މާލޭގެ މޭޔަރުކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވަން އާޒިމާ ޝުކޫރު، އީސީއަށް ފޯމު ހުށަހަޅުއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
12 ޑިސެމްބަރ 2023 - 15:16
މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަ ކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
މޭޔަރުގެ ގޮނޑިއަށް އާ ބޭފަޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ.
އާޒިމާގެ އިތުރުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކައުުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް މިއަދު ވަނީ ފޯމް ހުށަހަޅައިފަ އެވެ.
މާލެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޒިމާ ޝަކޫރު (ވ) އާއި ކައުންސިލްގެ މެމްބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމަށް އީސީގައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާޒިމާ މީގެ ކުރިން ވިދާޅުވެފައި ވަނީ މޭޔަރުކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ ދެމިހުންނަވާނީ މާލޭގެ ކުރީގެ މޭޔަރު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެއަށް ގެންގުޅުއްވި ތަސައްވުރު ކާމިޔާބުކުރައްވަން ކަމަށެވެ.
"މިގަޑީގައި ސަރުކާރާ އެކީގައި މަސައްކަތް ކުރެވޭނެ ހީވާގި، މުރާލި، ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ މައްސަލަތައް ހައްލުކުރުމަށް މުހިންމު ކަމެއް،" އާޒިމާ ވިދާޅުވެފައިވެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ: އޭނާ ވަނީ ރައްޔިތުންނާ ގާތުން ހިދުމަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާޒިމާގެ އިތުރުން މޭޔަރު ކަމަށް ދެން ފޯމު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް އެވެ. އެ ދެ ބޭފުޅުންގެ އިތުރުން މާލޭގެ މޭޔަރުކަމަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ޑިމޮކްރެޓްސްގެ ފަރާތުން، ސިޓީ ކައުންސިލްގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މޭޔަރުކަމުގެ މަގާމުގައި ހުންނެވި މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ކައުންސިލްގެ އެހެން ބައެއް ގޮނޑިތައް ހުސްވީ ސަރުކާރުގެ އެކި މަގާމުތަކަށް އެ ބޭފުޅުން ވަޑައިގަތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
14 December 2023
އާޒިމާ އަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މާލޭ ރައްވެހިންނަށް ބޯހިޔާވަހިކަން ދޭން އަދި ވަކި ޚާއްސަކޮށް ބިން ދޭން އިދިކޮޅު ހަދާ މީހެއް. މީނާ މާލޭ މީހަކަށް ހެވެއް ނޭދޭނެ. މީނާ މޭޔަރަކަށް ހޮވައިފިނަމަ މާލޭ މީހުން ފަހުން ހިތާމަ ކުރާނެ.
މީމީމީ
14 December 2023
އުފެދުނުއިރުވެސް ބާތިލް އެހެންވީމަ އާޒިމާއަށް ވޯޓެއްދެވޭކަށްނެތް.
ރުސޮދޫއްގަ
14 December 2023
އަޅުގަނޑަކީ އެމް ޑީ ޕީ ގެ ޢާންމު މެމްބަރަކީމެވެ. އެކަމަކުވެސް އަޅުގަނޑު ވޯޓް ދެނީ ޕާރޓީ އަށް ބަލައިގެނެއް ނޫން. ޤާބިލު އިޚްލާސްތެރި ކަމަށް ބަލައިގެން. މިގޮތުން މާލޭގެ މޭޔަރ ކަމަށް ޑރ. މުޢިއްޒަށް ވޯޓް ދިނިން. އަދި ޤައުމުގެ ރައީސް ކަމަށްވެސް ޑރ. މުޢިއްޒަށް ދިނިން. ދެން މިފަހަރު މާލޭ ގެ މޭޔަރ ކަމަށް ﷲ ގެ އިރާދަފުޅާއިއެކު އާދަމް އާޒިމަށް ވޯޓް ދޭން މިހިރީ.
އުޝާމްް
13 December 2023
ރައްޔިތުން މިފަހަރު ބޭނުން ވަނީ އާޒިމާ. އާޒިމް އެއް ނޫން
މާޢިޝް
13 December 2023
އާޒިމާ އަކީ މެއިން ފޯކަސް އަބަދުވެސް ތަރައްގީ އާ ދިމާލުގައި ގެންގުޅުއްވާ ކަނބަލެއް
ނަޖުމީނު
13 December 2023
އާޒިމާ އައް މިކަންވާނެ މާރީއްޗައްވެސްވާނެ، އަޅުގަނޑުމިހުރީ އާޒިމާއެކު
މުހައްމަދު ތޮލްހަތް
13 December 2023
މިއަދު އެކަނިވެސް މިއައީ 4 ވޯޓް އާޒިމާއަށް ޔަގީންކޮށްފަ. އެމްޑީޕީގެ
ނިމާލް ހަސަން
13 December 2023
ކާމިޔާބަށް އެދެން. އަޅުގަނޑާ އަންހެނުންގެ ވޯޓް ލިބޭނެ
އިބްތިޝާމް
13 December 2023
ފަސްބައި ސާފް ހަމައެކަނި ކެނޑިޑޭޓް މިއީ. އިނގޭތީ މިބުނަނީ.
ފަވާޒް މުހައްމަދު
13 December 2023
ވަރަށް ރަނގަޅު ޗޮއިސް އެއް މިއީ. ކިޔަވައިގެން ހުރި މޮޅު ލޯޔަރެއް