ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް ފަހު އަދީބު ނުކުމެވަޑައިގަންނަވަނީ
11 ފެބުރުއަރީ 2017 - 11:04
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ލާފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް"ގެ ތެރެއަށް، އިރަށް ދޮންވާ ގޮތަށް ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދެ މައްސަލައެއްގައި ކުށް ސާބިތުވެ، 10 މަހަށް ޖަލަށް ލާފައިވާ މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި، ޖަލު އަދަބެއްގެ ގޮތުން ވިޔަސް އެކަހެރިކޮށްފައި ގައިދީއަކު ބެހެއްޓޭނީ އެއް މަސް ދުވަހަށެވެ.
ނަމަވެސް "ކޮންކްރީޓް ހޮހޮޅައެއް"ގެ ތެރޭގައި އަދީބު އޮންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދީބުގެ އިތުރުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހްސިނާއި މަރަށް ހުކުމްކޮށްފައި ތިބި ގައިދީންނާއި އެހެން ކުށްތަކުގައި ޖަލުގައި ތިބި ބައެއް ގައިދީން ވެސް ތިބީ އެ ހާލުގަ އެވެ.
އެކަމަކު މަހުލޫފްގެ ތުހުމަތުތަކާ މެދު ކަރެކްޝަނަލް ސާވިސްގެ ބަހެއް އަދި ނުލިބެ އެވެ.
އަދީބާ ހިޔާލުތަފާތު ވިޔަސް، އޭނާއާ މެދު އަމަލު ކުރަމުންދާ ގޮތުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މާފުށީ ޖަލުގެ ޔުނިޓް ދިހައެއްގައި ހުންނަވައި މަހްލޫފް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
"ޔުނިޓް ދިހައެއްގައި އަޅުގަނޑާއި އަދީބު، ބިތްގަނޑު ޖަހައި ވަކިކޮށްފަައިވާ ބައިތަކުގައި ތިބޭއިރު، އޭނާގެ ސިއްހީ މައްސަލަތަކަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަން އޭނާއާ އެކު ކުރެވޭ މުއާމަލާތްތަކުން އަޅުގަނޑަށް އެނގިފައިވެ އެވެ،" މަހްލޫފްގެ ބަޔާނުގައިވެ އެވެ.
އޭނާ ވަނީ "ސިޔާސީ ހައްޔަރީންގެ" ހާލު ބަލައި، ނުހައްގުން ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާނެ ހިތްވަރެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) މެމްބަރުންގެ ކިބައިގައި ނެތީތޯ ސުވާލު އުފައްދަވައިފަ އެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާ ގުޅިގެން އެކި މައްސަލަތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.
މުހުތާޒް ޖަލަށްލީ ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 17 އަހަރަށެވެ. އަދީބާ ގާތް ގުޅުމެއް އޮތް މުހުތާޒު ޕީޖީއަކަށް ހުންނެވި އިރު އޭނާ ވަނީ ބައެއް މީހުންނާ ދެކޮޅަށް ނުހައްގުން ދައުވާ އުފުލާފައި ކަމަށް، ސަރުކާރާ އިދިކޮޅު އެތައް ބަޔަކު ގަބޫލުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމު
12 February 2017
ފްރޭންކްލީ...އައި ޑޯންޓް ކެއަރ!
އައްލާމް
12 February 2017
މަހްލޫފުމެން ސިޔާސީ މައިދާނަށް ޅަ ވީމާ ތިޔަ ގޮަތަށް ވާހަކަ ދެއްކެނީ. ސިޔާސީ މީހެއްނަމަ ކޮންމެވެސް ޕްރިންސިޕްލްތަކެއް ގެންގުޅެންވާނެ. މިބުނަނީ އަދީބަށް ނުހައްގުން އަދަބުތަކެއް ލިބެންޖެހޭނެ ވާހަކަ އެއްނޫން. އެކަމަކު އަދީބު އުޅުނުގޮތާއި އޭނާގެ ޚިޔާނާތްތަކާމެދު ފުންކޮށް ވިސްނާލާނަމަ ހަރުދަނާ ސިޔާސީ މީހަކު އަދި ސަރުކާރާ ނުރުހުނަސް ތިޔަ މޭރަކުން ވާހަކަ އެއް ނުދައްކާނެ.
ވިސްނާ
12 February 2017
ކޮންމެ މީހަކައްވެސް އެމީހަކު ކުރިކަމެއްގެ ޖަޒާ ދުނިޔެއާއި އާޚިރަތުގައި ލިބޭނެއެވެ.
އަލްކަޓްރާޒް
12 February 2017
އަސްލު ގުދަނަކަށް ތިމީހުން ވައްދައިފިއްޔާ ކިހާވަރެއް ވާނެބާ
ޙަގީގަތް
12 February 2017
ޔާމިން ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހުންގެ ތެރެއިން ނާޒިމް(ކާނަލް) ، އަދީބް ، ނާޒިމް(ޖނގޔ) ' ޝެއިޚް އިމްރާން ، މަޙްލޫފު .މި އެންމެންނަށްވެސް ރައީސް ޔާމީން އާއި ގުޅޭ ވަރަށް ބޮޑު ގައުމު ސިއްސުވާލާ ވަރުގެ ހަޤީޤަތެއް އެނގޭ. ޢެހެންވެ އެމީހުން ޖަލަށް ލާފައި އެތިބީ. ޢެއީ ކޮން ހަގީގަތެއް ކަން އަހަރުމެން އެންމެންނަށް އެނގެން ބޭނުންވަންޏާ 2 ވަނަ ދައުރެއް ޔާމީން އަށް ނުދޭންވީ.ޔާމީންގެ ވެރިކަމެއްގައި އެވާހަކަތަކެއް ހާމައެއް ނުކުރާނެ.
ތަކުރު
12 February 2017
އެމީހަކު ފޭހުނު އިލޮށި ހެރޭނީ ހަމަ އެމީހަކުގެ ލޮލަން! ވިސްނާފިކުރުކުރާބަޔަކަން އިބްރަތް ހާސިލްވާނީ ދުނިޔޭގެ ދަޅައަން ހެންލިގެން އުޅޭބަޔަކަން ވާނުވާއެން ނޭގޭނެ!
ކޯޓް ފަޓްލޫނު
11 February 2017
ކޯޓަށް ގެންނައިރު ވެސް މީނާގެ ހައިބަތު ބޮޑުކަމުން އަޖައިބު ވަމެވެ. ހާމިދު އަދި ޒިޔަތު ގެންނަގޮތަށް ޖަލު ޔުނިފޯމުގަ ގެނެސްބަލަ، އެއިރުން ތިމާގެ އަސްލު ސައިޒް އޮޅުން ފިލާނެ، ހެވިފަ ހުންނަގޮތުން ހީވަނީ ތިމާ މާލެ މި އަންނަނީ ކުންފުންޏެއްގެ ބޯޑް މީޓިންގް އަކަށް ހެން
މަހުފޫލު
11 February 2017
މަހުލޫފް އަކީ އަދީބު ހައްޔަރު ކުރީމަ އެކަމާ ޓީވީ ތަކަށް އަރާ އެންމެ އުފާ ކުރި އެކަކު، މިހާރު ކޯޗެކޭ ކިޔާކަށް؟ މަޖްލިސް މެންބަރަކަށް ހޮވުނީމަ ސައިޒް އޮޅިގެން ތިއުޅެނީ، މީނާގެ ކަމަކީ ދުނިޔޭގެ ކަންކޮޅު ތަކަށް ރައްޔިތުންގެ ލާރީގަ ދަތުރު ކޮށް، މިސާލަކަށް އެމެރިކާގެ ޗިކާގޯ ކަހަލަ ތަންތަނަށް، މީނާގެ ފޭސްބުކް ޕޭޖް އަށް ފޮޓޯ އަޕްލޯޑް ކުރުން، މިހާރު ވެސް ބައްލަވާ، މީގަލޮޅު ދެކުނު ދާއިރާގެ މީހުން މީނައާ ހަވާލު ކުރި ޒިންމާއަކީ، އެެހެންނޫނަސް ކުށްވެރިން އުޅެން ޖެހޭނީ ދަތި އުދަލުގަ، އޭރުން އެއްޗެއް ވިސްނޭނީ
ސީނިއަރ ސިޓިޒަން
11 February 2017
މިދީބުގެ އަދީބު އުމުރުން 65 އަހަރު ވަންދެން ތިތާ ބާއްވާލާ، އޭނައަށްް އަދި ދުނިޔެއަކީ ކޮންކަހަލަ ތަނެއް ކަން ނޭގިގެން އެއުޅެނީ، ދެން އަންނަން އޮތް ދީބުގެ އިބުރަތަކަށް
ރަދީފް އެންޑް ރަފައިދާ
11 February 2017
500% އިތުބާރު އޮންނަމީހުން ދާނީ ޖަލަށް.