10 ޑިސެމްބަރ 2023 - 11:54
ކުރިއަށް އޮތްތަނުގައި އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލުން ޓެކްސީ ނެގޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް މިއަދުން ފެށިގެން މަޑުކުރެވޭނެ އެވެ. އެކަން އިފުތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވީ އެންމެ ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ފަހި ކުރުން ކަމަށެވެ. ޑޮމެސްޓިކް އެއާޕޯޓާ ހަމައަކަށް ޓެކްސީ މަޑުކުރެވޭ ގޮތަށް ބަދަލު ގެނެސްފައި ވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، ޑޮމެސްޓިކް އެއާޕޯޓާ ހަމައަށް ޓެކްސީ ޑްރޮޕް އޮފް ކުރުމުގެ އިތުރުން އެ ސަރަހައްދުން ޓެކްސީ ނެގޭނެ ގޮތް ހަމަޖައްސާނީ، ޑޮމެސްޓިކް ޓާމިނަލް މަގު އިތުރަށް ހަދައިގެން ކަމަށެވެ.
"އެރައިވަލް މީހުންނަށް މިތަނުން ޓެކްސީ ނެގޭނެ ގޮތް ހަދައިދޭނަން. އެއީ މިހާރު ހަދަމުން އަންނަ މަގުތައް ޕޭވްކޮށް ހުރިހާ ކަމެއް ނިމުނީމަ. އަޅުގަނޑު ޔަގީންކޮށް އަރުވަނީ ދުވަހެއް ދުވަހަކަށް އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ހޯދުމުގައި އެމްއޭސީއެލް އާއި އެމްއޭސީއެލްގެ މެނޭޖްމެންޓާއި މުވައްޒަފުން އަބަދުވެސް ދެމިތިބޭނެކަން،" އޭނާ ވިދާޅުވި އެވެ.
ޑޮމެސްޓިކް ޓާމިނަލާ ހަމައަށް އެއް ފަހަރާ ތިން ޓެކްސީ އަށް މަޑުކުރެވޭނެ ޖާގަ ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ޓާމިނަލަށް ދާ ޓެކްސީތަކުން، ޔޫ ޓާން ނަގަން ޖެހޭނީ ކާގޯ އޭރިއާއާ ހިސާބުން އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުންނެވެ. ޓެކްސީތަކުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް އެ ސަރަހައްދުގައި އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.
ޑޮމެސްޓިކް ޓާމިނަލަށް ޓެކްސީތަކަށް ދެވޭ ގޮތް ހެދި ނަމަވެސް، ކުރިން ވެސް ޓެކްސީ މަޑު ކުރުމަށް ހާއްސަ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ އޭރިއާއަށް ވެސް ޓެކްސީތަކަށް މަޑުކުރެވޭނެ އެވެ. އަދި ޓެކްސީ ނަގަން ބޭނުންވާ ފަރާތްތަކުން ދާން ޖެހޭނީ ޓެކްސީ ކިއު އޭރިއާއަށެވެ.
ޝަރީފު ވިދާޅުވީ، ހިދުމަތް އިތުރަށް ލުއި ފަސޭހަކޮށްދިނުމަށް އާ ކަންކަން ތައާރަފްކުރަނެ ކަމަށެވެ. އެގޮތުން މިމަހުގައި އަންނަ އެންމެ ޕީކް ދުވަސް ވަރަށް ތައްޔާރުވުމުގެ ގޮތުން އެކަމުގެ މަސައްކަތްތައް ވެސް އެމްއޭސީއެލް އިން ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުވައި
11 December 2023
މެގަ ޕްރޮޖެކްޓެއް ދީ
އަލީ ޒާހިދު
11 December 2023
ޑޮމެސްޓިކް ޓަރމިނަލް ކައިރިން ޓެކްސީ ނެގޭ ގޮތް ހެދުމުން ވަރަށް ފަސޭހަ ވާނެ. ދެން ދުރަށް ހިނގާކަށް ނުޖެހޭނެެއްނު ފޮށިތައް ހިފައިގެން
މަދީހް
11 December 2023
ޝަރީފު މެން ކުރާ ކަންކަން ތަފާތު ވާނެ. ހިންގަން އިނގޭ ވެރިން ތަންތަނަށް އައްޔަން ކުރުން އެއީ ޑރ.މުއިއްޒުގެ އެންމެ ސަޅި ކަމަކީ
ތައިމަން
11 December 2023
ޑޮމެސްޓިކް ޓާރމިނަލް ކުރިމަތިން ޓެކްސީ ނެގޭ ގޮތް ހެދުމުން މުސްކުޅި ގައިބާރު ދެރަ މީހުންނަށް ވަރަށް ފަސޭހަ ވެގެން ދާނެ
ބަޝީރް
11 December 2023
މި ސަރުކާރުން ދޭ ހިދުމަތްތައް ވަރަށް ފުރިހަމަ
އިބުރާހިމް
11 December 2023
ކަލޭ އެކަނިދުޔޭގަ އުޅެންވީނޫ
ނާދޭ
10 December 2023
ކޮމެންޓްކުރާ ބޮޓުންގެ މައްސަލައަށް އަދިވެސް ހައްލެއް ނާދޭ. އެކަމާ ހެދި ކޮމެންޓްތައް ކިޔަން ފޫހިވޭ.
ސޭފްޓީފަސްޓް
10 December 2023
އެއަރޕޯޓް ސެކިއުރިޓީ ކޮމްޕްރޮމައިސް ކޮށްގެންނުވާނެ ކުޑަތަންކޮޅަކަށް ހިނގާލާފައި ދާންޖެހިގެން، ޓަރމިނަލް ބުޑަށް ކައިރިކުރެވެންވާނި ފުލްކޮށް ވަރަށް ހަރުކަށިކޮށް ޗެކު ކުރުމަށްފަހު ނޫނީ، ތިއީ އެތައްބައެއްގެ ފުރާނަ ރިސްކަކަށް ވައްޓާލުން-
ހިތަދޫ ހުސެން
10 December 2023
ޑޮމެސްޓިކްގައި ޓެކްސީ ކިއު ހެދުމަކީ ބޭކާރު ކަމެއް މިހާރުވެސް އެތިބެނީ ދޮން މީހެއް ނޫނީ ނާރުވަން ފޫގަޅައިފަ ގޮސް ކިއުގަ. ކުރަން ޖެހޭ ކަމަކީ ދާ ތަނެއް ނުބަލާ ކިއު ތަރުތީބުން ދާން ތިބި ބަޔަކު އަރުވައިގެން ޓެކްސީ ދާން ޖެހޭ ގޮތަށް ގަވާއިދު ހެދެން. އެހެން އަމަލް ނުކުރާ ބަޔަކު ބްލެކްލިސްޓް ކޮށް ނާރުވާނީ ކިއުއަށް
އޮނަރަބްލް އަފީފު ދީދީ
10 December 2023
ހުސެން ތިބުނީ ގިނަ ޤައުމުތަކުގައި ޓެކްސީ ކިއޫ އޮންނަ ގޮތުގެވާހަކަ. ހަމަތިގޮތަށް އެއަރޕޯޓް ޓްރެފިކްދަށްކޮށް މޯލްޑިވިއަންގެ ޙަރަދުދަށްކޮށް މާލެއިން ޑޮމަސްޓިކް އެއަރޕޯޓްތަކަށްކުރާ ޑިރެކްޓް ދަތުރުމަދުކުރަން އިފުރު، ދަރަވަންދޫ، ފުވައްމުލައް ފިޔަވާ ޑޮމެސްޓިކް އެހެން އެއަރޕޯޓްތަކަށް ދިއުމަށް މޯލްޑިވިއަންގެ A-321 މާލެއިން އުތުރާއި ދެކުނަށް ދުވާލަކު 1 ދަތުރުކޮށް ހަނިމާދޫ ނުވަތަ އައްޑޫގައި ޓްރާންސިޓްވެފައި އެހެން މަންޒިލްތަކަށް ދެވޭގޮތަށް ހަދާންވީނޫންތޯ.
އެޗް އެމް.
10 December 2023
މީހުންގެ ކަންނެތްކަން އިތުރުވެ ސިއްހަތަށް ނުރަގަޅު އަސަރު ފޯރާނެ ކަމެއް. ރައްޔަތު މީހާގެ ދުޅަހެޔޮ ކަމަށް އެދޭނަމަ އަދިވެސް ތަންކޮޅެއް ދުރުކޮށްލަންވީ.
ވިއްޓެެ
11 December 2023
ތިބޭފުޅާ ފޮށިތަކާ އެކީ މާލެއިން އެއާޕޯޓް އަށް ފަތާފަ ދާން ވީނު ދުޅަ ހެޔޮ ކަމަށް އެދޭ ނަމަ.