ރިޕޯޓް / ދިވެހި ބަސް

ދިވެހި ބަސް މަރުވާތީ ސައިކުރާ ނައީމް ލިޔެދެއްވި ބޭސް!

ދިވެހި ބަހަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރުހޫމް ސައިކުރާ އިބްރާހިމް ނައީމް މީގެ 40 އަހަރަށް ވުރެ ވެސް ކުރިން ވިދާޅުވެފައިވާ ގޮތުން ނަމަ ދިވެހި ބަހަށް ވެފައި މި އޮތީ "ހަމަ ވާންވީ ގޮތެވެ." އޭރު އޭނާ ލިޔުއްވާފައިވާ ގޮތުގައި ދިވެހި ބަސް ރަނގަޅަށް އެނގޭ ކުއްޖަކު ނެތެވެ. ދިވެހި ބަހުން ސިޓީއެއް ލިޔާކަށް ނޭނގެ އެވެ. އަމުދުން، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭތާ ލިޔުން ވެސް އެހާ ހުތުރީ އެވެ.

ސައިކުރާ ނައީމް މިއަދުގެ ހާލަތު ލަފާކުރައްވައި ލިޔުއްވާފައި ވަނީ އޯގަސްޓް 1982 ގައި ނެރުނު "ފަތްތޫރަ" ގެ 41 ވަނަ އަދަދުގަ އެވެ. ދިވެހި ބަހަށް ވަމުންދާ ގޮތް އެހާ ކުރިން ވެސް ތަސައްވުރުކުރައްވަމުން ލިޔުއްވާފައިވަނީ ދިވެހި ބަސް ނެތިދާ ސަބަބާ ބެހޭ ގޮތުން ކުރާ ސުވާލަކީ ސުވާލެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑު ހިތުން އެ ވާގޮތް ހޯދާކަށް މާ ގިނަ އިރަކު ވިސްނާކަށް ނުޖެހެ އެވެ. އެ ވާގޮތް އޮތީ ދިމާއަށް ފެންނާށެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެ ވަނީ ހަމަ ވާންވީ ގޮތެވެ. އަޅުގަނޑުމެންގެ ކިޔަވާ ކުދިންގެ ބެލެނިވެރިން އެކަމާ މެދު ނުވިސްނަވައި، ކުރައްވާންވީ ވަރަށް، ކުރައްވާންވީ ގޮތަށް މަސައްކަތް ނުކުރައްވާ ތިއްބަވައިފި ނަމަ 'އެވާގޮތް' އަދިވެސް ދާނީ ނުބައިން އެޔަށްވުރެ ބޮޑަށް ނުބައިވަމުންނެވެ."

"މިއަދުގެ ގިނަ ކިޔަވާކުދިން ދިވެހި ބަހަށް ކޮށިކަމާ މެދު މައިންބަފައިން ހިތާމަ ނުކުރައްވަމުތޯ؟" ގެ ސުރުހީގެ ދަށުން މީގެ 41 އަހަރު ކުރިން ދެން ކުރައްސަވާފައި އޮތީ މިހާރު މި ފެންނަ ހާލަތުގެ ކުޑަ މަންޒަރެކެވެ.

"އެހެން ގޮސް އަހަރުތަކެއް ވޭތުވާއިރު އެ ދުވަސްވަރު ބޮޑެތި މީހުން [މިއަދުގެ ކިޔަވާ ކުދިން] ނަށް ތާނައިން ލިޔެފައި ހުންނަ އެއްޗެތި އެއީ މިހާރު އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކަށް ނޫނީ ކިޔަން ނޭނގިގެން މި އުޅޭ ލޯމާފާނުގައި ހުރި އެވޭލާ އަކުރެކޭ އެއްފަދައިން ކިޔަން ނޭނގޭ، ކިޔުނަސް ބުނާ އެއްޗެއް ނޭނގޭ އެއްޗަކަށް ވެދާނެ ކަމުގެ ބިރު އެބަ ހީވެ އެވެ."

ސައިކުރާ އިބްރާހިމް ނައީމް

ސައިކުރާ ނައީމް މިކަން ސިފަކުރައްވާފައި އޮތީ އަހަރެމެންގެ މި ޖީލަށް އޮތް ބޮޑު ބިރުވެރިކަމެއްގެ ގޮތުގަ އެވެ. މިހެން ވިދާޅުވެފައި އޮތީ "ކެރިހުރެގެން" ދަންނަވާ ވާހަކައެއްގެ ގޮތުގަ އެވެ. ކިހާ ބޮޑު ތެދެއްހެއްޔެވެ؟ ކިޔަވާ ކުދިންގެ ބެލެނިވެރިން އެ ދުވަހު އެކަމަށް ދޭންވީ ސަމާލުކަން ނުދިނުމުން ދިމާވާނެ ކަމަށް ލަފާކުރެއްވި ކަންކަން މިހާރު މި ހުރިހާ ފެންނާށެވެ،

ނައީމް ވިދާޅުވެފައިވާ ގޮތުގައި މިއީ މަޖުބޫރީ ހާލަތެއްގެ ސަބަބުން ވީ ގޮތެއްކަމާ މެދު ސުވާލެއް ވެސް ނެތެވެ. ދުނިޔެ ގަބޫލުކުރާ ތައުލީމެއް ދޭން ބޭނުން ނަމަ ކުދިންނަށް ކިޔަވައިދޭންޖެހޭ އާންމު ބަހަކީ އިނގިރޭސި ބަސް ކަމަށް ވުމެވެ. ހުރިހާ ކިޔެވެއްޔަކާއި އިމްތިހާނުތަކެއް ބޭރު ބަސްތަކުން އަދި ހާއްސަކޮށް އިނގިރޭސި ބަހުން ހުރުމުން ކުދިންގެ ދުލާއި ގަލަން އަބަދު ހަރަކާތްކުރަނީ އެ ބަހުންނެވެ. އެހެންވެ، ލިޔަން ކިޔަން ފަށައިގަންނަ އުމުރުގައި ދިވެހި ބަހުގެ ލިޔުންތައް ކިޔުއްވުމުގެ މުހިންމުކަން ވިދާޅުވެދެއްފައި އޮތީ މިހެންނެވެ؛

ފަރުވާއެއްގެ ގޮތުން ދޭން މަޖުބޫރު ބޭސް ކާން ނުދީ ވާކަށް ނެތެވެ. ތެދުވެ އުޅެވޭނީ، ވާހަކަ ދައްކައި އުޅެވޭނީ، އަތްފައި ހަލުވާލައި ކަމެއް ކޮށްލެވޭނީ އެ ބޭސް ރަނގަޅަށް ކާންދީގެންނެވެ. ނަމަވެސް އެ ބޭސް އެވަރަށް ކެއުމުން ލިބިދާނެ ގެއްލުން ފޫބައްދައިދޭ ބޭސް ނުކެވިއްޖެ ނަމަ ... ހިތާމަހުއްޓެވެ.

"އެ އުމުރުގެ ތެރޭގައި، ދިވެހި ބަހުން ހުންނަ ކުދި ވާހަކަތައް ނުކިއުއްވިއްޖެ ނަމަ ދެ ވަނަ ހަރުފަތުން ވެސް ކައްސާލީ އެވެ. ވަގުތު ގެއްލުނީ އެވެ."

މި ހިސާބުން ދިވެހި ބަހަށް ފަރިތަނުވެއްޖެ ނަމަ ފަރިތަވެ ފަށައިގަންނާނީ އިނގިރޭސި ބަހުން ލިޔުމާއި ކިޔުން ކަމަށާއި އެ އުމުރުގައި އެހެން ބަހަކުން ކަމެއް ކޮށްލެވޭނެ ވަގުތެއް ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"އަދި ވަގުތު ލިބުނަސް ކުއްޖާގެ ހިތުގައި ޝައުގުވެރިކަމެއް ވެސް ނުހުންނާނެ އެވެ. އާދެ! ހާލަކުން ކުއްޖަކު ފަހަރެއްގައި ހުރެދާނެ އެވެ. ނަމަވެސް އާންމު ގިނަ ކުދިން ވާނީ ހަމަ މި ދެންނެވި ގޮތެވެ."

މި ހާލަތަށް ދިވެހި ބަސް ދިއުމުގެ އެހެން ސަބަބެއް ވެސް ވިދާޅުވެފައި އޮތީ ވަރަށް ސީދަލަށެވެ. މަދަރުސާތަކުގެ މުދައްރިސުންނާއި ނާޒިރުންގެ ކުރިމަތީ އޮތް މަޖުބޫރު ކަމެއްގެ ވާހަކަ އެވެ. އެއީ ދަރިވަރުން އެއް އަހަރުން އަނެއް އަހަރަށް ފާސްވެ، ދުވަސްތައް ނުގެއްލި އިމްތިހާނާ ހަމަޔަށް ގެންދަންޖެހުމެވެ.

"އެހެންކަމުން އެ ކުދިންގެ އަތާއި ދޫ ހޭނިފައި ހުންނާނީ އެ ކިޔަވާ ބޭރު ބަހަށެވެ. ކަންފަތް ހޭނިފައި ހުންނާނީ އެ ބަހުން ކިޔާ ލަވަތަކަށެވެ. ނޭފަތް ހޭނިފައި ހުންނާނީ އެ ބަހެއްގެ އެސެންސުގެ ވަހަށެވެ."

މިއީ އޭނާ ވިދާޅުވެފައިވާ ގޮތުން މާ ގިނަ ފަރުވާއެއް އޮތް ބައްޔެއް ނޫނެވެ. މިއީ މި ބައްޔަށް ބޭނުންވާ ބޭސް ފިޔަވައި، އަގު ހެޔޮ ބޭހެއް ބޭނުންކޮށްގެން ރަނގަޅުވާން އޮތް ކަމެއް ވެސް ނޫނެވެ. ބައްޔަށް ބޭސް ދޭއިރު އެ ބޭހާ އެކު، އެ ބޭހުން ލިބިދާނެ ގެއްލުން ކުޑަކުރަން ވެސް ބޭސް ދޭކަން ލިޔުން ފެށުމުގައި ފާހަގަކުރައްވަމުން ދިވެހި ބަހަށް ޖެހިފައިވާ ބަލީގެ ފަރުވާ ވެސް ލިޔުއްވާފައިވެ އެވެ.

"ފަރުވާއެއްގެ ގޮތުން ދޭން މަޖުބޫރު ބޭސް ކާން ނުދީ ވާކަށް ނެތެވެ. ތެދުވެ އުޅެވޭނީ، ވާހަކަ ދައްކައި އުޅެވޭނީ، އަތްފައި ހަލުވާލައި ކަމެއް ކޮށްލެވޭނީ އެ ބޭސް ރަނގަޅަށް ކާންދީގެންނެވެ. ނަމަވެސް އެ ބޭސް އެވަރަށް ކެއުމުން ލިބިދާނެ ގެއްލުން ފޫބައްދައިދޭ ބޭސް ނުކެވިއްޖެ ނަމަ ... ހިތާމަހުއްޓެވެ."

ދޭން މަޖުބޫރު ބޭހަކީ ޒަމާނީ ތައުލީމު އުނގަންނައިދޭން އިނގިރޭސި ނުވަތަ ބޭރުގެ އެހެން ބަސްތަކުން ކިޔަވައިދޭން ޖެހުމެވެ. އެކަމަކު އެ ބޭހުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދޭން ޖެހޭ ބޭހަކީ ދިވެހި ބަހުގެ ފަރިތަކަން ގެއްލި ހިނގައިދާނެތީ އެ ބަހުގެ ބިންގާ އަޅައިދިނުމެވެ.

ލިޔުއްވި ބޭހަކީ ޅައިރު އަކުރު އުނގަންނައިދީ، އޭގެ ފަހުން ކުދިކުދި ބަސްތައް ކިޔުއްވުނެވެ. ދެން ފަތްތޫރަ ފަދަ ނުވަތަ ދިވެހި ބަސް ކިޔަވައިދޭ ފޮތް ފަދަ ތަކެތި ވީހާ ގިނައެއްކޮށް ކިޔުއްވުމެވެ. އަދި ވީވަރަކުން ތާނަ ލިޔުއްވުމެވެ.

30 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 5%
icon angry icon angry 15%
icon wow icon wow 10%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރު ޓީ އެލް ބަސް

16 December 2023

ދިވެހި ބަހަށް އިސްކަންދިނުމުގެ ގާނޫނޭ ކިޔާ ގާނޫނެއްވެސް އޮންނަވާހަކަ އަޑުއެހިން. އެ ގާނޫނުގައި އޮތް އެއްޗެއް އެގެނީ / ހަދާންހުރީ ވެސް ކިތައްމީހުންތޯ މިނޫހުގެ ބޭފުޅުން ސާވޭއެއްކޮށްލުން ރަނގަޅުކަމށް ފެނޭ.

The name is already taken The name is available. Register?

ފޮތްމަދު

16 December 2023

މަރުވާނެދޯ ކިޔާނެ ވާހަކަފޮތެއްވެސް ނުލިބޭކަމަށްވާނަމަ. ހެދިބޮޑުވަމުން އަންނަ އުމުރުތަކުގައި ބަހަށް ފަރިތަވާން ކުދިން ކިޔާއުޅޭނީ ވާހަކަ ނޫނީ މަޖައްލާ. ދިވެހި ފޮތެއް މިއުމުރުފުރައިގެ ކުދިންނަށް ހޯދުން އެއީ ރަން ހޯދުން ކަހަލަ ކަމަކަށްވެއްޖެ. ލިޔުންތެރިން ގިނަކުރޭ. ގިނަ ފޮތްތައް ބާޒާރަށް ނެރޭ. މަޑުމަޑުން ރަނގަޅުވާނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

16 December 2023

މަގޭ ހިޔާލު:ދިވެހި އަދި އިނގިރޭސިބަހަށް ވެސް ކުދިން ފަރިތަވާންޖެހޭ. މިއަދުގެ ހަގީގަތަކީ ޕްރީސްކޫލްތަކުގެ ދޮރާށިކާރީގަ ތިބޭ މައިންބަފައިން ނާސަރީގަ އުޅޭ ދަރިފުޅާވެސް ވާހަކަދައްކަނީ އިނގިރޭސިބަހުންކަން.އެމީހުން ހިތުން އެއީ ބޮޑު ފަޙުރެއް.ކުރިން ބޮޑެތިވި ޖީލުގެ ކުދިންނަށް ބޮޑު ބަދަލެއް ގެނުވިއެއްޗެއް ރާއްޖޭގެ ރޭޑިޔޯއެއީ.މިއަދު ކާކު އެ އަޑުއަހަނީ.ހޮޅުއަށީގަ އޮންނަ މުސްކުޅި ބޭބެ ހަބަރު އަޑުއަހާނެ.މިއީ އަސްލު މައްސަލަ.ވ.ވެދުން

The name is already taken The name is available. Register?

ކިރު ސައި

16 December 2023

އެމީހަކަށް އިނގޭނީ އެމީހެއްގެ ދަރިން ދިވެހިބަސް ދަސްކުރުވަން ބާރުއަޅައިގެން ބޮޑުވީމަ ރުކަކަށް އަރާ ރައިވަރު ކިޔަން ބަހައްޓާނީތޯ ނުވަތަ އިނގިރޭސިބަސް ދަސްކުރުވައި ޒަމާނީ އިލްމާއި ޓެކްނޮލީގައި ކުރިއަރުވާނީތޯ؟ ބައެއް މީހުނަށް ހީވަފައޮންނަނީ ބަސްދިރުވޭނޯ ގަދަކަމުންނޭ. ނަމަވެސް ހަގީގަތަކީ އުފެއްދުންތެރި އިޖާދީތަކެއް ނެތް އެއްވެސް އިލްމެއް އެބަހަކަށް ބަރޯސާނުވާ ކޮންމެބަހެއްވެސް ނެތިގެން ދާނެކަމެެވެ.

The name is already taken The name is available. Register?

ފޮތް

15 December 2023

ދިވެހި ބަސް ކިޔަވާދިނުމުގެ ފެންވަރު ދަށްކަން އިނގޭނެ ސަރުކާރުން ހިލޭ ފޯރުކޮށްދޭ ގްރޭޑް 123 ގެ ފޮތްތަކުގައި ލިޔެފައި ހުރި ޖުމްލަތައް ކިޔާލީމަ! އެއް ޖުމްލަ ފަހުމްވާން އިތުރު 6 ބަސް ދަސްކުރަން ޖިހޭ، ދެން ކުދިން ފޫހި ވީމާ ކިޔަވާހިތްވާނެ ގޮތެއް ބުނެބަލަ!

The name is already taken The name is available. Register?

ށަވިޔަނި

15 December 2023

ބައިމަދު އުފެއްދުންތެރިކަމެއް ނެތް ދިވެހިން ގެ ބަސް ކުރިއަރުވައިގެން މިގައުމަށް މިތަނުގަ އުޅޭބަޔަކަށްވާނެ އެއްވެސް މޮޅެއް އަދި ފައިދާއެއް ނުދެއްކޭނެ ވިއްޔާ ވާނީ ގެއްލުން ސަބަބެއް އޮވެގެންދޯ އެއްދުވަހުން އަނެއް ދުވަހަށް ދިވެހިބަހާ ދުރުވާންޖެހެނީ ބަހަކީ ލައިގެންކާން ބޭނުންކުރާ އެއްޗެއްނޫން ދެބައެއް ނުވަތަ ދެމީހެއްގެ މެދުގަ މުއާމަލާތުކުރަން ބޭނުންކުރާ އެއްޗެއް

The name is already taken The name is available. Register?

ފެންސު

15 December 2023

އަމިއްލަވަންތަކަމަކީ އަދި ޤައުމިއްޔަތަކީ ކޮބާކަމެއް އަދި އެއީ ކިހާ މުހިއްމު އެެއްޗެއްކަން ނުދަންނަމީހުން ތިޔަކީ.

The name is already taken The name is available. Register?

ޢަލިީ

15 December 2023

އެންމެބޮޑު ދައުރެއް އަދާކުރެވޭނީ މައިންބަފައިންނަށް އެމީހުން އެމީހުންގެ ދަރިންނާ ރީތި ދިވެހިބަހުން ވާހަކަދައްކަންވީ، އަހަރެންގެ ކުދިންނަކީވެސް އިނގިރޭސިން އޭ ފާސް ހޯދި ކުދިން (މާޝާﷲ) އެކުދިން ދިވެހިން ވާހަކަދައްކަނީ، މުބާރާތުގައިވެސް ބައިވެރިވޭ ވަނަވެސް ލިބޭ.

The name is already taken The name is available. Register?

ވާން

16 December 2023

ފޮނި ކަނޑާލީ ދޯ

The name is already taken The name is available. Register?

އެޗް އެމް

15 December 2023

މުސްތަގުބަލުގަ ދުނިޔޭގެ އެންމެން މުއާމަލާތް ކުރާނީ އެންމެ ބަހަކުން.

The name is already taken The name is available. Register?

މަހޭބެ

15 December 2023

ދައުލަތުގެ ޓީވީން ކިޔާ ހަބަރާއި ރިޕޯޓްތައް ނޫހުގައި ލިޔާ އާޓިކަލްތައް ދިވެހިބަހަށް ފެއްތުމަކީވެސް މުހިންމު ކަމެއް މައުމޫން ދުވަސްވަރު ޓީވީން ކިޔާ ހަބަރާއި ރިޕޯޓްތައް ކިއުމުގެ ކުރިން ޕްރޫފުބެލުމަށް މާދޫގެ އަސްލަމްމެން ފަދަ ބޭފުޅުން ތިއްބަވާ...

The name is already taken The name is available. Register?

ދާއިން

15 December 2023

ދިވެހިންގެ ސައްތައިން ސައްތަ ބޭންކުގެ ހުރިހާ ފޯމެއް ހުންނާނީ އިގިރޭސި ބަހުން! ބައެއް އޮފީސްތަކުގައި ވެސް ހަމަ މިހާލު! ދިވެހި ބަހަށް އަހައްމިއްޔަތު ކަން ދޭނަމަ މިހެން ނުވާނެ

The name is already taken The name is available. Register?

ގަރުދިޔައޭ

15 December 2023

ބޭންކް ހިންގަން ބޭނުންވާ ހުރިހާ ސޮފްޓުވެއާތަކެއް ކަލޭމެން އުފައްދަދީބަލަ އޭރުން ދިވެހި ބަހުން ބޭންކްގެ ހުރިހާ މުއާމަލާތްކެއް ހިންގަން ފަސޭހަވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454