުއީޒް
ތިހެން
07 December 2023
ޔާމީންގެ ޕާޓީއެއްގެ މައްޗަށް ވެރިވެގަނެގެން އުޅޭ ބައެއް މިހާރު ފެންނަނީ
ނާއިމު
07 December 2023
އޭރަށްގެ ވެރިއަކަށް ހުރި ބޭފުޅަކަށް ދޭޭން ޖެހޭނެ ޕާޓީ ރައީސްކަން
ވަހީދު
07 December 2023
މަރުހަބާ ރައީސް މުއީޒް. ގައުމައިގެން ކުރިއަށް
ހިޔަޅު-އެމް
07 December 2023
އަދި ހަމައެއްކަމެއްވެސް ނުކުރެވޭ. ހުސްވާހަކަ އަދި ދައްކާތަން ފެންނަނީ. ތުރުކީދަތުރުގެ ސަބަބުން ސައޫދީ ގުޅުން އިތުރަށް ހީނަރުވިވާހަކައެއް އަޑުއިވޭ. ޗައިނާއަކުންވެސް އަދި އެއްޗެއް ނުލިބޭ. އިންޑިއާ ސިފައިންނޭ ކިޔައިގެން ދެއްކިވާހަކައިން ސޯޓް ބޭލެމުންދަނީ. މަޤާމްތައް ނުލިބިގެން ރިޔާސީ ކެމްޕެއިނަށް ފަންޑުކުރިބަޔަކު ރަތަށް އަރައިގެން އުޅޭވާހަކަވެސް އެބަ ދެކެވޭ
ޖޫޒަން މުހައްމަދު
07 December 2023
ތަރައްގީ ކޮއްފަ އެމްޑީޕީ މީހުންނަށް ދައްކާލާތި. މުއިއްޒު ނޫން މީހަކަށް ނުވާނެ
އަހަންމަދާ
07 December 2023
މުއިއްޒުނޫން މީހުންނަށްވެސްވާނެ. މުއިއްޒަށްވެސް ވާނެ އަދި އެހެންމީހުންނަށްވެސް ވާނެ. އިންސާފަށް ވާހަކަ ދައްކާނީ.