ރިޔާސީ ބަހުސްގައި ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގަންނަވަނީ.--
11 ޑިސެމްބަރ 2023 - 21:20
ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ނިމުމުން ގާނޫނުގައި ބުނާ މިންގަނޑަށް މާލީ ބަޔާން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބުގެ މާލީ ބަޔާން ހުށަހަޅަން އީސީން މުއްދަތު ދިނީ މިދިޔަ މަހުގެ 30ގެ ނިޔަލަށެވެ.
އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ދިރާސާ ކުރުމަށްފަހު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަނުވާ މާލީ ބަޔާންތައް ހުށަހަޅުއްވާފައިވާ ފަސް ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓާ މެދު ފިޔަވަޅު އެޅުމަށް ކޮމިޝަނުން މިއަދުގެ ނިންމާފައިވާ ކަމަށެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މާލީ ބަޔާން ހަމަނުވާ ފަސް ކެންޑިޑޭޓުން ހުށަހަޅަން ޖެހޭ މައުލޫމާތާއި އެ ބޭފުޅުން ކުރެއްވި ހަރަދުތަކުގެ ބިލްތަކާއި ބެންކް ސްޓޭޓްމަންޓްތައް ހުށަނާޅާ ކަމަށެވެ.
"ސަންގު ރިޔާސީ ބަހުސް"ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް އިބްރާހިމް މުހައްމަދު ސޯލިހު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ސަލާންކުރައްވަނީ
1. އެމްއެންޕީން ވާދަކުރެއްވި، ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް
2. ޑިމޮކްރެޓްސް އިން ވާދަ ކުރެއްވި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
3. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
4. އަމިއްލަގޮތުން ވާދަކުރެއްވި، މއ. މާވެޔޮވިލާ ހަސަން ޒަމީލް
5. އަމިއްލަގޮތުން ވާދަ ކުރައްވި ފާރިސް މައުމޫން
އީސީގެ ބަޔާނުގައި ބުނީ މާލީ ބަޔާން ފުރިހަމައަށް ހުށަނޭޅި ފަސް ކެންޑިޑޭޓުން 20،000ރ. އިން ޖޫރިމަނާކޮށް، އެ ފަސް ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓު 6000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީސީއަށް ދައްކަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލީ ބަޔާން
12 December 2023
ހުދު ވަލަށްވެސް ނޭނގުނު މާލީ ބަޔާންގަނޑު ހަދަން! ކިހާ ދެރަ!
އަންދަލޫސިޔާ
12 December 2023
ފާރިސް އަދިވެސް ފޮނިކަނޑާތި ކްލަބްހައުސްގަ.
އެކްސްް
12 December 2023
އެންމެ ރަނގަޅަށް ކަންކަން ކުރަން އެނގޭ އިލިޔާސް މިހެދީ ކިހިނެއް؟
މާލީ ބަޔާން
12 December 2023
އެއީ ހަމަ ދައްކާ ވާހަކަ! ވަކި މޮޅެއް ވެގެން އުޅޭ ބައެއް ނޫން ތިޔަ ޑިމޮކްރެޓްސްގަ އުޅެނީ!
މާނާޖޫރީ
12 December 2023
ތިޔަ މާލީ ބަޔާން ތައްޔާރު ކުރަންވެސް ޚަރަދުވޭ ތިޔަ ޖުރިމަނާ އަށްވުރެ މާމަތިން. ދެން ބުނެބަލަ! ރަނގަޅީ ޖުރިމަނާ ވެގަތުން ނޫންތަ!
ަދފސ
12 December 2023
މާލީ ބަޔާން ފުރިހަމަ ނުވަނީސް ކީއްވެބާ ވާދަކުރެވެންވީ؟؟
އރރފސ
12 December 2023
މާލީ ބަޔާނަކީ ކޯއްޗެކަން އިނގޭތަ؟ ވާދަ ކޮށް ނިމުނީމަ ދޯ އިނގޭނީ އެކަމަށް ދިޔަ ހަރަދުތައް އ ނޭނގެނީސް ކިހިނެއް މާލީ ބަޔާން ހުށަޅަނީ؟
ބޮޑު ދިދަ
12 December 2023
ރައީސްގެ ނަން ތިލިސްޓަށް އެރި ނަމަ ދެންވާނީ ކިހިނެއްބާ ؟؟ ހަމަ އަހާލީ ..?
ކަރަންކާބްރޯ
12 December 2023
ތީތިކަޑަ ވާންޖެހޭގޮތަކީނޮހޮވުނުމީހުންދެއްކިލާރިއެމީހުނަށް އަބުރާދިނުމުގެގާނޫނެއްހެދުން އެގާނޫނާޚިލާފުވާމީހުންނަށްއެމީހުދެއްކިލާރިންބައެއްޖޫރީމައިނާގެގޮތުގާނަގާދެންއައްނަރިއާސީއިންތިޚާބަކަށްވާދަނުކުރެވޭގޮތްހެދުން
ވާންވީ
12 December 2023
ވާންވީ ގޮތަކީ ތިޔަށް ވުރެން ގިނައިން ސްޕޭސް ބާރ ބޭނުން ކުރަންވީ !
ކަރާ އައްޅޯ
12 December 2023
ކަރަންކާ ބްރޯގެ ކީބޯޑުގަ ސްޕޭސް ބާރ ނެތީކަންނޭގެ
މޯޑްސް
11 December 2023
ކޮބާ އެއްކަލަ ޑެމްސް. ކިހިނެއް މިވީ. އެންމެ ނަޒާހަތްތެރި ކަމަށް ހެދިގެން އުޅުނު މީހުން.
ޢަކަ
11 December 2023
ޒަމީލްބެއަށް ހާދަ ދެރަ ގޮތެކޭ ތިވީ
ރަދީފު ބިން ރަފައިދާ
11 December 2023
ސައްބީސް ހާހަކީ އެބޭފުޅުންނަށް ފެންމެޓަލެއްނު.