ވައިކަރަދޫގައި ނިޔާވި ތިން ބެއިން. ކ-ވ (އަމީނާ، ހާމިދު އަދި ހުސެއިން)
13 ޑިސެމްބަރ 2023 - 14:26
ހދ. ވައިކަރަދޫގެ އެއްބަނޑުއެއްބަފާ ތިން ބެއިން، ތިން މަސް ތެރޭގައި ނިޔާވެއްޖެ އެވެ.
އެ ތިން މީހުންނަކީ އެ ރަށުގެ ކުރީގެ ކަތީބު އަލީ މުހައްމަދުގެ ފަސް ކުދިންގެ ތެރެއިން ތިން މީހުންނެވެ. އޭގެ ތެރެއިން، ދެ މީހުން ވަނީ ކުރިން ނިޔާވެފަ އެވެ. އެ އާއިލާގައި ތިބި ހަމައެކަނި އަންހެން މީހާ އިއްޔެ ވަނީ ވަކިވެފަ އެވެ.
އެއްބަނޑު އެއްބަފާ ތިން މީހުންގެ ތެރެއިން، މިދިޔަ އޮކްޓޯބަރު 16 ގައި އެންމެ ފުރަތަމަ ނިޔާވީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންގެ ބައްޕަ، ހުސެއިން އަލީ، 86، އެވެ. އެއްމަހާ ހަތަރު ދުވަސް ފަހުން، މިދިޔަ މަހުގެ 20 ވަނަ ދުވަހު، 78 އަހަރުގައި ހާމިދު އަލީ ވަނީ ނިޔާވެފަ އެވެ.
އެންމެ ފަހުން، އެ އާއިލާގައި ހަގަށް ހުރި އަމީނާ އަލީ، 77، ވަނީ އިއްޔެ ނިޔާވެފަ އެވެ.
ކަތީބުގެ އާއިލާއިން ވާހަކަދެއްކި އިހުސާން ހުސެއިން "މިހާރު" އަށް ބުނީ، އެ އާއިލާގެ އެންމެންނަކީ ވެސް ދަރިންނަށް ކިޔަވައިދިނުމަށް ގިނަ އަދި ބުރަ މަސައްކަތްކުރި ބައެއް ކަމަށެވެ. އޭގެ ހެއްކަކީ، ރަށާއި ގައުމަށް ހިދުމަތް ކުރާނެ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރެވުމެވެ.
"މިއީ، ރަނގަޅަށް ކިޔަވައިގެން ތިބި، އަހުލާގު ރަނގަޅު، މަސައްކަތްތެރި ދަރިންތަކެއް އުފެއްދި އާއިލާއެއް،" އިހުސާން ބުންޏެވެ.
ހުސެއިން އަދި ހާމިދު ދިރިއުޅުނީ، ދަރިންނާ އެކު މާލޭގަ އެވެ. އެކަމަކު، އަމީނާ މާލެ އައީ، ހުސެއިން ބަލިވެ އުޅުމުން އޭނާގެ ހާލު ދެކެލާށެވެ. ނަމަވެސް، ރަށަށް ނުދެވި އުޅެނިކޮށް ދުނިޔޭގައި ދެން ހުރި ބޭބެ ވެސް ލޯކުރިމަތީގައި ވަކިވެގެން ދިޔައީ އެވެ.
ހަމީދުގެ މޫނު ދެކުމަށް ފަހު، ގެއަށް ވަން ގޮތަށް އަމީނާ ގެންދިޔައީ ހޮސްޕިޓަލަށް ކަމަށް އާއިލާއިން ބުންޏެވެ.
"އެ ދުވަހު ސަކަރާތްވި ގޮތަށް ހޮސްޕިޓަލުގައި، އައިސީޔޫގައި އޮވެ ނިޔާވީ." އިހުސާން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖުތާޒު
13 December 2023
ޙެޔޮރަހުމަތް ލައްވާށި. އާމީން
އައިމިނާ
13 December 2023
ހެޔޮރަޙުމަތް ލައްވާށި.
ކޮންމެ މީހަކީވެސް މަރުވާނޭ މީހެއް
13 December 2023
إنا لله وإنا إليه راجعون. الله اغفر لهم وارحمهم ކޮންމެ މީހަކީވެސް މަރުވާނޭ މީހެއް. ބުއްދިވެރިޔަކީ ވަގުތުޖެހުމުގެ ކުރިން އެ މަރަށް ތައްޔާރުވާ މީހާ...
އައިޝާ
13 December 2023
ހަމީދު އެއް ނޫން. ހާމިދު.
LaamuonlineDOTcom
13 December 2023
نَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ މީހަކުމަރުވީމާ ބައެއްމީހުނަށް ހާދަވަރެއްވެޔޭ، ހޭބުއްދިފިލާގޮސް އެޑުމިޓުކުރަންޖެހިދޭ! އެންމެންވެސްމަރުވާނޭ! މަރުވާކަށްނޫންތޯ ދުނިޔޭގައި މިއުޅެނީ، ހިޔާނާތްތެރިވެ ޕެންޓުހައުސްތަކާއެއްޗެހި ގަންނަމީހުން މަރުމަތިން ހަނދާންކޮށްލާނަމަ އެފަދަ ވައްކަންތައް ކުރާކަށްނުކެރުނީސް!
ދެންދު
14 December 2023
ހޭނެތި ހޭ ބުއްދި ދަނީ އެމީހަކު އަމިއްލަޔަށް ކުރާ ކަމަކުންބާ؟
ކާޒު
13 December 2023
ހުސެން ކަތީބު ވައިކަރަދޫގެ ރައްޔިތުންގެ ބައްޕަ . ހާމިދުބެ އެލްބިއަން ވިޔަފާރީގެ މަދަދުގާރެއް އަމީނާ ރަށުގެ ފޫޅުމައި ޖަމާއަތްތެރިއެއް ގުރުއާން ޓީޗަރެއް. ވަރަށް ބޮޑެތި ހިދުމަތްތެރިން. ރަހުމަތްލައްވާށި.
ގފދ
13 December 2023
ބޮޑަށް ބެލެވެނީ އާއިލީ ލޯބީގެ ހިތްގައިމު ކަމުގައި 3 ބެއިންގެ ހިތުގެ ދުޢާ ﷲ އިޖާބަ ކުރެއްވީހެން.
ފާތުން
13 December 2023
ރަނގަޅަށް ލިޔަން ދަސްކޮށްގެން ނޫސް ލިޔަންޖެހޭ
ރަދީފްއޮފިޝަލް
13 December 2023
މައްސަލަ ފާހަގަ ކޮށްދިންނަމަ ވަރަށް ރަނގަޅުވީސް.
ރަދީފާ ގާތްނުވެވޭ އޯޑިނަރީ މޭން
13 December 2023
ރަދީފް އޮފިޝަލް ވާއިރުވެސް ވާނުވާ ނޭނގެދޯ. ހަމީދުގެ މޫނު ދެކުމަށް ފަހު އޭ ބުނެފައި އޮތީ. އެއީ ރޯނުބައި ދިވެހި. ރަނގަޅުގޮތަކީ ހަމީދުގެ މޫނު ދުށުމަށްފަހު ނުވަތަ ހަމީދުގެ މޫނު ފެނުމަށްފަހު ނުވަތަ ހަމީދުގެ މޫނު ބެލުމަށްފަހު ކަހަލަ ގޮތަކަށް ބުނުން. މިދައްކަނީ ދެކުމާގެން ހިގާ ވާހަކައެއް ނޫން ވިއްޔާ.
ރަދީފްއޮފިޝަލް
13 December 2023
3 މީހުންނަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން
ސާޖިދާ މެޑަމް
13 December 2023
ދެން އަޅެ ރަދީފް ބާއްވާފަ ހެޔޮދުޢާ ކޮއްބަލަ މައްޔިތާއައް.