ބޭސް ތަކެއް: އާސަންދައިން ބޭހަށް ބޮޑު ހަރަދެއް ކުރޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
11 ޑިސެމްބަރ 2023 - 13:37
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ ނުދޭ ބޭސް، ހުއްދަ ދޫކޮށްފައި ނުވާ ޕޯޓުތަކުން އެތެރެކުރާ ކަމަށް އޭޑީކޭ އިން ތުހުމަތު ކޮށްފި އެވެ.
ރާއްޖެ އަށް ބޭސް އެތެރެ ކުރެވެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް، މާލޭގެ ޕޯޓުތަކަށެވެ. ރާއްޖެ އަށް ބޭސް އެތެރެ ކުރުމަށް ހުއްދަ ދޫކޮށްފައި ވަނީ 17 ގައުމަކަށެވެ.
ރާއްޖެ އެތެރެކޮށް އާންމު ބަލިތަކަށް ބޭނުންކުރަމުންދާ ބޭސްތަކަކުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ފެނިފައިވާތީ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މިއަދު ވަނީ ހެލްތު މިނިސްޓްރީ އާއި އެމްއެފްޑީއޭ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އާސަންދައިގެ އިތުރުން އެސްޓީއޯ އަދި އޭޑީކޭ ހިއުމަން ރައިޓްސް ކޮމެޓީ އަށް ހާޒިރުކޮށްފަ އެވެ.
އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އޭޑީކޭ ފާމަސޫޓިކަލްގެ މެނެޖިން ޑިރެކްޓަރު ފަޒްލާ ހަސަން ވިދާޅުވީ ހުއްދަ ދީފައި ނުވާ ބޭސް، ޓެސްޓު ކުރުމެއް ނެތި ރާއްޖޭގެ ބައެއް އެއާޕޯޓުތަކަށް އެތެރެކުރާ ކަމަށެވެ.
"އަޅުގަނޑު މި ފުރުސަތުގައި ފާހަގަ ކޮށްލަން މި ވަގުތު ހިނގަމުން އަންނަ ކަމެއް، ޕޯޓުތަކަށް މެޑިސިން، އަން އެޕްރޫވްޑް ޑްރަގްސް އެބަ ކްލިއާވޭ. އަން އެޕްރޫވްޑް ޑްރަގްސްއޭ މި ބުނަނީ މި ބޭފުޅުންގެ (އެމްއެފްޑީއޭގައި) އޮވޭ އެޕްރޫވްޑް ޑްރަގް ލިސްޓެއް. [އެކަމަކު] އެ ރަށްރަށުގައި ޑޮކްޓަރުން ވެސް އެބަ އެ ބޭސްތައް ލިޔޭ،" އޭނާ ވިދާޅުވި އެވެ.
މީހަކު ޕެނެޑޯލް ކާޑެއް ގަންނަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެކަމަށް އޮތް ހައްލަކީ ކޮބައިތޯ އާއި ހައްލު ކުރުމަށް ކުރަނީ ކޮން މަސައްކަތްތަކެއްތޯ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެއްސެވުމުން އެމްއެފްޑީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ސީނިއާ ފާމަސިސްޓް، އައިޝަތު ޖަލީލާ ވިދާޅުވީ މި ވަގުތު ރާއްޖެ އަށް ބޭސް އެތެރެ ކުރުމަށް ހުއްދަ ދޫކޮށްފައި ވަނީ މާލޭ އެއާޕޯޓާއި ކޮމާޝަލް ހާބަރު އެކަނި ކަމަށެވެ.
ހދ. ހަނިމާދޫ އެއާޕޯޓަށް ވެސް ބޭސް އެތެރެ ކުރާ ކަމަށް ވިދާޅުވެ، މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޖަލީލާ ވިދާޅުވީ އަތޮޅުތަކުގެ ތެރެއިން ފާމަސީތައް އެންމެ ގިނަ ރަށް، ހދ. ކުޅުދުއްފުށީ ޕޯޓުގައި މި ވަގުތު އެމްއެެފްޑީއޭގެ އެއްވެސް ސްޓާފަކު ނުހުންނާނެ ކަމަށެވެ.
ކުޅުދުއްފުއްޓަކީ ބޭސް އެތެރެ ކުރުމަށް ހުއްދަ ދޫކޮށްފައިވާ ޕޯޓެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކާބޯތަކެތި އެތެރެ ކުރުމަށް އެމްއެފްޑީއޭގެ ސްޓާފުން، ފުޑް ކޮންޓްރޯލްގެ ސްޓާފުން ތިބޭނެ. އެކަމަކު މެޑިސިން ކްލިއާ ކުރާއިރު އެ ހުއްދަ ދޭން ޖެހޭ އޮފިސަރުން، އަޅުގަނޑުމެންގެ އެއްވެސް ސްޓާފަކު ނުހުންނާނެ މާލޭގެ ދެ ޕޯޓު ނޫން އެހެން ޕޯޓެއްގައެެއް. ހުއްދައެއް ވެސް ދީފައެއް ނޯންނާނެ،" ޖަލީލާ ވިދާޅުވި އެވެ.
ބޭސްފިހާރަތަކެއް: ހުއްދަ ނޫން ބޭސް ވިއްކުމުގެ މައްސަލަ ބޮޑު -- ފައިލް ފޮޓޯ/ މިހާރު
މީގެ އިތުރުން އެމްއެފްޑީއޭ އިން ވަނީ އަމިއްލަ ކްލިނިކްތަކާއި ރިސޯޓުތަކުން ވެސް މިގޮތަށް ބޭސް ދޫކުރާކަން ފާހަގަކޮށްފަ އެވެ.
މާލޭގައި ޖުމްލަ 165 ފާމަސީ ހިންގަމުންދާއިރު އަތޮޅު ތެރޭގައި 310 ފާމަސީ ހުރެ އެވެ. ރާއްޖެ އަށް ބޭސް އިމްޕޯޓު ކުރުމުގެ ހުއްދަ 73 ކުންފުންޏަކަށް ދީފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީޞާ
12 December 2023
ހުރިހާ ގިރިތަކާ ފަޅުތަކާ ފިނޮޅުތަކާ ފަޅުރަށެއްގަވެސް ޕޯޓުތައް ހެދޭތޯ ބަލާ އަދިވެސް! އައްޑޫވެސް އިންޓަނޭޝަނަލް ފުޅާކުރޭއަދިވެސް!
ހަބީބު
12 December 2023
އިންޑިޔާއިން ބަނދަރު ހަދަން ގެންނަ ބޮޑު ހިލަތަކުތެރޭ ހަކުރުވެސް އެތެރެކުރޭ ކީއްވެ ކުއްތާ ބޭނުން ކޮއްގެން ޗެކްނުކުރެވެނީ ކޮބާ ޕޮލިހުންނާ ކަސްޓަމުގެ ވެރިންގެ ބޮލުގަ ބޭނުމެއް ފުނާ އަޅަން އެކަނި ހުންނަ އެއްޗެއްތޯ ބޮލަކީ
ޙަބީބު
12 December 2023
މާލެ ވަށައިގެން ބޮޑު ފާރެއް ބިނާކޮއް 6 ވަރަކައް ބިޔަ ގޭޓު ހަދަަންވީ އަދި ކުއްތާޔާ އެކްސްރޭ މެޝިނުން ބަލާ ފާސްކޮއްފަ ނޫނީ އެކައްޗެއްވެސް އެތެރެ ނުކުރެވޭގޮތް ހަދަނިކޮން މިކުޑަކުޑަ އާބާދީ ސަލާމަތް ކުރެވިދާނެ
ތަކުރުބެއްޔާ
12 December 2023
ތީކީ ސަރަހައްދީ ބަނދަރުތަކުން ވާ ކަމެއް ނޫން. ތީ ބޭސް ވިއްކާ މީހުން އަގުހެޔޮކޮށް ފޭކް ބޭސް ގެނެސް ބޮޑު އަގުގައި ވިއްކައިގެން މުއްސަދި ވާން ކުރާ ކަމެއްް. ތީ ނޭގި ވާ ކަމެއް ވެސް ނޫން. އެންމެންނަށް ބައި އެޅިގެން ގުޅިގެން ކުރާކަންތައް ތި ހުންނަނީ. މީ ދިވެހި ރާއްޖޭ. މިގައުމުގެ އެއްވެސް އިދާރާއެއްގައި ނުހުންނާނެ ޒިންމާ ވާނެ މީހެއް. ކޮންމެ އެހެން މީހެއްގެ ބޮލަށް ކަނޑާލާނީ އަބަދު.
ލުތުފީ
12 December 2023
ކަސްޓަމްސް ޑޮކިއުމަންޓްސް ބެލީމަ އެގޭނެ ރަސްމީ ޗެނަލުން ބޭސް އެތެރެކޮށްފައިވަނީ ވިއްޔާ. އެހެންވެއްޖިއްޔާ ކަސްޓަމްސް އޮފިސަރާއި ޕޯޓްހެލްތް އޮފިސަރ އަދި އެމްއެންޑީއެފް ސިކިއުރިޓީންގެ ޒިންމާކޮބާ! އެމީހުންނަށް ތިކަން އޮންނަ އުޞޫލު އެގިފަނެތީކަމަށްވެސް ވެދާނެ، މިކަމަކީ ވަރަށް ކަންބޮޑުވާންޖެހޭ ސީރިއަސް މައްސަލައެއް.
ވިހަ ލަގޮނޑި
11 December 2023
ނުރައްކާތެރި ކެމިކަލް ހިމެނޭ ބޭސްތައް ކައިގެން ގެއްލުން ލިބުނީ ކޮންބައެއްތޯ ނުބަލާ އަދި މިކަމާއި ގުޅޭ ތަހުގީގެއްވެސް ނުކޮށް ޖޫޜިމަނާ ފައިސާކޮޅެއް ދިރުވާލައިގެން މައްސަލަ ނިންމާލީ.
ހުވޭ
11 December 2023
ބޭސްއެތެރެކުރި ކުންފުންޏަށް އޮތީ ވިޔަފާރީގެ ފައިދާ ދެއްތޯ. އިތުރު ފިޔަވަޅެއް އެޅެންނޯވޭތޯ. ގައުމެއްގެ ރައްޔިތުންގެ ސިއްހަތާއި ފުރާނައިގައި އެއްވެސް އަގެއް ނެތީތޯ.
ރެކިފުތާ
11 December 2023
އަންނަ ކޮންމެ ސަރުކާރަކުން ނުބެހެލެއްޓޭވަރުންވެސް ސަރައްހަދީ އެއަރޕޯޓުތައް އެޅޭތޯއަދިވެސް ބަލާ. މިރާއްޖޭގެ ހުރިހާކަމެއް މިއޮތީ ހައްދުފަހަނައަޅާފައި. ހުރިހާ ނުރައްކަލެއް ރައްޔިތުންނަށް. ކަމެއްކޮށްދޭން އައިސްތިބިއްޔާ އަައުޓުގޮވާ ބޭރުކުރެވޭތޯ މިބަލަނީ މިކަހަލަ ޖަރީމާ ހިންގަން. އިންޑިއާ ސިފައިން މިގައުމުގެ ސަރައްހައްދުގައިކުރާ ވަގުވިޔަފާރިއާ މިކަހަލަ އެތައް ޖަރީމާތަކެއް ހުއްޓުވާތީ ކަމުނުގޮސްގެން މިއުޅެނީ.
ގަމާރު އައްލާ.
11 December 2023
ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ 95 ސައްތަ އެތެރެ ކުރަނީ ކ.މާލޭ އެއަރޕޯޓުންނާއި މާލޭ ކަނޑުގެ ބަނދަރުން. އެތަންތަން އަވަހަށް ބަންދު ކުރޭ.
އިންޑިއާޕޯޓް
11 December 2023
ރަގަޅަށް ބަލައިފިއްޔާ ތިޔަ ޕޯޓްތަކުގެ ވަޒީފާތަކުގަވެސް ތިބޭނެ އިންޑިއާ މީހުން. އެމީހުން މިގައުމުގެ ކަނޑުތަކާ އެއްޗެހި ބަލާ ކަމަށް ބުނެގެން އެކި ޒާތުގެ އެއްބަސްވުންތަކުގެ ހުއްދައިގެ ދަށުން އިމިއުނިޓީ ލިބިގެން މިގައުމުގަ ތިބެން ފެށީމަ ހުއްދަ ނެތި ވަންނަ އަދި ވަތް ދިމާލެއް ނޭނގި އެތެރެވާ އެއްޗެހި މި ގައުމުގަ ގިނަވީމަ އެއީ އެމީހުން ތިބެގެން ވާ ކަންކަންކަމާމެދު މާ ބޮޑަށް ޝައްކުކުރެވޭ.
ކޮބާ
11 December 2023
ސަރުކާރުން ހުއްދަ ދީގެން ބޭސް ދޫކުރާ ފާމަސީތަކަކީ ކޮބައިކަމާ ހުއްދަ ދީގެން ދޫކުރާ ބޭހުގެ ވައްތަރުތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގޭނެ ގޮތެއް ނެތުމަކީ ކޮންބައެއްގެ ޒިންމާއެއްބާ؟
ނަށީދު
11 December 2023
ހުއްދަ ނޫން ބޭހަކީ ކޮބާ؟ ވަކި ބަޔަކަށް ލިޔުއްވާފަ ހުންނަ އެއްޗެއް ތަ ބޭހަކީ؟ އެއީ ކޮން ހައިސިއްޔަތަކުން؟ ގާނޫނު އަސާސީ އާ ވެސް ހިލާފެއްނު އޭރުން.