ހުޅުމާލެ H06 ސަރަހައްދުގައި ފުލުހުންތަކެއް މީގެ ކުރިން ހަރަކާތްތެރިވަނީ.-
07 ޑިސެމްބަރ 2023 - 09:42
ހުޅުމާލެ 2 ގެ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކަށް ރޭ ހަމަލާދިނީ އާއިލީ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެޗް6 ގެ އެޕާޓްމަންޓެއްގައި ފިރިހެނަކަށް ހަމަލާދިން މައްސަލައެއްގެ ރިޕޯޓް ރޭ ލިބިފައިވާ ކަމަށެވެ.
އެ ހަމަލާގައި އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވިއިރު، އެ މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އޮފިޝަލް ވިދާޅުވީ، އެ މައްސަލަ މިހާތަނަށް ބެލި ބެލުމުން އެ ފިރިހެން މީހާ އަށް ހަމަލާދީފައިވަނީ އާއިލާގެ ތެރޭގައި ޖެހުނު މައްސަލައެއްގައިކަން އެނގިފައިވާ ކަމަށެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށު މުދިމު
07 December 2023
ދެން ބުނަންވީ ޖަލުން ނެރުނު މީހުނޭ ދޯ
އުމޭއްތަ
07 December 2023
ދެން މުޅިންވެސް އޮންނާނީ އާއިލީ މައްސަލައާ އޮޅިގެން ވަޅިއެއް ހެރުމާއި ވަޅި ކޮޅަށް ހުއްޓައި މީހަކު ގޮސް ވަޅީގައި ޖެހުމާއި ތޫފާނާއި ނަގޫ ރޯޅިއެއްގައި އެއްލާލާ ކޯރާޑި އެއްޗެހި ޖެހުމާއި
އޮނަރަބްލް އަފީފު ދީދީ
07 December 2023
ހަމަލާދިންތާ 24 ގަނޑިއިރުނުވެ، މައްސަލަ ތަޙްޤީގު ފަށައިނުގަނެވި އުޚެނިކޮށް "ހަމަލަދިނީ އާއިލީ މައްސަލައަކާއިގުޅިގެންކަމަށް" ފުލުހުންބުނުމުން ވަރަށް "އެހެން ކަހަލަ" ހީތަކެއް ކުރެވެންފަށައިފި. # ބޮޑެތި ޖިނާއީކުށްތަކުގައި ދައުވާކުރި އެތައްމައްސަލަ ކޯޓްމަރުޙަލާގައި އެހެންގޮތަކަށް ފުރޮޅިފައިވަނީ މައްސަލަ ތަޙްޤީގުކުރުމުގައި "ފުލުހުންނަށް އަރާފައިވާ އޮޅުންތަކެއްގެ ސަބަބުން" ކަމަށް ކަޑައަޅާފައިވާތީ މިކަމުގައިވެސް އެހެންވެދާނެކަމަށް ހީކުރެވޭ.